މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 87 ވަނަ ޞަފްޙާ

ތައި ކުރީގެ ބޮޑުވަޒީރު ތަކްސިންގެ މައްޗަށް އިތުރު އެއް އަހަރުގެ ޖަލު ޙުކުމެއް

ތައި ކުރީގެ ބޮޑުވަޒީރު ތަކްސިންގެ މައްޗަށް އިތުރު އެއް އަހަރުގެ ޖަލު ޙުކުމެއް

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ މައްޗަށް އިތުރު އެއް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަން އެ ގައުމުގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު އިއްވައިފިއެވެ. މިއީ ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ މައްސަލަތަކުގައި ކުރިން އިއްވާފައިވާ ޙުކުމްތަކާ ގުޅިގެން ނިންމި ނިންމުމެކެވެ. ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތަކްސިންގެ އަދަބު ރަނގަޅަށް ތަންފީޒުކުރެވިފައި ނުވެއެވެ. އަދި ޕޮލިސް ހޮސްޕިޓަލުގައި އޭނާ ހޭދަކުރި ދުވަސްތައް ޖަލު ޙުކުމުގެ ތެރެއަށް ނުގުނޭނެ ކަމަށ...

ނާޒިމާ އަލީ
ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ 83 މިލިއަން ޑޮލަރުގެ ބަދަލުގެ ޙުކުމް ދަމަހައްޓައިފި

ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ 83 މިލިއަން ޑޮލަރުގެ ބަދަލުގެ ޙުކުމް ދަމަހައްޓައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ނެރެފައިވާ ޖިންސީ ގޯނާއާ ގުޅޭ އަބުރު ގެއްލުމުގެ ބަދަލު ދެއްކުމުގެ ޙުކުމެއް އެމެރިކާގެ އިސްތިއުނާފީ ކޯޓަކުން ދަމަހައްޓައިފިއެވެ. މެންހެޓަންގެ ސެކަންޑް ސަރކިޓް ޔޫއެސް ކޯޓް އޮފް އެޕީލްސްއިން ހޯމަ ދުވަހު ނިންމީ، ލިޔުންތެރިޔާ އީ. ޖީން ކެރޯލްގެ އަބުރަށް ގެއްލުން ދިނުމުގެ ސަބަބުން ޖޫރީން ކަނޑައެޅި 83.3 މިލިއަން ޑޮލަރުގެ ބަދަލު ބާޠިލުކުރުމަށް ޓްރަމްޕް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ. މި ޙުކުމް ދަމަހައްޓާފައިވަނީ، 2019 ވަނަ އަހަރު ޓްރަމްޕް ކެރޯލް ރޭޕްކު...

ނާޒިމާ އަލީ
ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކްކުރުމުން މުޒާހަރާކުރަނީ، ބަޑި ޖަހައި 10 މީހުން މަރާލައިފި

ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކްކުރުމުން މުޒާހަރާކުރަނީ، ބަޑި ޖަހައި 10 މީހުން މަރާލައިފި

ނޭޕާލުގައި ސޯޝަލް މީޑިއާ ބްލޮކްކުރުމާ ދެކޮޅަށް، ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ކުރިއަށްދިޔަ މުޒާހަރާއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 10 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މުޒާހަރާގައި ބައިވެރިވި އެތައް ހާސް ބަޔަކު އަޑު އުފުލަމުން ގެންދިޔައީ “ސޯޝަލް މީޑިއާގެ އަންބުލޮކް ހުއްޓާލާ، ކޮރަޕްޝަން ހުއްޓުވާ” މިފަދަ ޝުއޫރުތަކެވެ. މި މުޒާހަރާއަކީ ޖެނެރޭޝަން ޒެޑްގެ މުޒާހަރާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ސަރުކާރުން ބުނާ ގޮތުގައި ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލ...

އަލީ އާދިލް
އިސްރާއީލް ޓީމު ބައިސްކަލް މުބާރާތުން ވަކިކުރަން ސްޕެއިންގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފި

އިސްރާއީލް ޓީމު ބައިސްކަލް މުބާރާތުން ވަކިކުރަން ސްޕެއިންގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފި

ސްޕެއިންގެ ބައިސިކަލް ރޭސް “ލާ ވުއެލްޓާ” ގައި ބައިވެރިވާ އިސްރާއީލްގެ ބައިސްކަލް ޓީމު އެ މުބާރާތުން ވަކިކުރަންޖެހޭ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މުބާރާތާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ސްޕެއިންގައި ކުރިއަށްދާ މުޒާހަރާތަކަށް ފުރިހަމައަށް ތާއީދުކުރަށްވާ ކަމަށްވެސް ހާމަކުރައްވަމުންނެވެ. މިކަމާ ގުޅިގެން، އިސްރާއީލް-ޕްރެމިއަރ ޓެކް ޓީމުން ހޮނިހިރު ދުވަހު އިޢުލާނުކުރި ގޮތުގައި، ސްޕެއިންގެ ބައިސިކަލް ރޭސް ލާ ވުއެލްޓާގެ ބާކީ...

