ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ކައުންސިލުން ހޯދަނީ
ހދ.ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި، އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ހުރި ފަރާތްތަކުން، ކައުންސިލް އިދާރާއަށް ފޮޓޯތައް ޙިއްޞާކޮއްދެއްވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. އެ ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް، ދެެމެހެއްޓުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި، އެ ތަންތަން ކުރިން ހުރި އަސްލުގޮތަށް އިޔާދަ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ މަސައްކަތް ވީހާ...