ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދި މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. އއ. މަތިވެރީ ހަނދުވަރީގޭ އަބްދުﷲ ޖަމީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމްކުރީ 2021 ވަނަ އަހަރު އެންޒީ ފިހާރައަށް ދެ ފަހަރެއްގެ މަތިން ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދުމުންނެވެ. ހުކުމުގައިވަނީ އޭނާ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. މީގެކުރިން ވެސް އެހެން […]
ހުސައިން ހަބީބް
އިނގިރޭސި ލީގު ކަޕް ކުއާޓާ ފައިނަލުގައި ޗާލްޓަން އެތުލެޓިކް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު، އެ ޓީމުން ޗާލްޓަންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެންތަނީއެވެ. ޗާލްޓަންގެ އޭރިއާ ބޭރުން ފްރެޑް އެންތަނީއަށް ކުޅުނު ބޯޅަ ކޮންޓްރޯލް […]
އިބްރާހިމް ޚަލީލް
އިންތިޚާބަށް ”ކަޑަ” ޖެހުމަކީ ބަނދަރު ހަދާ ގޮތް ދައްކަން އަބެއް ނުވަތަ މުޑިއެއް ޖެހުން އެކަނިނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ. އިންތިޚާބުތަކާއި ދިމާކޮށް މަޝްރޫޢުތައް ފެށުމަށް ”ކަޑަ” ޖަހާވާހަކައަކީ ރާއްޖޭގެ ސިޔާސީ ބޭބޭފުޅުން ވަރަށް ގިނައިން ދައްކަވައިއުޅުއްވާ ވާހަކައެކެވެ. އެގޮތަށް ”ކަޑަ” ޖެހުންކަމަށް ސިފަކޮށް އުޅުއްވަނީ އިންތިޚާބުތައް ގައިދަށްވުމުން އެއިރަކު އޮންނަ ސަރުކާރަކުން މަޝްރޫޢުތައް ޢިއުލާން ކުރުމާއި، ފެށުމާއި، ތަންތަނުގެ ބިންގާ އެޅުން ފ...
ޔުމްނާ ޢަލީ
ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ އުދުވާނީ އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާއިން އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ، މި މަހުގެ 3 ވަނަ ދުވަހު ވަދެފައިވާތީއާއި، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، އިތުރު ފިއްތުންތައް ކުރިމަތިކުރުވަމުންދާތީ، އެކަމާމެދު މަޝްވަރާކުރުމަށްޓަކައި...
ޔުމްނާ ޢަލީ
ހުޅުމާލޭ ދެވަނަ ފޭސްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފޭސްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދިން މައްސަލައެއް ރޭ 1:15 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެކަން ހިނގި ތަނަށް ފުލުހުން ގޮސް، އަނިޔާލިބުނު މީހާ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ”މި...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އިޢުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި އެފްއާރުއެސް ސަބްސްޓޭޝަނެއް ގާއިމް ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އައު ވެހިކަލް ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާރު ހުރި އިމާރާތުގެ ކުޑަ ދޮރުތައް މަރާމާތު ކުރުމާއި، ބަދަލުކުރަން ޖެހޭ ދޮރުތައް ބަދަލުކުރުމާއި، އެ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި ސީލިންގ މަސައްކަތާއި...
އިބްރާހިމް ޚަލީލް
ބޯހިޔާވަހިކަމާއި ގުޅިގެން މާލޭ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަވާނެ ކަމަށާއި، އެކަމުގައި މާލޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ގައި މިރޭ މާލޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފައެވެ. ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރު...
ޔުމްނާ ޢަލީ
ކްރެޑިޓް ކާޑުގެ ބަދަލުގައި އުރީދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން ކާރްތީ ސްޓޯރުން ގިފްޓް ކާޑާއި ގޭމިން ކޯޑުތައް ގަނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ. އުރީދޫން ބުނީ އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކެރެޑިޓް/ޑެބިޓް ކާޑާ ނުލައި އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިން އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް، ކާރްތީ ސްޓޯރު މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ. އުރީދޫން ބުނީ ކާރްތީއާއެކު ވެފައިވާ ޕާޓްނާޝިޕްގެ ދަށު...