ޔުމްނާ ޢަލީ
ޗައިނާއިން ވެނެޒުއެލާގައި ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފި

ޗައިނާއިން ވެނެޒުއެލާގައި ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފި

ޗައިނާގެ ކޮންކޯޑް ރިސޯސަސް ކޯޕަރޭޝަން (ސީސީއާރްސީ) އިން 1 ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ވެނެޒުއެލާގެ ދެވަނައަށް އެންމެ ބޮޑު ތެޔޮ އުފައްދާ ސަރަހައްދު ކަމުގައިވާ މަރަކައިބޯ ކަނޑުގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ތެޔޮ ޕްލެޓްފޯމެއް ގާއިމުކޮށްފިއެވެ. އަލޫލާ ނަމަކަށް ކިޔާ މި ޕްލެޓްފޯމަކީ އެއްތަނުން އަނެއްތަނަށް އުފުލޭ އޮފްޝޯ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ޗައިނާގެ ޒޯޝަން ބަނދަރުން ގެނެސް، މަރަކައިބޯ ކަނޑުގެ ބްރިޖުގެ ދަށުން ލަގުނިއްލާސްއަށް ގެންގޮސްފައިވަނީ ޓަގް ބޯޓެއްގެ އެހީގައެވެ. ސީސީއާރްސީއިނ...

އަލީ އާދިލް
އުރުދުން އެހީ ތެރިކަމަށް އެދި ރަސްގެފާނުގެ އަރިހުގައި ޣައްޒާގެ ސިއްހީ ވުޒާރާ އިން އާދޭސް ދަންނަވައިފި

އުރުދުން އެހީ ތެރިކަމަށް އެދި ރަސްގެފާނުގެ އަރިހުގައި ޣައްޒާގެ ސިއްހީ ވުޒާރާ އިން އާދޭސް ދަންނަވައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމް އެއްކޮށް ފުނޑުފުނޑުވެފައިވާތީ،  ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ އާދީއްތަ ދުވަހު އުރުދުން (ޖޯޑަން)ގެ ރަސްގެފާނު އަބްދުالله ދެވަނަ އަށް އަވަސް އިލްތިމާސެއް ކޮށްފިއެވެ. މި އިލްތިމާސްގައި އެދިފައިވަނީ، ޣައްޒާގައި ޤާއިމުކޮށްފައިވާ އުރުދުންގެ ވަގުތީ ހޮސްޕިޓަލްތައް އަލުން ހިންގައިދޭން ފެށުމަށެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު އާދޭހުގެ ދެންނެވުމުގައި، އިސްރާއީގެ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ގާ...

ނާޒިމާ އަލީ
އިސްރާއީލުގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަމަނުގެ ޑްރޯން ހަމަލާއެއް ރާމޯން ވައިގެ ބަނދަރަށް

އިސްރާއީލުގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަމަނުގެ ޑްރޯން ހަމަލާއެއް ރާމޯން ވައިގެ ބަނދަރަށް

ޔަމަނުގެ ހޫތީން، ވަން ވޭ އެޓޭކް ޑްރޯނެއް ބޭނުންކޮށްގެން އިސްރާއީލުގެ އައިލާތުގެ އުތުރުގައި އޮންނަ ރަމޮން އެއާޕޯޓަށް ހުކުރު ދުވަހު ހަމަލާއެއްދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ޙަމަލާއާ ގުޅޭގޮތުން ޔަމަނުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ހަމަލާއާއި ގުޅޭގޮތުން އިސްރާއީލުގެ ސިފައިން (އައި.ޑީ.އެފް.) އިން ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އަދި ޙަމަލާގެ އަންނަކަން އިސްރާއީލްގެ ދިފާއީ ނިޒާމަށް ދެނެގަނެވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާއާއި ގުޅިގެން އިސްރާއީލުގެ...

