ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ގެނެސްދެވޭނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މީގެރެއިން ޝިޔާންޓޭ ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ. ނަޝީދަށް ތާއީދު ކުރަށްވާ ސަބަބު ހާމަކުރަށްވައި ޝިޔާންޓޭ ދެއ...
ޔުމްނާ ޢަލީ
ހއ. ހޯރަފުއްޓާއި ރ. މީދޫގައި ހޮސްޕިޓަލު އިމާރާތުގެ މަސައްކަަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ. ފިނޭންސް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެ މަތީން ނެވެ. އަދި ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ސްޕަރ ކަޕްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވެލެންސިއާ އަތުން މޮޅުވެ މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ. ރޭ ސައުދީ އެރެބިއާގެ ކިންގް ފަހުދު ސްޓޭޑިއަމްގައި ވެލެންސިއާއާއި ރެއާލް ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރު ވެސް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ރެއާލް މެޗުން މޮޅުވެފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ސައުތުހެމްޓަން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަށް ސިޓީން ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން އެ ޓީމްގެ އެއް ނަމްބަރު ފޯވާޑް ހާލަންޑްގެ ބަދަލު ރޭ ފުރަތަމަ އެގާރައިން ގާޑިއޯލާ ފުރުޞަތު ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ ފުރަތަމަ “ލޯކަލް އޮތޯރިޓީ ކުންފުނި” ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ. މިކަމާއި ގުޅިގެން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ”ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ އިންވެސްޓަކީ ރަށުގެ ގޭ ބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ކަމަށެވެ. އެގޮތުން މި ހިދުމަށް މިއަހަރު އެއް މިލިއަން ރުފިޔާގެ އިންވެސްޓްކޮށް، މުވައްޒަފުން ނަގައިގެން މާރިޗު މަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ހާއްސަކޮށް އަތޮޅު ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް އުޅަނދަކީ ރަށުޕިކަޕޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މިފަދަ އުޅަނދުތައް ގަތުމަށް ގިނަ މީހުން ފަސްޖެހެނީ، އެއަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދަން ބަލާއިރު، ފަސޭހަކަމާއެކު ލިބެން ނުހުންނާތީ އެވެ. އެކަމަކު ރަށުޕިކަޕް ގަންނަ ފަރާތްތަކަށް ނުވަތަ ގެންގުޅޭ ފަރާތްތަކަށް އޮތް ހިތްހަމަ ޖެހުމަކީ ރަށުޕިކަޕްގެ ސްޕެއަރ ޕާޓްސް ބޭނުން ވަގުތަކު ލިބެން ހުރުމެވެ. “ބެސްޓް ބަޑީ” ގެ ފިހާރަތަކުން ކަސްޓަމަރުންނަށް އެ ޔަގީންކަން […]
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް ގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާއިން ވައިޓަލް ކެއާއަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން މި މަހުގެ ނިޔަލަށް ވައިޓަލް ކެއާގެ ހިދުމަތްތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 5 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. ވައިޓަލް ކެއާއަކީ ރާއްޖޭގައި ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެކެވެ. އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަ...
އަޙްމަދު ވަހީދު
ކުރީގެ ޢަދަދާއިގުޅޭ، ” އޯ އެމް ޖީ! ހަމަ އަސްލުވެސް އަހަންނަށް ޝާމިން ލިބުނީތަ؟ ޝާމިން އަހަރެންދެކެ ލޯބިވާކަން އޭރުވެސް އަހަންނަށް އެނގެޔޭ! ” ޝެރީން އުފަލުން ހެމުން ވާހަކަ ދެއްކިއެވެ. އެއާއެކު އޭނާގެ މަންމަ ޝެރީންގެ ބޮލުގައި ފިރުމާލިއެވެ. ” ދަރިފުޅު އުޅެންވާނީ މިގޭގަ! ޝާމިންވެސް އަންނާނީ މިގެއަށް! ” ޝެރީންގެ މަންމަގެ ޖުމްލައިން ޝެރީން އިތުރަށް ހީލިއެވެ. ” ޝާމިންގެ ޙަޔާތުގައި އިތުރު ބަޔަކު ތިބިކަން ދަރިފުޅު ހަނދާން ނައްތާނުލާތި! އެމީހުންނަށްވެސް ޝާމިންގެ ވަގުތު […]
ސަލާމާ ޢަބްދުލް ޢަލީމް
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން ރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއްް ނުކުރާނެ ކަމަށާއި އަދި އެފަދަކަމެއް ކުރަން ހިތްވަރުވެސް ނުދޭކަމަށް އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އާރުސީސީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފެނުނީ އެ ވޭން ދުއްވާފައި ދަނިކޮށް ފުލުހުންނަށް ޝައްކުވެގެން އެ ވޭން ހުއްޓުވައި ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެ ވޭނުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި […]
ޔުމްނާ ޢަލީ
މި ސަރުކާރުން އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދީ، މާލޭގެ ރަށްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިހާރަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ...
