ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ދީނީ އިލްމުވެރިޔާ ޝައިހު އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަދެއްކުމުގެ ތެރެއިންނެވެ.

Ad
rt

އެގޮތުން ޝައިހު ސަމީރުގެ ޕޯސްޓެއް މީހަކު ފޭސްބުކުގައި ޝެއާކޮށްފައި ވަނިކޮށް އެއަށް ކޮމެންޓު ކުރި މީހަކު ވަނީ އޭނާ އަށް މަރުގެ އިންޒާރުދީ ކޮމެންޓުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ރޭ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ބުންޏެވެ.

ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް ދީނީ އިލްމުވެރިން ބުނަމުން ދަނިކޮށް އިއްޔެ ބޮޑު ހަރަކާތެއް ގަލޮޅު ދަނޑުގައި ބާއްވަނިކޮށް ބަޔަކު ވަނީ އެ ހަރަކާތުގެ ތެރެއަށް ވަދެގަނެ އެކަން ހުއްޓުވާފައެވެ. މި ބޮޑު ހަމަނުޖެހުމުގެ ތެރެއިން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.