ނާޒިމާ އަލީ
އިސްރާއީލުން ޣައްޒާގެ އިތުރު އުސް އިމާރާތްތަކަކަށް ބޮން އަޅައި ބިމާ ހަމަކޮށްލައިފި

އިސްރާއީލުން ޣައްޒާގެ އިތުރު އުސް އިމާރާތްތަކަކަށް ބޮން އަޅައި ބިމާ ހަމަކޮށްލައިފި

އިސްރާއީލުގެ ސިފައިން، ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމާގައި، މަޖުބޫރުން ބަނޑަށްޖެއްސުމުގެ ޢަމަލުތަކުގެ ތެރެއިން، ޣައްޒާ ސިޓީގެ އިތުރު އުސް އިމާރާތްތަކަކަށް ހަމަލާދީ ބޮންއަޅައި ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފިއެވެ. މި ހަމަލާތަކުގެ ކުރިން، ރައްޔިތުންނަށް އިންޒާރުދީ، އެ ސަރަހައްދުން ނުނިކުމެއްޖެނަމަ މަރުވެދާނެކަމުގެ ބިރުދައްކާފައިވެއެވެ. ހޮނިހިރު ދުވަހު އިސްރާއީލުގެ ސިފައިން ވަނީ އިތުރު އުސް އިމާރާތްތަކެއް އަމާޒުކުރާނެކަމުގެ ޗާޓެއް ޢާންމުކޮށްފައ...

ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ ފުރަތަމަ މުސްލިމް އަންހެން ހޯމް ސެކްރެޓަރީއަކަށް ޝަބާނާ މަޙްމޫދު

އިނގިރޭސިވިލާތުގެ ފުރަތަމަ މުސްލިމް އަންހެން ހޯމް ސެކްރެޓަރީއަކަށް ޝަބާނާ މަޙްމޫދު

އިނގިރޭސިވިލާތުގެ އަދުލު އިންސާފާއި ބެހޭ ސްޓޭޓް ސެކްރެޓަރީ އަދި ލޯޑް ޗާންސެލަރުގެ މަޤާމުގައި ހުންނެވި ޝަބާނާ މަޙްމޫދު އެ ޤައުމުގެ ހޯމް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކޮށްފިއެވެ. ޝަބާނާ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ 5 ސެޕްޓެމްބަރު 2025 ގައި އޭނާގެ ކެބިނެޓަށް ގެންނެވި ބަދަލުގެތެރެއިންނެވެ. މި ބަދަލުތައް ގެންނެވީ ނައިބު ބޮޑުވަޒީރު އެންޖެލާ ރޭނަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަބާނާ މަޙްމޫދު ހޯމް ސެކްރެޓަރީގެ މުހިންމު މަޤާމަށް އައްޔަންކުރެއްވުމުން އޭނާ...

ނާޒިމާ އަލީ
ސަޢޫދީ އާއި ޔޫއޭއީ ގުޅިގެން، ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް

ސަޢޫދީ އާއި ޔޫއޭއީ ގުޅިގެން، ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް

ކުޑަކުދިންގެ ރައްކާތެރިކަމަށް ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ މަޝްހޫރު ގޭމިންގ ޕްލެޓްފޯމް ރޯބްލޮކްސް އާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ސަޢޫދީ އަރަބިއްޔާ އާއި އެމިރޭޓްސް ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ. ސަޢޫދީ އަރަބިއްޔާގެ ޖެނެރަލް ކޮމިޝަން ފޯ އޯޑިއޯވިޝުއަލް މީޑިއާއިން ވަނީ ރޮބްލޮކްސްގެ ޓެކްސްޓް އަދި ވޮއިސް ޗެޓް ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައެވެ. މި ކޮމިޝަންގެ އިލެކްޓްރޯނިކް ގޭމްސް ޑިޕާޓްމަންޓްއިން ބުނެފައިވަނީ މިއީ އެގޭމު ކުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް...

އިބްރާހިމް އަސްވާޤް
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ނަން "ޑިޕާޓްމަންޓް އޮފް ވޯ" އަށް ބަދަލުކޮށްފި

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ނަން "ޑިޕާޓްމަންޓް އޮފް ވޯ" އަށް ބަދަލުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވައި، އެމެރިކާގެ ދިފާޢީ ވުޒާރާ (ޑިޕާޓްމަންޓް އޮފް ޑިފެންސް) ގެ ނަން ރަސްމީކޮށް “ހަނގުރާމައިގެ ވުޒާރާ” (ޑިޕާޓްމަންޓް އޮފް ވޯ) އަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލުގެ މަޤްޞަދަކީ، މިހާރު ދުނިޔެ އޮތް ހާލަތަށް އެކަށީގެންވާ ނަމެއް ދިނުމާއި، އަސްކަރިއްޔާގެ ހަނގުރާމަވެރިންގެ ރޫހު އަލުން އާލާކުރުން ކަމަށް ޓްރަމްޕް ވިދާޅުވެފަވެއެވެ. މި އަމުރުގެ ދަށުން، ޑިޕާޓްމަންޓްގެ ނަން ރަސްމީކޮށް ބަދަލުކުރުމަށް ކޮންގްރެސްގެ ހުއްދަ ބ...

