ސީޝެލްސްގެ އިންތިޚާބީ ރައީސަށް ރައީސް މުޢިއްޒުގެ ތަހުނިޔާ
ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސް، ހިޒް އެކްސަލަންސީ ޑރ. ޕެޓްރިކް ހަރމިނީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންތިޚާބީ ރައީސް ޑރ. ހަރމިނީއަށް ކާމިޔާބު އެދިވަޑައިގެން، އެމަނިކުފާނުގެ ޒަޢާމަތުގައި ސީޝެލްސްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފަވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް އިޝާރާތްކުރައްވަމުން، ދެޤައުމުގެ...