ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެއްޖެ އެވެ. އެމީހުން ކްރިމިނަލް ކޯޓު ސަރަހައްދަށް މި އެއްވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މިއަދު އިއްވާތީ އެވެ. އެ ކޯޓު ސަރަހައްދަށް އެއްވެފައިވާ ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުންނާއި އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. ވ. އާރަށް މައްސަލާގައި ޔާމީނާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް […]
މުޙައްމަދު އަފްރާޙް
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަމްގައި މަރާލާފާއި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދު މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ފުލުހުން މިރޭ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާކަމަށެވެ. “އެ ރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެ...
އަލީ އާދިލް
އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު އުރީދޫ ފަން ރަންގެ ނަމުގައި ބޭއްވި ދުވުމުގައި 5000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެއްޖެއެވެ. އުރީދޫ ފަންރަން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައެވެ. މި ދުވުން ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ،ހުސައިން ނިޔާޒް ފަން […]
އަޙްމަދު ވަހީދު
ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފި އެވެ. މި އިންތިހާބުގައި ވާދަކުރީ 3 ކެނޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަކުރި އަޙްމަދު ޙުސައިން އަށް ލިބިފައިވަނީ 298 ވޯޓެވެ. އިދިކޮޅު ޕީޕީއެމްއިން ވާދަކުރި ފާތިމަތު އަލީ އަށް ލިބިފައިވަނީ 544 ވޯޓެވެ. 68 ވޯޓުގެ ތަފާތުން މި އިންތިހާބު ކާމިޔާބު ކުރި އަބްދުﷲ ނަޡީމް (ފިއްޓޭ) އަށް ލިބިފައިވަނީ 612 ވޯޓެވެ. އެރަށުގައި […]
އަލީ އާދިލް
ކަނދުރާ މައްޗަށް ފުޓްސަލް ގޯލެއް ވެއްޓި، ހއ. އުލިގަމުގައި 9 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ. ފުލުހުން ވަނީ އެކުއްޖާ ނިޔާވެފައިވާކަން މިޑީއާތަކަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓިފައިވާކަމުގެ މަޢުލޫމާތު މިއަދު 17:50 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެކުއްޖާއަށް އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައިކަމަށް ފުލުހުން ވިދާޅުވި އެވެ. އެރަށު ކައުންސިލުގެ ނައިބު ރައީސް އައްސަދުﷲ...
އަލީ އާދިލް
ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. މިގޮތަށް ނިންމައި ދިރާގުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެ ކުންފުނީގެ ބަޔާނުގައި ބުނީ 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ކަމަށާއި ނަމަވެސް ޖެނުއަރީ 2022 ގައި އެ ކޮމީޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރި...
އަޙްމަދު ވަހީދު
ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަމަށް ތިން ވަޒީރަކު ހާމަކުރައްވައިފިއެވެ. އެ ތިން ވަޒީރުންނަކީ ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފާއި އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އެވެ. މިގޮތުން މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާގެ ފުރިހަމަ ތާއީދު ރައ...
ޔުމްނާ ޢަލީ
ފީފާ ވޯލްޑް ކަޕް 2022 އަށް ފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ގަތަރުގައި ވޯލްޑް ކަޕްގެ މަސައްކަތުގައި ވަރަށް ބިޒީ ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާގެ ރައީސް، އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ ޗުއްޓީއަށް ކަމަށް މައުލޫމާތު ލިބެއެވެ. އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތީ އަމިއްލަ ޖެޓެއްގައި މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަދި އެ ޖެޓްގައި އިތުރު ބަޔަކު އައިސްފައިވާއިރު، އެއީ އިންފަންޓީނޯގެ ޢާއިލާ ކަމަށް ބެލެވޭ ކަމަށް ވެލާނާ […]
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވެސް ތާއީދު ކުރަށްވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމެވިކަން ހާމަކުރަށްވަމުން އަޙްމަދު ވިދާޅުވީ، އެންމެ ރަނގަޅު ކެންޑޭޓަކީ އެއީ ކަމަށެވެ. އަހްމަދުގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިއިރު، މަކުނުދޫ ދާއިރާ މެންބަރު ރާޢީ ވެސް އިއްޔެ ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރަށްވާފައެވެ. […]
ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި، 9 ލައްކައަށްވުރެ ގިނަ ރުފިޔާއާއިއެކު ސަތާރަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަވެއެވެ. މީގެ އިތުރުން މި އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި 933,430 ރުފިޔާ ހޯދާފައިވާ ކަަމަ...
