މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރެއް
ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށްއައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފިއެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހުގެ ހެނދުނު ނިއުޒީލެންޑް ކައިރީގައި އޮންނަ ކަރްމަޑެކް ރަށްތަކުގެ ކައިރިން ކަނޑުގެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 8.1 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މުޅި ޕެސިފިކް ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނީ އެ ނިއުޒީލެންޑް ސަރަހައްދަށް ކައިރި...