ނާޒިމާ އަލީ
ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ދާނެކަމަށް މަންޑޭލާގެ ކާފަ ދަރިފުޅު ބުނެފި

ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ދާނެކަމަށް މަންޑޭލާގެ ކާފަ ދަރިފުޅު ބުނެފި

އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންނާއެކު ޓިއުނީޝިއާއިން ފުރާ އެހީގެ އުޅަނދެއްގައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވާނެކަމަށް ދެކުނު އެފްރިކާގެ އެޕާޓައިޑް ދެކޮޅު މަޝްހޫރު ލީޑަރު، ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑޭލާ ބުނެފިއެވެ. މަންޑްލާ މަންޑޭލާ މިކަން ހާމަކޮށްފައި ވަނީ ޓިއުނޭޝިއާގައި ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. “ދެކުނު އެފްރިކާގެ ވަފުދުގެ ހައިސިއްޔަތުން،...

ނާޒިމާ އަލީ
ޓްރަމްޕައްވުރެ ކެލިފޯނިއާގެ ގަވަރުނަރުގެ މަގުބޫލުކަން އިތުރު!

ޓްރަމްޕައްވުރެ ކެލިފޯނިއާގެ ގަވަރުނަރުގެ މަގުބޫލުކަން އިތުރު!

އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމްގެ މަޤްބޫލުކަން، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ މަތިވެފައިވާކަމަށް ނިއުސްވީކްގެ ރިޕޯޓެއްގައި ބުނެފިއެވެ. ދެ ސާވޭ އަކާއި ހަވާލާދީ ނިއުސްވީކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ދެ ސާވޭ ދައްކާގޮތުގައި ކެލިފޯނިއާގެ ގަވަރުނަރު ނިއުސަމްގެ މަޤްބޫލުކަން ޓްރަމްޕަށްވުރެ 5 އިންސައްތަ އުޅެނީ މަތީގައެވެ. ނިއުސަމް އަށް ލިބުނު މި ކުރިއެރުމަކީ ފަހަކަށް އައިސް އޭނާގެ ސިޔާސީ ޕްރޮފައިލް މަތިވުންކަމަށް ރިޕޯޓްގައި ފާހަގަކޮށ...

ނާޒިމާ އަލީ
ފޭސްބުކާއި، ޔޫޓިއުބާއި، އެކްސް ހިމެނޭހެން 23 ސޯޝަލް މީޑިއާއެއް ނޭޕާލުން މަނާކޮށްފި

ފޭސްބުކާއި، ޔޫޓިއުބާއި، އެކްސް ހިމެނޭހެން 23 ސޯޝަލް މީޑިއާއެއް ނޭޕާލުން މަނާކޮށްފި

ނޭޕާލުގެ ސަރުކާރުން އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުތަކަށް އަންގައިގެން ފޭސްބުކާއި، އިންސްޓަގްރާމާއި، ޔޫޓިއުބާއި، އެކްސް ފަދަ މައިގަނޑު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރަން އަންގައިފިއެވެ. މިގޮތުން ޖުމްލަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކްކުރުމަށް ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނޭޕާލް ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ވަނީ އަންގައިފަ އެވެ. މި ފިޔަވަޅު އަޅައިފައިވަނީ “ޑައިރެކްޓިވްސް ފޮރ މެނޭޖިންގ ދަ ޔޫސް އޮފް ސޯޝަލް ނެޓްވަރކްސް، 2023” ގެ ދަށުން ރަޖި...

އަލީ އާދިލް
ފްރާންސްގައި 11 މިލިއަން ޑޮލަރުގެ "ޤައުމީ ތަރިކަ" ވަގަށް ނަގައިފި

ފްރާންސްގައި 11 މިލިއަން ޑޮލަރުގެ "ޤައުމީ ތަރިކަ" ވަގަށް ނަގައިފި

ފްރާންސްގެ ލިމޯޖް ސިޓީގައި ހުންނަ އެޑްރިއަން ޑުބޫޝް ނެޝަނަލް މިއުޒިއަމުން ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (9.5 މިލިއަން ޔޫރޯ) އަގުކުރެވޭ، ޤައުމީ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ފަށުވި އެތި، ބުރާސްފަތި ދުވަހުގެ ފަތިހު ވަގަށް ނަގައިފިއެވެ. މިކަން މިއުޒިއަމުން ވަނީ ހާމަކޮށްފައިވާއިރު، މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ދިން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި، މިވައްކަން ހިންގާފައިވަނީ ފަތިހު 3:15 ހާއިރުއެވެ. ވަގުން ވަނުމަށްޓަކައި މިއުޒިއަމްގެ ކުޑަދޮރ...

ނާޒިމާ އަލީ