ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބޭފުޅުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް އާއި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ނަހުޒާ ޙަސަނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ދަތުރުގެ ތެރެއިން، ޖައިކާގެ ވަފުދުން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރާނެ ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އުތުރުގެ ސަރަޙައްދީ މަރުކަޒެއްގެ ގޮތުން ކުޅުދުއްފުށީގެ ދައުރާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވާނެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ސަރަޙައްދީ ތަރައްޤީ ކުރިއަށް ގެންދިއުމަށް ހުރި ފުރުޞަތުތަކާއި، ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް މި ޒިޔާރަތުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!