އަޙްމަދު ވަހީދު
ހުޅުމާލޭ ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލޭ ރެޑްބުލް ދަނޑާ ދިމާ ގޮނޑު ދޮށުން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު ލިބިފައިވާ ކަމަށެވެ. އާންމު ފަރާތަކުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ މިއަދު ހަވީރު 17:38 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެކަށިތައް މިހާރު ހުރީ އެ އިދާރާގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ތަހްގީގު ކުރައްވަމުން އަންނަ […]
ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންގޮސް ކައުންސިލަރުންނަށް ލިބެންޖެހޭ ބާރުތައް ލިބިދިނުމަށްޓައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ހޮވަން ޖެހޭ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ނަޝީދުގެ އިތުރުން އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު […]
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ. އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކު...
އިބްރާހިމް ޚަލީލް
އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ގެ ނަން ހިމަނައިފި އެވެ. މިއީ ކުޅިވަރުތަކަށް ޒުވާން ކުޅުންތެރިން ތަމުރީނުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. ދީމާގެ ނަން އެ ލިސްޓުގައި ހިމެނާފައިވާކަން ހާމަކުރައްވާ ކުޅިވަރާއިބެހޭ ވަޒީރު އަހްމަދު މަހްލޫފު ވަނީ ޓްވީޓެެއް ކުރައްވާފަ އެވެ. އެ ޓްވީޓުގައި ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުގައި ރަސްމީކޮށް ޓީޓީ ތަރި ދީމާވެސް މިވަނީ ހިމެނިފައިވާ ކަމަށެވެ. އަދި ރާއްޖޭއިން...
މުޙައްމަދު އަފްރާޙް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ހަމަޖައްސައިފިއެވެ. އެމްޓީސީސީން ބުނީ، ކޮންޓެކްޓްލެސް މާސްޓަ ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް މިހާރު ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮނ...
އަޙްމަދު ވަހީދު
ކުރީ އަދަދާއި ގުޅޭ ކޮޓަރީގައި ވާ ރޫމްފުރެޝްނާގެ ވަހާއި އެކުވެ މަޑު ކުނިވަހެއް ނޯޝުގައި ޖެހެމުން ދިއައެވެ. ނަމަވެސް ހިމަތޮޅި އަސްލަމްގެ ނޭފަތް އެ ވަހަށް ހޭނިފައި ހުރި ކަހަލައެވެ. އޭނާ އެވަގުތު ހުރީ ކޮޓަރީގެ މޭޒުކައިރީގައި އެއް އަތުން ކެމެރާ ހިފައިގެން, އަނެއް އަތުގެ ދެ އިނގިލިން ކުޑަ ދިރޭ އެއްޗެއް ހިފައިގެން އެއަށް ބަލާށެއެވެ. ކައިރީގައި ހުރި މޭޒުމަތީގައި އެކިވަރުގެ ބިއްލޫރި ޓޭންކުތައް އަތުރާލައިފައި ހުއްޓެވެ. އެއީ އެކި ވައްތަރުގެ ދިރޭ ސޫފިތައް އަޅާފައި […]
ރޫހީ މިތުރު
ރާއްޖޭގައި މިދުވަސްވަރު ލޮލު ރޯގާ، ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ. ތަފާތު ވައްތަރުގެ ވައިރަސް އަދި ބެކްޓީރިއާ އިން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުން ހިމެނެ އެވެ. އަދި ލޮލޮން ފެން އައުމާއި ލޯ ރަތްވެ، އަދި ލޮލުގައި […]
މުޙައްމަދު އަފްރާޙް
އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ޕްރެކްޓިސް ޕާލަމަންޓް” ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ. ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗު ކުރިއަށް ގެންދަނ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ގަވާއިދަށް ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ. އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހިޔާ ފްލެޓުތަކުން ތިރިއަށް އެއްޗެހި އުކާ ކަމުގެ ޝަކުވާ އެކުންފުންޏަށް ލިބޭ ކަމަށެވެ. މި ކަންކަމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކަށާއި ދިރިއުޅޭ މީހުންނަށް ގެއްލުން ލިބެމުން އަންނަ ކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެ ކުންފުނިން ބުނީ ހިޔާ ފްލެޓުތަކުގެ އުސޫލެއް ހަދާފައި އޮންނަ ކަމަށާއި އެ އުސޫލާ...
އަޙްމަދު ވަހީދު
މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ވަދެ ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ކުށް ސާބިތުނުވެ ސަލާމަތްވި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޖުލައި 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމްގެ ބޮލަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން އާއި ގއ. ގެމަނަފުށީ […]
ހުސައިން ހަބީބް