މުޙައްމަދު އަފްރާޙް
ށ. މިލަންދޫ ރައްޔިތުންނަކީ ފަންނުވެރި އުފެއްދުންތެރި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ ވަނީ މި ހަފްތާ ބަންދުގައި މިލަންދޫ އަށް ވަޑައިގެންފައެވެ. އެއީ ހުކުރު ދުވަހުގެ ރޭ މިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެކިގޮތްގޮތުން ދިގު މުއްދަތަކަށް އެރަށަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ދިން ފާށަނާ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެރަށު ކައުންސިލްގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. އެ...
ޙުސައިން ޝަހުދީ
ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާ އިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ނިޝާމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، ނިޝާމާ، އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ […]
މުޙައްމަދު އަފްރާޙް
ކޮންމެ ސަޕޯޓަރަކުވެސް ބޭނުންވާނީ އެމީހަކު ސަޕޯޓު ކުރާ ޓިމެއް މޮޅު ވާށެވެ. ޓީމު މޮޅު ނުވެއްޖެނަމަ ސަޕޯޓަރުންގެ ޝަކުވާ ގޯނި އޮއްސާލާނީ ރެފްރީގެ ބޮލަށެވެ. ނޫނީ އިދިކޮޅު ޓީމަށެވެ. މި ފަހަރު މި ދިމާމީ ވެސް އެފަދަ ކަމެކޭ ބުނެވިދާނެބާއެވެ؟ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް އަލުން ކުޅުމަށް ފްރާންސްގެ ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން މި ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ދުއް އެންމެ ފޯރިގަދަ ވޯލްޑް ކަޕް ފައިނަލް މެޗްގެ ފުރަތަމަ […]
އަލީ އާދިލް
ގއ. ނިލަންދޫގައި އަލަށް ތަރައްގީކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިއަދު ހެނދުނު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަލަށް އިމާރާތް ކުރި މި އިންޖީނުގޭގައި ޑެގްރޫމާއި...
އަޙްމަދު ވަހީދު
1 ވަނަ ޖޫނިއަރ ޗެމްޕިއަންޝިޕް އަންނައަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައި، ބައިވެރުވުމަށް ހުޅުވާލައިފި އެވެ. މޯލްޑިވްސް ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ 2023 ވަނަ އަހރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ކަމަށެވެ. ބާސްކެޓްބޯލް އެ އެސޯސިއޭޝަނުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާތަކުން 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މި މުބާރާތާއި […]
މުޙައްމަދު އަފްރާޙް
ހަ ވަނަ ޓީޗާސް ކޮންފަރެންސް ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މިކޮންފަރެންސް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން ވަނީ، މެޑަމް ފަޒުނާއަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުނާ ވިދާޅުވީ ޓީޗާސް ކޮންފަރެންސް ނިމޭއިރު، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޒަމާނީ ތައުލީމާއި ބ...
މުޙައްމަދު އަފްރާޙް
ގއ. ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުމަށާއި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުމަށް ބޭނުންވާކަމަށް ދާންދޫ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހު ދަންނަވައިފި އެވެ. އެ ކައުންސިލުން މިހެން ދަންނަވާފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އެރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއެކު މިއަދު ބޭއްވެވި މަޝްވަރާގަ އެވެ. މި ބައް...
މުޙައްމަދު އަފްރާޙް