ހަކަތައިގެ ދާއިރާގައި ހިދުމަތް ކުރާނެ ދިވެހިން ކުރިމަގުގައި އުފައްދަން ޖެހޭ ކަމަށާއި، މީހުން ބިނާ ކުރަން ސްޓެލްކޯ އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. މާލޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދު ވެސް މަސައްކަތްކުރާ ކަމަށެވެ. އަދި ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަ...
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ ޓީވީއެމްގެ މިއަދުގެ ”ހެނދުނުހެނދުނާ” ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން މީޓްރޮލޮޖިސްޓް މުހައްމަދު ޝަހުދު ވިދާޅުވީ، އެ އިދާރާއިން އެއްކުރަމުންދާ މައުލޫމާތަކަށް ބަލާއިރު ކުޅުދުއްފުއްޓަށް ވެސް އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ތޫފާނެއް އަރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޝަހުދު ވިދާޅުވީ، ލަންކާ ސަރަހައްދުން ބޭ އޮފް ބެންގާލްގައި ކޮޅިގ...
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ފޮނުވާލާފައި ވަނީ އިންޑިއާ އަށެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނިޝާމާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހު...
އިބްރާހިމް ޚަލީލް
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އަޅައި ދެވިފައިވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް...
ޔުމްނާ ޢަލީ
މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލުން ފަހުމު ނާމާއެއްގައި ސޮއިކޮށްފި އެވެ. މި ފަހުމު ނާމާގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ކުޅުދުއްފުށި ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުގެތެރެއިން އިއްޔެ އެވެ. މި ފަހުމު ނާމައިގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރު މުހައްމަދު އާތިފް ސޮއި ކުރެއްވިއިރު، ތިނަދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލުގެ ރައީސް ސައުދު އަލީ އެވެ. މި ފަހުމު […]
މުޙައްމަދު އަފްރާޙް
ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ. އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތް ތަކުގައިވެސް މަސް...
އަޙްމަދު ވަހީދު
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވަނީ ރީތި، ސުލްހަވެރި ކެމްޕޭނަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެކަންކަން ނިންމަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް މިހާރު ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ތެރޭގައި ކެމްޕޭން ފޯރި ދަނީ މެކުހަށް ޖަހަމުންނެވެ. އެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އެ ޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާންކުރަށްވައި، ތާއީދު ފޯމުގައި ސޮއި ކުރުމުގެ މަސަ...
ޔުމްނާ ޢަލީ
“އިހަވަންދިއްޕޮޅު ރަސްތަރި 2022” ގެ އެއްވަނަ ހއ. އިހަވަންދޫ / ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޮވިއްޖެ އެވެ. މިމުބާރާތުގެ 3 ވަނަ ބުރުގެ ފައިނަލް ބުރަށްފަހު، ވަނަތައް އިއުލާންކޮށްފައިވަނީ އިހަވަންދޫ ސްކޫލްގެ ހޯލްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ޔައިޝާ އަށް، އަސްކޮއި ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރަކާއި 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފަ އެވެ. އަދި އެރިސް ޑެކަރ އިން ހުށަހަޅާފައިވާ 5500 ރުފިޔާގެ އަގުރި ޑައިނިންގ […]
މުޙައްމަދު އަފްރާޙް
ޖަޕާނު ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މި ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، މިސްޓަރ ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި ވެސެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލް...
