ގާޒާގައި އިސްރާއީލުން ހިންގާ ހަމަލާތަކުގެ ސަބަބުން މި ސަރަޙައްދުގައި ހިނގަމުންދާ ކަންތައްތަކަކީ ހަމައެކަނި "އިންސާނީ ކާރިސާއެއް" ނުވަތަ އިސްރާއީލުން ކޮށްފައިވާ "ދިގު ލިސްޓެއްގެ ކުށްތަކެއް" އެކަނިނޫން ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާޢީލުން ގާޒާގައި ހިންގަމުންދާ ކަންތައްތަކަކީ ޞިއްޙީ ޚިދުމަތްތަކުގެ ނިޒާމުން ތަމްސީލުކޮށްދޭ އިންސާނީ ދިރިއުޅުމުގެ އަސާސްތައް ފުރިހަމައަށް އަދި ގަސްތުގައި ނައްތާލުމެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދަނީ "ހެލްތް ޖެނޮސައިޑް-ޞިއްޙީ ނަސްލު ނައްތާލުމެއް" ކަމަށެވެ.
ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި މިނިސްޓްރީން ފާހަގަކޮށްފައިވަނީ، ގާޒާގެ ޞިއްޙީ ނިޒާމަށް އަމާޒުކޮށްފައިވާ ހަލާކުކުރަނިވި އަދި މަރުގެ ހަމަލާތަކެއް ދެމުންދާ ކަމަށެވެ. މިނިސްޓްރީން ވަނީ މި ކުށްތަކަކީ ގާޒާގެ ސަރަޙައްދުގެ ޞިއްޙީ އަދި އިންސާނީ މަންޒަރު ހަލަލާކުކޮށްލާފައިވާ ނުރައްކާތެރި ހާލަތްތަކަށް ބަލާއިރު، ޞިއްޙީ ނަސްލު ނައްތާލުމުގެ ސިފަ ލިބިފައިވާ ކަންތައްތަކެއްކަމަށް ބުނެފައެވެ.
މި ހަނގުރާމައަށް މިއަދު ދެ އަހަރު ފުރުމާއެކު، އިސްރާއީލުގެ މަރުގެ ހަމަލާތައް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދަނީ ކުރިއަށެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ޚިދުމަތްތަކާއި ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން، އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް ބޮން އެޅުމުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލި ވަގުތުން ފެށިގެން، އިސްރާއީލުގެ ބާރުތަކުން ވަނީ މަދުވެގެން 104 ފަލަސްތީނުގެ ރައްޔިތުން ގާޒާގައި ޝަހީދުކޮށްލާފައެވެ. މި ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، އިސްރާއީލާއި ހަމާސްގެ އޮފިޝަލުންނާއި މެދުވެރިން ވަނީ މިޞްރުގައި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ނިންމުމުގެ ޕްލޭނާ ގުޅޭގޮތުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، އިސްރާއީލުގެ ގާޒާގެ މައްޗަށް ކުރާ ހަނގުރާމައިގައި މަދުވެގެން 67,160 މީހުން ޝަހީދުވެފައިވެއެވެ. އަދި 169,679 މީހުން ޒަޚަމްވެފައިވާ އިރު، އެތައް ހާސް މީހުން ވާނީ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކުގައި އިސްރާއީލުގައި ޖުމްލަ 1,139 މީހުން މަރުވެ، 200 އެއްހާ މީހުން ހައްޔަރުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!