ޔުމްނާ ޢަލީ
މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކަމަށާއި، މި ސަރުކާރުން ކުރި އެފަދަ ކަންކަން ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު ސަމާލުވާންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވު...
ޔުމްނާ ޢަލީ
މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިރޭ 18:12 ގައެވެ. މި ހާދިސާގައި އިލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ހާދިސާއާއި ގުޅިގެން ކެފޭގެ ވަށައިގެންވާ ގެތައް ވެސް ހުސްކުރިއެވެ. އެ ކެފޭގައި ރޯވުމުން ބޯ ދުން ބޮޑު […]
ޔުމްނާ ޢަލީ
މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މިގޮތަށް އެ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ. މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ. އަދި މަގުމައްޗާއި ޕޭވްމެންޓުގައި ބަހައްޓާފައިވާ ތަކެތި ހ...
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ ޓެކްސީ ޑްރައިވަރުން ތަމްރީނުކޮށް، ތާޒާކުރުމުގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާ އަދި ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމެކެވެ. މިއަދު ފެށި މި ޕްރޮގްރާމަކީ ހަފުތާއެއްގެ މ...
ޔުމްނާ ޢަލީ
އިގްތިސޯދު އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރައިފި އެވެ. އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކާބޯތަކެތީގެ އަގު މައްޗަށް ދަމުން ގޮސް މިހާރު 15 ކިލޯގެ ފުށް ބަސްތާއެއް ލިބެނީ 2،050 ޕާކިސްތާން ރުޕީސް އަށެވެ. މިއަދަދަށް އަގު އުފުލުނީ ހަފްތާއެއް ތެރޭގައި 300 ރުޕީސްއިން އަގު އުފުލެމުން ގޮސް އެވެ. އެގައުމުގެ އެންމެ އާބާދީ ބޮޑު ލާހޫރު ސިޓީން ގާތްގަނޑަކަށް ފުށް ހުސްވެފައިވާއިރު ވެރިރަށް އިސްލާމް އާބާދުންވެސް ބޮޑު […]
މުޙައްމަދު ވަސީމް
ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ސަރބިއާގެ ކޯޗަކާއި އެކު ދިވެހި ގައުމީ ހޭންޑްބޯލް ސްކޮޑު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދަނީ ރޭގަނޑު ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް މިހާރުކުރިއަށްދާ ފަރިތަކުރުންތަކުގައި އަންހެން 30 އަދި ފިރިހެން 30 [...
މުޙައްމަދު އަފްރާޙް
ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެނެސް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. އެ ކޮމެޓީން ނިންމާފައި ވަނީ މި ބަދަލުތަކާއެކު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ގެންނަވަން ނިންމާފައިވާ މައިގަނޑު އެއް ބަދަލަކީ، ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން […]
ޔުމްނާ ޢަލީ
މާލޭ އިއްޒުއްދީން ފާލަން ކައިރިއަށް ކަޅޮތެޔޮ އެޅުނު ސަބަބު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަން ނިންމައިފި އެވެ. އެކަން ހާމަކުރެއްވީ ދައުލަތުގެ މީޑއާ އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނަޢީމް އެވެ. އޭނާ ވިދާޅުވީ ކަޅޮތެޔޮ އެޅުނު ގޮތް ދެނެގަތުމަށް މިހާރުވަނީ ސާމްޕަލް ނަގާފައި ކަމަށާއި އެގޮތުން ދެ ސަރަހައްދަކުން ތެޔޮ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނައީމް ވިދާޅުވީ ތެޔޮ އެޅިފައި ހުރި ސަރަޙައްދުންނާއި އެ […]
މުޙައްމަދު އަފްރާޙް