ތުރުކީގެ "މޯލްޑިވްސް ލޭކް" ހިކެނީ
“މޯލްޑިވްސް ލޭކް”ގެ ނަމުން މަޝްހޫރުވެފައިވަނީ ތުރުކީގެ “ލޭކް ސަލްޑާ” ހިކެން ފަށައިފިއެވެ. އެ ގައުމުގެ ޖިއޮލޮޖީ އިންޖިނިއަރުންތަކެއް ބުނެފައިވާގޮތުގައި ވާރޭ ވެހި ސްނޯ ފޭބި ނަމަވެސް އެ ފެންގަނޑަށް ބޭނުންވާ ވަރަށް ފެން ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ދުނިޔޭގެ މަޝްހޫރު އެހެން ލޭކުތަކެއްހެން މި ލޭކުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ޖިއޮލޮޖީ އިންޖިނިއަރެއް ކަމަށްވާ ކެވްނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ފެންގަނޑު ހިކުމުގައި މައިގަނޑު ދެ ސަބަބެއް...