ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ގެ އަނބިކަނބަލުންނަށް ފާތިމަތު ޔުމްނާ އަށް ސަރުކާރުން މިހާރު ވެސް މުސާރައާއި އިނާތް ލިބޭކަމަށް ދެކެވޭ ވާހަކަ އިމްރާން ދޮގު ކުރައްވައިފިއެވެ.

މިހާރު ޕީއެޗްޑީ އަށް ކިޔަވާވިދާޅުވާން ތައިލެންޑްގައި ހުންނެވި ޔުމްނާ، ފުރާވަޑައިގަތުމުގެ ކުރިން ހުންނެވީ ޖެންޑާ މިނިސްޓްރީގެ ނައިބެއްގެ މަގާމުގައެވެ. އޭނާ ފުރާވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Ad
rt

ނަމަވެސް ޔުމްނާ އަށް މިހާރު ވެސް ސަރުކާރުން މުސާރައާއި އިނާޔަތް ލިބޭ މަޤާމެއް ހަމަޖައްސާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ނަން ހާމަކުރުމަށް ބޭނުންނުވާ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

މިވާހަކައާއި ގުޅިގެން މުޅި މީސް މީޑިއާގައި އެވާހަކަ ގުގުމަމުން ދަނިކޮށް އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވާފައެވެ.

’’އަޅުގަނޑުގެ އަންހެނުން ފާތިމަތު ޔުމްނާ، 30 ނޮވެމްބަރު 2021 ގައި ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު، ސަރުކާރުން މުސާރައެއް، އެލަވަންސެއް ވެސް ނުދޭ’’ އިމްރާން ވިދާޅުވެފަވެއެވެ.