އަލީ އާދިލް
މިއީ ދެކުނު އެފްރިކާގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ ވެސްޓާން ކޭޕްގެ ގޮނޑުދޮށުން ނަގާފައިވާ ފޮޓޯ ތަކެކެވެ. މީސްމީޑިއާ އަށް މި ފޮޓޯތައް ހިއްސާކޮށްފައިވަނީ ދެކުނު އެފްރިކާގެ ފޮޓޯގްރާފަރު ޖޭން ވޯސްޓާ އެވެ. އިރު އޮއްސޭ ވަގުތު ނަގާފައިވާ މި ފޮޓޯތައް މީސްމީޑީއާގައިވަނީ ވަރަށް ބޮޑަށް ވައިރަލްވެ ބޮޑު ބަހުސްއެއް ފެށިފަ އެވެ. އެ ފޮޓޯތައް ނަގާފައިވާ ގޮނޑުދޮށަކީ ޒިޔާރަތް ކުރަން ރައްކާތެރި ގޮނޑުދޮށެއްތޯ ބައެއް މީހުން އަންނަނީ ސުވާލުކުރަމުންނެވެ. އެ ފޮޓޯތައް ފޭސްބުކްގެ އެހެން […]
އަލީ އާދިލް
ރާއްޖޭގައި ދަނޑުވެރިކަމާއި ބަގީޗާ ގަސް ހައްދާއިރުވެސް އެންމެ ބޮޑު އެއް މައްސަލައަކީ މާގިނައިން ބަލި ޖެހުމާއި ގަހަށް ތަފާތު މައްސަލަތައް ކުރިމަތިވުމެވެ. ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި އެބަލިތައް ޖައްސާ ކުދި އަދި ބޮޑެތި ސޫފިތައް ނައްތައިލުމަށް ހިތި ފަތާއި އޮށް، ފިޔާ، ލޮނުމެދު އަދި ފަޅޯފަތް ފަދަ ގުދުރަތީ ތަކެތިން ބޭސް ހަދައިގެން ބޭނުންކޮށް އުޅެއެވެ. ހަމަ އެފަދައިން ބަލި ޖައްސާ ދިރުންތަކަށް ހަމަލާދީ ނައްތައިލުމަށް އެފަދަ އެހެން ދިރުމެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިފަހަރު މިބަލައިލަނީ […]
ހުބާ ޕްލާންޓްސް
އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވާ ކުކުޅު ބިހެއްގެ ފޮޓޯ ފަހަތަށް ޖައްސާލުމަށްފަހު، އިންސްޓަގްރާމްގެ ތާރީހުގައި ވެސް އެންމެ ގިނަ ލައިކް ހޯދި ފޮޓޯގެ ރެކޯޑު ލިއޮނަލް މެސީ ވޯލްޑްކަޕްގެ ތަށި އުފުލާލާ ފޮޓޯ އަށް ލިބިއްޖެ އެވެ. މީގެ ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވަނީ ކުކުޅު ބިހެއްގެ ފޮޓޯ އަކަށެވެ. އެއީ 56.1 މިލިއަން ލައިކްސް އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ފްރާންސް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ […]
އިބްރާހިމް އަސްވާޤް
“ޝަރިއާ ސްކޮލާސް ޑައިލޮގް” ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޯރަމެއް ބާއްވައިފިއެވެ. އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގުސަދުގައި ވޭއްވި ފޯރަމެއް ކަމަށެވެ. މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލާއި ކުރަން ބޭނުންވާ ސުވާލުތައްކޮށް ދާއިރާއާ ގުޅޭ ކަންކަމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެ އޮތޯރިޓީން ބުނީ މި ފޯރަ...
އަޙްމަދު ވަހީދު
ކުޑަ ބިއްލޫރި ފުޅިއެއްގައި އެވާ ކޮކާފަނި މަޑުމަޑުން އެ ބަދަލުވަނީ އެހެން ސިފައަކަށެވެ. އަވަދިނެތި ކެއުމުގައި އުޅުނު ދުވަސްތަކުން، ވަގުތީ ނިދިމަޑުކަމަކަށެވެ. ސިފަބަދަލު ކުރުމަކީ ހަމައެކަނި ޖިންނީންނަށް ލިބިފައިވާ ހުނަރެއް ނޫންކަން އެ ކުޑަކުޑަ ފަނި ބުނެދޭ ކަހަލައެވެ. މި އަޖައިބު ކުރުވަނި މަންޒަރު ބަލަން އިން ތޭރަ އަހަރުގެ ނައުރަން ސިއްސައިގެން ދިޔައީ، އޭނާގެ ކޮއްކޮ އައިސް ގޮވާލި އަޑަށެވެ. “ހިނގާބަލަ އަވަހަށްދާން، ބޮޑުބެމެން ވެސް އަތުވެއްޖޭ.” ދަތުރު ދާން ކެތްމަދުވެފައި ހުރި، ދިހަ އަހަރުގެ […]
ރޫހީ މިތުރު
ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ. ފ. ނިލަންދޫއަކީ 2300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ކޮންސްޓްރަކްޝަން މަސައްކަތް ތަކުގައިވެސް މަސް...
އަޙްމަދު ވަހީދު
ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. 3,641,766.02 ރުފިޔާ ( ތިން މިލިއަން ހަލައްކަ ސާޅީސްއެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ދެލާރި) އަށް ހަވާލުކ...
ޔުމްނާ ޢަލީ
ގައުމަކާއެކު ގުޅުން ބަދަހިކުރުމަކީ މަސައްކަތެއް ނިމުމުން އެ ޤައުމަކާ ގުޅުން ކަނޑާލުމެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މޮނިއުމަންޓް އުސްފަސްގަނޑުގައި އަލުން ބެހެއްޓުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ޝާހިދު ވިދާޅުވީ ރާއްޖެއާ ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރަމުން ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތަކީ ގައުމުތަކާއެކު އޮންނ...
މުޙައްމަދު އަފްރާޙް