އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ ފަން ރަން އާ ގުޅުވައިގެން ހާއްސަ ގިވްއަވޭއެއް ފަށައިފިއެވެ.
މި ގިވްއަވޭގެ ދަށުން ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ބީޗް ގްރޭންޑް އެންޑް ސްޕާގައި ވަން ނައިޓް ސްޓޭއަކާއި އެއް ގަޑިއިރަށް ކަރެއޯކޭ ސެޝަނަކާއި އެއްގަޑިއިރުގެ ކަޕަލް މަސާޖެއް ވަނީ ގިވްއަވޭގެ ގޮތުގައި ކަނޑައަޅައިފައެވެ.
މި ގިވްއަވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އުރީދޫ މޯލްޑިވްސް ޓެގްކޮށް ފަން ރަންގެ ކިޓުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ޖެހޭނެއެވެ.
ފޮޓޯ ހިއްސާ ކުރާއިރު ހޭޝްޓެގްގެ ގޮތުގައި އުރީދޫ ފަން ރަން ބޭނުން ކުރަން ޖެހޭނެއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!