ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ.
އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ.
ޔޫސުފް ނައީމަށް ދައުވާ ކުރަނީ ރިޝްވަތު ދިން ކަމަށް ބުނެ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ޔާމީނަށް އަންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!