މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (13:20 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,327 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 102 ވަނަ ޞަފްޙާ

އުތީމުގައި ޖަމާޢަތްތެރިކަމުގެ ކޯހެއް ބޭއްވުމަށް ފުރުޞަތު ހުޅުވާލައިފި

އުތީމުގައި ޖަމާޢަތްތެރިކަމުގެ ކޯހެއް ބޭއްވުމަށް ފުރުޞަތު ހުޅުވާލައިފި

ހއ.އުތީމުގައި ކުރިއަށް ގެންދިޔުމަށް ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި، އެ ރަށު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ގުޅިގެން އުތީމުގައި ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ކުރިއަށް ދާނީ 03 ސެޕްޓެމްބަރ 2026 އިން 05 ސެޕްޓެމްބަރ 2026އަށެވެ. މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު...

ފާތިމަތު ސަޙާ
ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ހދ.ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނެފައި ވަނީ މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް އެރަށަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެ ޓީމަކީ ޗާލު ދިވެހިރާއްޖެ އެވޯޑަށް އެރަށް ނޮމިނޭޓްވެފައިވާތީ ކުރާ އެ ރަށަށް ޒިޔާރަތްކުރާ ޓީމެކެވެ. ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތް ފެށ...

ފާތިމަތު ސަޙާ
ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި

ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި

މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވާ […]

ޔުމްނާ ޢަލީ
މުހިންމު މުބާރާތްތަކަށް ކޮލިފައިނުވުމުން ނައިޖީރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

މުހިންމު މުބާރާތްތަކަށް ކޮލިފައިނުވުމުން ނައިޖީރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

ނައިޖީރިއާގެ ގައުމީ ޓީމުތަކަށް ބޮޑެތި ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ނުލިބި، ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިބްރާހީމް ގުސާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ބުރާސްފަތި ދުވަހު ގުސާއު އިސްތިއުފާ ދެއްވި އިރު، އެ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަނޫސީ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 2022 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ގުސާއު ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ކަމާބެހޭ ފަރާތްތަކާއި އާއިލާއާ މަޝްވަރާ ކ...

އަޙްމަދު ވަހީދު
ރޮޑްރީ ބާސާއަށް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެ، ލީގު ކަޕުން ޗެލްސީ ކުރިއަށް

ރޮޑްރީ ބާސާއަށް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެ، ލީގު ކަޕުން ޗެލްސީ ކުރިއަށް

ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު ރޮޑްރީ ބާސެލޯނާއަށް ފުރަތަމަ މެޗު ކުޅެދީފިއެވެ. މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އިނގިރޭސި ލީގު ކަޕުގައި ވާދަކުރި ޗެލްސީ އަދި ފުލަމް ވަނީ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ. ކެޓަލޯނިއާގެ ދިދައާއެކު ސަޕޯޓަރުންގެ އަޑުއުފުލުމެއް ސްޕެއިނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންނަށް ޝަރަފު އެރުވުމަށް މި މެޗުގެ ކުރިން ރޭވި ނަމަވެސް، އެކަން ވަނީ ބަދަލުވެފަ...

އަޙްމަދު ވަހީދު
ބޯލްޓްގެ ރެކޯޑް މުގުރާލި ޗައިނާގެ ރޮބޮޓެއް

ބޯލްޓްގެ ރެކޯޑް މުގުރާލި ޗައިނާގެ ރޮބޮޓެއް

ޗައިނާގެ ބޭޖިންގައި ބޭއްވި ދުނިޔޭގެ ހިއުމަނޮއިޑް ރޮބޯޓު ގޭމްސްގައި، އެކްސް-ހިއުމަނޮއިޑް ކުންފުނީގެ “ތިއަންގޮންގް އުލްޓްރާ” ރޮބޯޓު 100 މީޓަރުގެ ދުވުން 9.32 ސިކުންތުން ނިންމައި، އިންސާނުންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި އެވެ. މިއީ ދުނިޔޭގެ އެންމެ ބާރަށް ދުވުމުގެ ރިކޯޑު އޮތް ޔުސެއިން ބޯލްޓް 2009 ވަނަ އަހަރު ގާއިމުކުރި 9.58 ސިކުންތުގެ ދުނިޔޭގެ ރެކޯޑަށް ވުރެ އަވަސް ވަގުތެކެވެ. އެކްސް-ހިއުމަނޮއިޑް ކުންފުނިން އޮގަސްޓް 25 ގައި ހާމަކުރި ގޮތުގައި، މި މުބާރާތުގައި “ތިއަންގޮންގް އުލްޓްރާ” އެންމެ ފުރަތަމަ […...

އަލީ އާދިލް
ނޭޕާލްގައި ނުރައްކާތެރި ކާރިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް ނެތް: ޚާރިޖީ ވުޒާރާ

ނޭޕާލްގައި ނުރައްކާތެރި ކާރިސާ ހިނގި ސަރަހައްދުގައި ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް ނެތް: ޚާރިޖީ ވުޒާރާ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއެއް ހިނގާފައިވާއިރު، އެ ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޚާރިޖީ ވުޒާރާއިން ބުނީ، ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއެއް ދިމާވެފައިވާތީ، މި ހާދިސާއާ ގުޅިގެން އެކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން އަންނަކަމަށެވެ. އަދި އިންޑިއ...

