ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅޭބަޔަކަށްވުމަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ގުރުއާނަށް ލޯބިކުރާ، އަދި ގުރުއާން ގިނަގިނައިން ކިޔަވާ، އޭގެ މާނަ އޮޅުންފިލުވާ ބައެއް ކަމަށެވެ. ނައިބު ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމާއި އިސްލާމީ ތައ...
މުޙައްމަދު އަފްރާޙް
އިސްލާމީ އުންމަތާ މިއަދު ދިމާވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން، އިސްލާމީއުންމަތުގައި އެބަހުރި ކަމަށް މިއަދުގެ ހުކުރު ހުތުބާ ގައި ވިދާޅުވެއްޖެ އެވެ. “އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އިސްލާމީ ދަ...
މުޙައްމަދު އަފްރާޙް
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެހެންވެ، އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ހަފުތާއެއްގައި ބާއްވާ ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ އެ މައްސަލައަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއް ކަމަށާއި އެ ރެކޮމެންޑޭޝަނ...
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ނޫވިލު ސީޕްލޭން ޓާރމިނަލަށް ގްލޯބަލް ބެސްޓް ޕްރޮޖެކްޓްސް އެވޯޑް ފޯ އިންޖިއަރިންގ (އީއެންއާރު) އެވޯޑު ލިބިއްޖެ އެވެ. ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ ދުނިޔޭގެ 18 ޤައުމެއްގައި ހިންގާފައިވާ 34 ޕްރޮޖެކްޓާއި ވާދަކޮށްގެން ނެވެ. މި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ. 6 އޮކްޓޯބަރ 2022 ގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއް...
މުޙައްމަދު އަފްރާޙް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ޕޯޓަލެއް ތައާރަފުކޮށްފިއެވެ. އެ ކުންފުނިން ބުނީ “މައިހުޅުމާލެ ޕޯޓަލް” ގެ ނަމުގައި ތައާރަފުކުރި ޕޯޓަލް މެދުވެރިކޮށް މުނިސިޕަލްގެ ހިދުމަތްތަކާއި ހަފުލާތައް ބާއްވަން ތަންތަން ބުކް ކުރުމާއި މަސައްކަތް ކުރުމަށްޓަކައި މަގު ބަންދު ކުރުމުގެ ހުއްދަ ވެސް ހޯދޭނެ ކަމަށެވެ. އެޗްޑީސީން ބުނިގޮތުގައި އެންމެ ގިނަ ހަފުލާތައް ބާއްވާ ފަރުކޮޅުފުށި ވެސް އެ ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް އެޗްޑީސީން ދޭ ހިދުމ...
އަޙްމަދު ވަހީދު
ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ގެ އަނބިކަނބަލުންނަށް ފާތިމަތު ޔުމްނާ އަށް ސަރުކާރުން މިހާރު ވެސް މުސާރައާއި އިނާތް ލިބޭކަމަށް ދެކެވޭ ވާހަކަ އިމްރާން ދޮގު ކުރައްވައިފިއެވެ. މިހާރު ޕީއެޗްޑީ އަށް ކިޔަވާވިދާޅުވާން ތައިލެންޑްގައި ހުންނެވި ޔުމްނާ، ފުރާވަޑައިގަތުމުގެ ކުރިން ހުންނެވީ ޖެންޑާ މިނިސްޓްރީގެ ނައިބެއްގެ މަގާމުގައެވެ. އޭނާ ފުރާވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ޔުމްނާ އަށް މިހާރު ވެސް ސަރުކާރުން މުސާރައާއި އިނާޔަތް ލިބޭ މަޤާމެއް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ...
ޔުމްނާ ޢަލީ
ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފޮޓޯ އާންމު ކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއްކަމަށެެވެ. ފޮޓޯއިން ފެންނަ މީހާއަކީ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށް ވެސް ފުލުހުން ބު...
އަލީ އާދިލް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ. ދިވެހިރާއްޖޭ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ.) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްޓަކައި ޙާއްސަ ރަސްމިއްޔާތެއް ވަނީ، މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ. އާއި އެން.ޑީ.އެމް.އޭ. ގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިފަހުމުނާ...
