ގާޒާ ސަރަޙައްދާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމުގައި ހިމެނޭ ބައެއް ކަންތައްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ "ވަރަށް ބޮޑަށް ފުށުއަރާ" ކަންތައްތަކެއް ކަމަށް ބުނެ އދ.ގެ މާހިރުންގެ ގްރޫޕަކުން އިންޒާރު ދީފައެވެ.
އދ.ގެ މާހިރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނާއި އިންސާފަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް ނުވަތަ ހަމަ ސީދާ އޭގެ އިދިކޮޅަށް، ކޮންމެ އަގަކަށްވިޔަސް ވަގުތުން ސުލްޙަ ގެނައުމަކީ އިތުރު އަނިޔާއަކަށާއި، މުސްތަޤްބަލުގައި އަނިޔާވެރިކަމާއި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
ޓްރަމްގެ ޕްލޭނުން މާހިރުން ފާހަގަކުރި މައިގަނޑު މައްސަލަތައް
އދ. ގެ މާހިރުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި، ފަލަސްތީނުގެ އަމިއްލަ ނިންމުމުގެ ޙައްޤުގެ ޔަޤީންކަން ނުދިނުމާއި، ފަލަސްތީނުގެ ރައްޔިތުން ތަމްސީލު ނުކުރާ "ވަގުތީ އިންތިޤާލީ ސަރުކާރެއް" ޤާއިމުކުރުމަށް ހުށަހަޅާފައިވުން ހިމެނެއެވެ.
މީގެ އިތުރުން، ގާޒާގައި އިޒްރޭލުގެ އިޙްތިލާލު ވަކި މުއްދަތަކަށް ލިމިޓްނުކޮށް ދެމިގެންދިޔުމަށް ހުއްދަދީފައިވާކަން މާހިރުން ވަނީ ފާހަގަކޮށް، މިއީ "ފުރިހަމައަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް މާހިރުން ވަނީ ބުނެފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އިޒްރޭލުގައި ޢާންމުކޮށް ފެތުރިފައިވާ ފަލަސްތީނު އަދި ޢަރަބިންނާދެކޮޅު ޝުޢޫރުތަކާއި، ހައްދުފަހަނައެޅުމާއި، ނަސްލު ނައްތާލުމަށް ޢާންމުކޮށް ގޮވާލުންތަކަށް އެއްވެސް ސަމާލުކަމެއް ނުދީ، ހަމައެކަނި ފަލަސްތީނުގެ މައްޗަށް "ހައްދުފަހަނައެޅުން ނައްތާލުން" ޓްރަމްގެ ޕްލޭނުން މަޖުބޫރުކުރާކަންވެސް މާހިރުން ވަނީ ފާހަގަކޮށްފައެވެ.
ހަމާސްއިން އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްޙައިގެ ޕްލޭން އެމީހުން މަޝްވަރާކުރަމުންދަނީ ޣައްޒާއަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަޤްޞަދުގައެވެ. އަދި 20 ނުކުތާގެ މި ހުށަހެޅުމާމެދު އެމީހުންގެ މަޤާމު އަންގާނެކަމަށް ބުނެފައިވެއެވެ. ޓްރަމްޕް ވަނީ އަންނަ އަންގަރައާއި ހަމައަށް ހަމާސްއަށް ޖަވާބު ދިނުމަށް އިއްުޔެ އިންޒާރުދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!