އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީކައުންސިލުގެ ބައެއް ކައުންސިލަރުން ބައިވެރިވެފައިވެއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު އެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ 4 ސްކޫލުގެ ތެރެއިން 1 ސްކޫލެވެ. އެ ސްކޫލްގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ އާއި އަމީރް އަހުމަދް ސްކޫލަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެދަށުގައިވާ ސްކޫލްތަކެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދިގު މުއްދަތެއްގައި އެ ސްކޫލްގެ ތައުލީމީ ފެންވަރު އެއް ހަމައެއްގައި ހިފަހައްޓަމުން އަންނަ ރާއްޖޭގެ އެންމެ ރަނގަޅު އެއް ސްކޫލެވެ. އެ ސްކޫލަކީ ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އިމްތިހާނު ތަކުގައި ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދަމުން އަންނަ އެއް ސްކޫލެވެ.