މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,458 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1149 ވަނަ ޞަފްޙާ

ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި

ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި

ށ. ނޫމަރާގައި ކޭކް އެންޑް ޕޭސްޓްރީ ވޯކްޝޮޕެއް ހިންގައިފި އެވެ. މިއީ އެ އަތޮޅު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު އަންހެން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. މިއީ ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް ހިންގުމުގެ މައިގަނޑު […]

މުޙައްމަދު އަފްރާޙް
ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތިގައި މި މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ

ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. […]

ޔުމްނާ ޢަލީ
ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި

މޯލްޑިިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް ދަރުބާރުގޭގައި މިރޭ ބޭއްވުމަށް ނިންމައިފި އެވެ. މިއީ މާލޭ ސިޓީގެ މެންބަރުންނާއި ކެމްޕޭން ޓީމްތަކާ އެކު ބާއްވާ ޖަލްސާއެއް ކަމަށާއި މި ޖަލްސާ އޮންނާނީ މިރޭ 8:30 ދަރުބާރުގެ ފާށަނާ މާލަމުގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސާލިހުގެ އިތުރުން […]

މުޙައްމަދު އަފްރާޙް
ލޮރިސް ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ލޮރިސް ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ފްރާންސާއި ޓޮޓެންހަމްގެ ގޯލްކީޕަރ ހޫގޯ ލޮރިސް އުމުރުން 36 އަހަރުގައި ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ލޮރިސް ފްރާންސް ގައުމީ ޖޯޒީގައި އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ ޑިސެމްބަރ 18 ވަނަ ދުވަހު ގަތަރުގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާއާއި ދެކޮޅަށެވެ. ލޮރޮސް ބުނެފައި ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ، ގައުމީ ޓީމަށް ހުރިހާ ކަމެއް ކޮށްދެވިފައިވާ ކަމުގެ އިހުސާސާއި އެކުގައި ކަމަށެވެ. ކުރިއަށް އޮތް […]

އިބްރާހިމް ޚަލީލް
އެފްއޭ ކަޕް: އޮކްސްފޯޑް ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރުވަނަ ބުރަށް

އެފްއޭ ކަޕް: އޮކްސްފޯޑް ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރުވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި އޮކްސްފޯޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުނަ އާސެނަލް ޖާގަ ހޯދައިފިއެވެ. ރޭ އޮކްސްފޯޓް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮކްސްފޯޑުން ވަނީ އާސެނަލަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ހާފުގައި އާސެނަލުން ވަނީ ތިން ލަނޑު ޖަހައި މެޗު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ […]

އިބްރާހިމް ޚަލީލް
ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އުމުރުން 33 އަހަރުގައި ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ވޭލްސްއައް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ބޭލް ވަނީ ވޭލްސްގެ ޖޯޒީގައި 111 މެޗު ކުޅެ 41 ލަނޑު ޖަހައިދީފައެވެ. އޭނާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ފުޓްބޯޅައިގައި އެންމެ އުނދަގޫ ނިންމުމަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކަމަށެވެ. ގައުމީ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ސްކޭޓިން ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ސްކޭޓިންގ ޕާކެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި އަދި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަ...

އިބްރާހިމް ޚަލީލް
ނާޒިމްގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް ރިޔާޒު އިސްތިއުފާ ދެއްވައިފި

ނާޒިމްގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް ރިޔާޒު އިސްތިއުފާ ދެއްވައިފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒް، އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ. ރިޔާޒު އިސްތިއުފާ ދެއްވައި، ރައީސް ސާލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މިހާރު ހުންނެވި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާ، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެޔާޑް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެ، އެ ކެމްޕެއިނަށް ވަގުތު ދިނުމުގެ ގޮތުން ސްޓޭޓް […]

މުޙައްމަދު އަފްރާޙް
ވެރިކަން ދެމެހެއްޓެން އޮތީ ކޯލިޝަނެއް އެކުލަވާލައިގެން، ބަލަންވީ އެކަން ކުރެވޭނީ ކާކަށްތޯ: ރައީސް

ވެރިކަން ދެމެހެއްޓެން އޮތީ ކޯލިޝަނެއް އެކުލަވާލައިގެން، ބަލަންވީ އެކަން ކުރެވޭނީ ކާކަށްތޯ: ރައީސް

ރާއްޖޭގެ މިހާރު މަސްރަޙް އޮތްގޮތުން ވެރިކަމަށް އާދެވެން އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކުން ކަމަށާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ދަމަހައްޓަން ބޭނުންނަމަ ކުރިއަށް އޮތް ޕްރައިމަރީގައި ހޮވަންވީ ކޯލިޝަނެއް ގޮވައިގެން އުޅެވޭނެ ކެންޑިޑޭޓެއް ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ބ. އަތޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ނ...

ޔުމްނާ ޢަލީ
ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަން މަޝްވަރާ ކޮށްފި

ޕާކިސްތާނުގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރަން މަޝްވަރާ ކޮށްފި

ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އާއެކު މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާ ކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް އާއެކު ރާއްޖޭގެ މީޑިއާ ކައުންސިލުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. މާލޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަން އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައް...