އަލީ އާދިލް
މަޝްހޫރު މޮޑެލެއް ކަމަށްވާ ކައިޒީންގެ އަސްލު ނަން ގިނަ ބަޔަކަށް މިއަދާ ހަމައަށް ވެސް ނޭނގެ އެވެ. އެންމެންނަށް ވެސް އޭނާ އެނގެނީ ކައިޒީންގެ ނަމުންނެވެ. އެހެން ނަމަވެސް މިހާރު އެކަން މިވަނީ ހާމަވެފަ އެވެ. އެ މައުލޫމާތު ހާމަވީ ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ. ތިން މިލިއަން ރުފިޔާއަށް ގަނެފައިވާ ބޯޓެއްގައި މައްސަލާގައި ކުރި އެ ދައުވާގައި ކައިޒީންގެ ފަރާތުން އެދިގެން ކޯޓުން ނެރުނު ވަގުތީ އަމުރުގައި ކައިޒީންގެ އަސްލު […]
ހުސައިން ހަބީބް
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް ގެ ނަމުގައި އިދާރާއެއް އުފައްދައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު ވަނީ އުފައްދަވާފައެވެ، މި އިދާރާ ހިންގަމުން ދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ. މި އިދާރާއަކީ، ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމަޢު އަހުލުވެރިކޮށް، ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް ކަނޑައަޅައި، ނަ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ ފަން ރަން އާ ގުޅުވައިގެން ހާއްސަ ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭގެ ދަށުން ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ބީޗް ގްރޭންޑް އެންޑް ސްޕާގައި ވަން ނައިޓް ސްޓޭއަކާއި އެއް ގަޑިއިރަށް ކަރެއޯކޭ ސެޝަނަކާއި އެއްގަޑިއިރުގެ ކަޕަލް މަސާޖެއް ވަނީ ގިވްއަވޭގެ ގޮތުގައި ކަނޑައަޅައިފައެވެ. މި ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އުރީދޫ މޯލްޑިވްސް ޓެގްކޮށް ފަން ރަންގެ ކިޓުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަން […]
އަޙްމަދު ވަހީދު
ރާއްޖޭގެ މަޝްހޫރު މޮޑެލެއް ކަމަށްވާ ކައިޒީން ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރުމުން، ބޯޓާ ގުޅޭ މުއާމަލާތްތައް ކުރުން ކޯޓުން ހުއްޓުވައިފި އެވެ. ކައިޒީންގެ ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރީ ކައިޒީން ފައިސާ ދިނުމުން ބައްޕަ ބޯޓެއް ގަތުމަށްފަހު ކައިޒީންގެ ރުހުން ނެތި، އެ ބޯޓު ބައްޕަގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށް ބުނެ އެވެ. ކައިޒީން ދައުވާ ކުރަނީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ. މައްސަލަ ނިމެންދެން ބޯޓުގެ […]
ހުސައިން ހަބީބް
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ. އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. […]
ހުސައިން ހަބީބް
ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ދޭން ނިންމާފައިވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރޭގެ 20:30 ގައި މިލަންދޫ ސްކޫލް ހޯލްގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނީ ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދެމަފިރިކަނބަލުންނެވެ. ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިރޭގެ ރަސްމިއްޔާތުގައި އެރަށުގެ 60 ފަރާތަކަށް ދިނުމަށް ނިންމާފައި ވެއެވެ. މިލަނ...
ޙުސައިން ޝަހުދީ
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކު...
އަޙްމަދު ވަހީދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރިންޓު ކުރުމާއި ފޮޓޯ ނެގުމުގެ ހިދުމަތްދޭ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ. ކުރާފްޓު ކުލައުޑު ސްޓޫޑިއޯގެ ނަމުގައި ހިޔާ ޓަވަރު ހަތެއްގައި މި ސްޓޫޑިއޯ ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފްއެވެ. އަލަށް ހުޅުވި މި ސްޓޫޑިއޯއިން ފޮޓޯކޮޕީ ނެގުމުގެ ހިދުމަތާއި، ޕްރިންޓު ކޮށްދިނުމާއި، ޕާސްޕޯޓު ފޮޓޯ ނަގައިދިނުމުގެ އިތުރުން ޕާސްޕޯޓަށާއި އައިޑީ ކާޑަށް އެދި ހުށަހަޅައިދިނުމުގެ ހިދުމަތް ވެސް ލިބޭނެއެވެ. މި ސްޓޫޑިއޯ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ޝަހީދު ޙުސައިން އާދަމް ހަނދާނީ މައިޒާން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މައިޒާން މަރާތުކުރަން އެމް އެންޑް އެމް އިންވެސްޓްމަންޓާއި އެކައުންސިލާ ދެމެދު އިއްޔެ ވަނީ ސޮއި ކޮށްފައެވެ. މިމަސައްކަތް ހަވާލު ކުރެވިފައިވަނީ ޖުމްލަ 444،601.10 (ހަތަރުލައްކަ ސާޅީސް ހަތަރުހާސް ހަސަތޭކަ އެއްރުފިޔާ ދިހަލާރިއަށް) އަށް، 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު...
ޔުމްނާ ޢަލީ