ށ.ފީވަކުގައި މިސްކިތެއް އިމާރާތް ކުރުމަށްޓަކައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ، ސައިޓް ޙަވާލް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮއްފިއެވެ.
އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އަޝްރަފް ޢަލީއެވެ. އަދި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް، ޢަލީ ރަޝީދު ޙަސަން ސޮއި ކުރެއްވި އިރު، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މަރްޔަމް ނިހާޔަތާއި އިނާޔާއެވެ.
ފީވަކުގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކުރެހުމެއް އެ ރަށު ކައުންސިލުން މިހާރުވަނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމުކޮއްފައެވެ.
ފީވަކުގައި އަ؛ލަށް މިސްކިތެއް އިމާރާތްކުރުމަށް ސައިޓް ހަވާލުކުރުން، ފޮޓޯ: ފީވަކު ކައުންސިލް
ފީވަކު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް އިމާރާތްކުރާ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ފީވަކުގައި ބޭނުން ކުރަމުންދާ ދެ މިސްކިތުގެ ތެރެއިން މަސްޖިދުލް އިއްތިޙާދު ތަޅާލުމަށްފަހު، އެ ބިމުގައި ކަމަށެވެ.
އަލަށް އިމާރާތްކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!