އަލީ އާދިލް
ހަނގުރާމަ ފެށީ އަހަރެމެންނެއްނޫން، ދިފާއުވުމަކީ އަހަރެމެންގެ ވެސް ހައްގެއް: އީރާން

ހަނގުރާމަ ފެށީ އަހަރެމެންނެއްނޫން، ދިފާއުވުމަކީ އަހަރެމެންގެ ވެސް ހައްގެއް: އީރާން

އީރާނުން ހަނގުރާމަ ނުފަށާ ކަމަށާއި، އެ ގައުމުން އަޅަމުންދަނީ އަމިއްލަ ދިފާއުގައި ސާބިތު ފިޔަވަޅުތަކެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ވޮޝިންޓަނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ސަރަހައްދީ ހަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާއާއި ޒަޔަނިސ...

ނާޒިމާ އަލީ
މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް

މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް

ށ. މިލަންދޫގައި ކަތިވަޅިއެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން މިލަންދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ މެދެއްހާތަނުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 16 އޮގަސްޓު 2026 ގައި ކޯޓުން ދިނީ 12 ދުވަހުގެ މުއްދަތެކެ...

އަލީ އާދިލް
އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް، އިތުރު 3 ރަށެއްގައި އޭޓީއެމް

އޭދަފުށީގައި އެމްއައިބީގެ ބްރާންޗެއް، އިތުރު 3 ރަށެއްގައި އޭޓީއެމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅުގައި ދެމުން އަންނަ ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ އަތޮޅު އޭދަފުށީގައި ބްރާންޗެއް ހުޅުވައި، އިތުރު ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ އެއަތޮޅު ކެންދޫ، ގޮއިދޫ އަދި ބ. ތުޅާދޫގައެވެ. މި ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުތަކާއި އޭދަފުށީގެ ބްރާންޗު ރަސްމީކޮށް ހުޅުއްވައިދ...

އަލީ އާދިލް
ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ދޫކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކުރި “ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ” ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ފޯރުކޮށްދީފިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުން...

އަލީ އާދިލް
ސްޓޮކް ދަތިވުމާ ގުޅިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ސްޓޮކް ދަތިވުމާ ގުޅިގެން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް ލިބުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން، ރާއްޖޭގައި ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިމިގްރޭޝަނުން މިރޭ ކުރި އިޢުލާނެއްގައި ބުނީ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ (28 އޮގަސްޓު 2026) އިން ފެށިގެން ކަމަށެވެ. މި ގެނެވުނު ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެ ފ...

އަލީ އާދިލް
ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ޤައުމަށް ބޭނުންވޭ: މެޑަމް ސާޖިދާ

ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ޤައުމަށް ބޭނުންވޭ: މެޑަމް ސާޖިދާ

ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި، ވިސްނުންތެރިކަން އަދި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ޤައުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ “ވިލުންތެރި ކަނބަލުން” ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވާފައެވެ. އަ...

ޔުމްނާ ޢަލީ
ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ފަހުމުނާމާގައި ސޮއިކޮށްފި

ކަސްޓަމްސްއާއި ބޭންކުތަކުން ޓީޓީ ވެރިފިކޭޝަން ފަހުމުނާމާގައި ސޮއިކޮށްފި

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމ...

އިބްރާހިމް އަސްވާޤް
އަމިއްލަ ގޯތީގައި ގެ އަޅައިދޭން އުތީމުގައި ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

އަމިއްލަ ގޯތީގައި ގެ އަޅައިދޭން އުތީމުގައި ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއް

އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް އެދެން ހުޅުވާލި ފުރުސަތުގެ ދަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އަމިއްލަ ފަރާތަކުން އުތީމު ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އިމާރާތް ކޮށްދިނުމަށް ނިންމާފައި ވަނީ، ކޮންޓްރެކްޓަރ ހުށަހަޅާ ތިން ކުރެހުމެއްގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމާއި އެއްގޮތަށެވެ. އެހެންވެ، މިގޮތަށް ގެ އަޅަން ބޭނުންވ...

ޝިއުނާ އާދަމް
މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޅ. ކުރެންދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 29 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިލާސާގެ / ޅ. ކުރެންދޫ، އިބްރާހީމް ޒާހީ ސުލައިމާން (29އ) އެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުރެންދޫ ފުލުހ...

އަލީ އާދިލް
ފަރުކޮޅު ބެލެހެއްޓުމަށް ޚާއްސަ އުޅަނދެއް ގެނެސްފި

ފަރުކޮޅު ބެލެހެއްޓުމަށް ޚާއްސަ އުޅަނދެއް ގެނެސްފި

ށ. ފަރުކޮޅު (ނުވަތަ ފަރޮޅު) ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލަހައްޓައި، ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ފަރޮޅު ރޭންޖަރ” އުޅަނދު ރާއްޖެ ގެނެސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި އުޅަނދާއެކު، ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު ހީވާގިކަމާއެކު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޭންޖަރުންގެ ޚާއްސަ ޓީމުން ވަރަށް އަވަހަށް ފަށާނެއެވެ. ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކުރުން މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ށ. ފ...

ޔުމްނާ ޢަލީ
ހުރުމުޒު ކަނޑުއޮޅީގައި ވަގުތީ މަގެއް ގާއިމުކުރުމަށް ގަތަރާއި އީރާނުން މަޝްވަރާކޮށްފި

ހުރުމުޒު ކަނޑުއޮޅީގައި ވަގުތީ މަގެއް ގާއިމުކުރުމަށް ގަތަރާއި އީރާނުން މަޝްވަރާކޮށްފި

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށާއި ހުރުމުޒު ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަގުތީ ކޮރިޑޯއެއް ގާއިމުކުރުމާ ގުޅޭގޮތުން ގަތަރާއި އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީ އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ދަތުރުފުޅުގައެވެ. ބުރާސްފަތި ދުވަހު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި މި މަޝްވަރާތަކުގައި، އެމެރިކާއާއި އީރާނާ ދެ...

ނާޒިމާ އަލީ