ރާއްޖޭގައި ހާއްސަކޮށް އަތޮޅު ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް އުޅަނދަކީ ރަށުޕިކަޕޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
މިފަދަ އުޅަނދުތައް ގަތުމަށް ގިނަ މީހުން ފަސްޖެހެނީ، އެއަށް ބޭނުންވާ ސްޕެއަރ ޕާޓްސް ހޯދަން ބަލާއިރު، ފަސޭހަކަމާއެކު ލިބެން ނުހުންނާތީ އެވެ. އެކަމަކު ރަށުޕިކަޕް ގަންނަ ފަރާތްތަކަށް ނުވަތަ ގެންގުޅޭ ފަރާތްތަކަށް އޮތް ހިތްހަމަ ޖެހުމަކީ ރަށުޕިކަޕްގެ ސްޕެއަރ ޕާޓްސް ބޭނުން ވަގުތަކު ލިބެން ހުރުމެވެ.
"ބެސްޓް ބަޑީ" ގެ ފިހާރަތަކުން ކަސްޓަމަރުންނަށް އެ ޔަގީންކަން ދެނީ ކަމެއް ވެއެވެ. ރަށުޕިކަޕްގެ ހުރިހައި ސްޕެއަރ އެއް އެތަނުން ލިބޭނެ ހަމައެކަނި ތަނަކީ އެއީ ކަމަށްވާތީ އެވެ. އަދި ބައިސްކަލުގެ ހުރިހައި ސްޕެއަރ ޕާޓްސްއެއް ވެސް ލިބެން ހުންނާނީ އެތަނުން ކަމަށްވާތީ އެވެ.
ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޕިކަޕް އެތެރެކުރާ ފަރާތަކީ ބެސްޓް ބަޑީ ކަމަށްވާއިރު، އެ ފިހާރައިން އަންނަނީ ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓު ވެސް ފުޅާދާއިރާއެއްގައި ދެމުން ނެވެ. އަދި އާފްޓަރ ސޭލްސް ސަރވިސް ގެ ހިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުން ނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ގެންގުޅެމުން އައި 'ބަރޯ' ގެ ބަދަލުގައި ރާއްޖެއަށް ތައާރަފްވި ރަށުޕިކަޕަކީ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން ފުއްދާލެވި މަރާމާތު ކުރަން ފަސޭހަ އުޅަނދެކެވެ. އަދި މިއީ ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމަށް އިންގިލާބެއް ގެނުވި އުޅަނދެކެވެ.

އެއާއި އެކު ރަށު ޕިކަޕު ވެގެން ގޮސްފައިވަނީ ރަށްފުށުގެ މަސަކަތްތެރިންގެ ހިތް ކަމުގަ އެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮށް ކުޑަ ހަރަދަކުން އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްލެވޭ މި އުޅަނދުން މަސައްކަތްތެރިންގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ރަށުޕިކަޕްތަކަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ބެސްޓް ބަޑީން ރާއްޖެ އެތެރެކޮށް ޕިކަޕްތަކުގެ ވެރިންގެ އަތްފޯރާ ފަށުގައި ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނާތީ އެވެ.
ބެސްޓް ބަޑީގެ އޮފިސަލަކު މަޢުލޫމާތުދެމުން ވިދާޅުވީ، އެސް.އެސް ރަށުޕިކަޕާއި އާންމުކޮން ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ހުރިހާ ބާވަތެއްގެ ރަށު ޕިކަޕުގެ ސްޕެއަރޕާރޓްސް ޔަޤީންކަމާއެކު މިހާރު އެފިހާރައިން ލިބޭނެ ކަމަށެވެ.

ދާދި ފަހުން ބެސްޓް ބަޑީއިން ވަނީ 1200 ވޯޓުގެ އެސްއެސް ރަށު ޕިކަޕުގެ އާޝިޕްމެންޓެއްވެސް ރާއްޖެ ގެނެސްފަ އެވެ. މިއީ 35،000 ރުފިޔާއަށް ވިއްކާ ރަށު ޕިކަޕްގެ އެންމެ ބޮޑެތި ސައިޒެވެ.

ބެސްޓްބަޑީއިން ބައްލަވައިގަންނަވާ ކޮންމެ ރަށުޕިކަޕަކަށް ރަޖިސްޓްރީގެ ކަންކަން ކޮށްދިނުމަށް އިތުރު އެއްވެސް ޗާޖެއް ނުނަގާނެއެވެ.
ބެސްޓްބަޑީގެ ފަރާތުން މާލެ އާއި ހދ. ކުޅުދުއްފުށީސިޓީގައި އަންނަނީ ފިހާރަތައް ހިންގަމުންނެވެ. ބެސްޓް ބަޑީ އިން މުދަލެއް ގަންނަން ބޭނުންނަމަ އަދި މުދަލާއި ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށިފިހާރަ 9193965، ނުވަތަ މާލެ ސަރަހައްދުން ނަމަ 9936915 ނަންބަރު އަށް ގުޅައިގެން މައުލޫމާތުސާފު ކުރެވޭނެއެވެ. އަދި ސްޕެއަރ ޕާޓްސް ހޯދުމަށް ސްޕެއަރ ޕާރޓްސް އަށް ހާއްސަކޮން ހުޅުވާފައިވާ ފިހާރަ ބެސްޓް ސާރކަލްގެ ނަންބަރު އަށް 9441890 ގުޅުމުން ސްޕެއާ ޕާޓުތައް ލިބޭނެއެވެ.

ބެސްޓް ބަޑީއިން ރަށު ޕިކަޕުގެ ސްޕެއަރ ޕާޓްސްގެ އިތުރުން އެއަރ ބްލޭޑާއި ވޭވް 125 އާއި ހޮންޑާ މޫވްގެ ޓަޔަރު ވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ހުރިހާ ސައިޒެއްގެ ބައިސްކަލުގެ ސްޕެއަރ ޕާޓްވެސް ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!