ފިލްމީ ދާއިރާގެ 8000 މީހުން ސޮއިކޮށް އިސްރާއީލާއި ދެކޮޅު ޕެޓިޝަނެއް
ފިލްމީ ދާއިރާގެ 8000 މީހުން، އިސްރާއީލާއި ދެކޮޅަށް މަސައްކަތްކުރުމަށް ވަޢުދުވެ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ (ޖެނޮސައިޑް) ހުއްޓުވުމަށް ގޮވާލައި، “ފިލްމް ވޯކަރސް ފޯ ފަލަސްޓައިން” ގެ ނަމުގައި 8000 އަށްވުރެ ގިނަ ފިލްމް މޭކަރުންނާއި ސިނަމާ މަސައްކަތްތެރިން ވަނީ އަހުދުވެފައެވެ. އޭގެތެރޭގައި، އަނިޔާވެރި އިސްރާއީލީ ކުންފުނިތަކާއި މުއައްސަސާތަކާއެކު މަސައްކަތް ނުކުރުމަށް ބައިނަލްއަގުވާމ...