މުޙައްމަދު އަފްރާޙް
ދައުލަތުގެ މީޑިއާއިން، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަރިހުން ހޭވެސް އަހައިނުލާ: ހީނާ

ދައުލަތުގެ މީޑިއާއިން، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަރިހުން ހޭވެސް އަހައިނުލާ: ހީނާ

ދައުލަތުގެ މީޑިއާއިން، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ޢަބުދުﷲ ޔާމީން ގާތުންއަބުދުލްޤައްޔޫމް އަރިހުން ހޭވެސް އަހައިނުލާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސި އިންތިހާބުގެ ކަވަރޭޖް ގެނެސް ދެވޭނީ ބްރޯޑްކާސްޓިންގ ޤަވާއިދުތަކާއި އަދި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތުގެ މަތީން، ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށްކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ބުނުމުން އެކަމާއި ގުޅިގެންނެވެ. ޕަބް...

ޔުމްނާ ޢަލީ
މިލަންދޫ "ސައުންތް ލިންކް" ގިވް އަވޭގެ ނަސީބުވެރިން ހޮވުން މި މަހު 27 ގައި!

މިލަންދޫ "ސައުންތް ލިންކް" ގިވް އަވޭގެ ނަސީބުވެރިން ހޮވުން މި މަހު 27 ގައި!

ށ. އަތޮޅުގައި ވެސް ކުރިއަށް ގެންދިޔަ އެންމެ އަގުބޮޑު ގިވްއަވޭ ކަމުގައިވާ، ށ. މިލަންދޫ ‘ސައުތް ލިންކް’ ފިހާރައިން ކުރިއަށް ގެންދިޔަ ގިވް އަވޭގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ތައްޔާރު ވެއްޖެ އެވެ. މިއީ ނިމިދިޔަ 2022 ވަނަ އަހަރު އެ ފިހާރައިން ކުރިއަށް ގެންދިޔަ ގިވްއަވޭ އެކެވެ. މުޅި އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ގިވް އަވޭ ގައި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްފައިވާ ކޮންމެ ފަރާތެއް ވަނީ ޝާމިލުވެފަ އެވެ. މި […]

މުޙައްމަދު އަފްރާޙް
ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކ. ކަނޑު އޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 125 މީޓަރުގެ އެއްގަމުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

މާލޭ ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެތަނުގައި ރޯވި އަލިފާން އެ އިދާރާގެ ފަޔާ އެންޑް ރެސްކިއު ސަވިސްއިން ވަނީ މިހާރު ކޮންޓްރޯލްކޮށްފައެވެ. އެތަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ ފަތިހު 5:43 ގައެވެ. އަދި އެތަނުގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލްވިކަން އެ އިދާރާއިން މީޑިއާތަކަށް އެންގީ 12:36 ގައެވެ. މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި އަލިފާން […]

ޔުމްނާ ޢަލީ
ނާޒިމް ސައްތާރު މިނިވަންވެއްޖެ

ނާޒިމް ސައްތާރު މިނިވަންވެއްޖެ

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރުގެ އަދަބުގެ މައްސަލަ ހައި ކޯޓުން ނުނިމި އޮއްވާ އޭނާ އަދަބު ތަންފީޒުކޮށް ނިމި، އޭނާ މިއަދު މިނިވަންވެއްޖެ އެވެ. ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބެކެވެ. އެ ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ […]

ހުސައިން ހަބީބް
ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާރުޓީއެލް ބަހުގެ ހިދުމަތަށް ބަދަލުތަކެއް

ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާރުޓީއެލް ބަހުގެ ހިދުމަތަށް ބަދަލުތަކެއް

ނީލަން ފިހާރައިގެ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އާރުޓީއެލް) ގެ ބަހުގެ ހިދުމަތަށް ބަދަލުކޮށްފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކޮށްފައިވާތީ ރޫޓް 1 (ވެސްޓްޕާކް-ހުޅުމާލެ 1) އާއި ރޫޓް 7 (ހުޅުމާލެ 2-ވެސްޓްޕާކް) ބަސްތައް ވަގުތީގޮތުން ވަނީ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން މިނީ ބަހުގެ ހިދުމަތް ދެމުން އަންނަ އަމީނީ ރޫޓުގެ ބަހުގެ ހިދުމަތްވެސް ވަގުތ...

އަޙްމަދު ވަހީދު
''ބަޑިޖަހައިގެން ވާލު މަދުކުރުމުގެ ހުއްދަ ދޫކުރާނީ އީޕީއޭގެ ހުއްދައާއިއެކު''

''ބަޑިޖަހައިގެން ވާލު މަދުކުރުމުގެ ހުއްދަ ދޫކުރާނީ އީޕީއޭގެ ހުއްދައާއިއެކު''

ބަޑިޖަހައިގެން ވާލުގެ އާބާދީ މަދުކުރުމުގެ ހުއްދަ ދޫކުރުމަށް ދެން ހަމަޖެހިފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީގެ) ހުއްދައާއި އެކުގައިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން މިކަން ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ވާލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވާ ކޮންޓްރޯލު ކުރުމާ ބެހޭގޮތުން ނެރުއްވި ސާކިއުލާ އެއްގައެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނ...

ޔުމްނާ ޢަލީ