ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރިންޓު ކުރުމާއި ފޮޓޯ ނެގުމުގެ ހިދުމަތްދޭ ސްޓޫޑިއޯއެއް ހުޅުވައިފިއެވެ.

ކުރާފްޓު ކުލައުޑު ސްޓޫޑިއޯގެ ނަމުގައި ހިޔާ ޓަވަރު ހަތެއްގައި މި ސްޓޫޑިއޯ ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފްއެވެ.

Ad
rt

އަލަށް ހުޅުވި މި ސްޓޫޑިއޯއިން ފޮޓޯކޮޕީ ނެގުމުގެ ހިދުމަތާއި، ޕްރިންޓު ކޮށްދިނުމާއި، ޕާސްޕޯޓު ފޮޓޯ ނަގައިދިނުމުގެ އިތުރުން ޕާސްޕޯޓަށާއި އައިޑީ ކާޑަށް އެދި ހުށަހަޅައިދިނުމުގެ ހިދުމަތް ވެސް ލިބޭނެއެވެ.

މި ސްޓޫޑިއޯ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެޗްޑީސީން މިދިޔަ އަހަރު "އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި، ހިދުމަދުގެ ކެޓެގަރީން ދެވަނަ ހޯދި ހުށަހެޅުމެވެ.

އެ މުބާރާތުގައި ޖުމްލަ ފަސް ކެޓެގަރީއަކަށް 36 ފަރާތަކުން ހުށަހެޅުންތައް ހުށަހެޅިއެވެ. އޭގެތެރެއިން ކޮންމެ ކެޓެގަރީއަކުން ވެސް އެއްވަނަ އަދި ދެވަނަ ހުށަހެޅުން ހޮވިއެވެ. އެއްވަނައަށް ހޮވުނު ހުށަހެޅުންތަކަށް އެއް އަހަރުގެ ކުލި ހިލޭ ވާއިރު، ދެވަނަ އަށްދާ ހުށަހެޅުންތަކަށް ހަމަހުގެ ކުލި މުޅިން ހިލޭ ވާނެއެވެ.