މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,699 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 220 ވަނަ ޞަފްޙާ

ޗާގޮސް ރަށްތަކަށް ޔޫކޭގެ ބާރު ނެތްކަމަށް އދ ގެ ކޯޓުން ހުކުމްކޮށްފި

ޗާގޮސް ރަށްތަކަށް ޔޫކޭގެ ބާރު ނެތްކަމަށް އދ ގެ ކޯޓުން ހުކުމްކޮށްފި

ރާއްޖެއާއި ކައިރީގައި އޮންނަ ޗާގޮސް ރަށްތަކަށް އިނގިރޭސިވިލާތަށް ބާރު ނުފޯރުވޭނެ ކަމަށާއި އެއީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އދ ގެ “އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ” އިން ހުކުމްކޮށްފިއެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން މިހާރު ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނުތަކާ ޚިލާފަށް ޗާގޮސް ރަށްތަކަށް ބާރުފޯރުވުން ވަގުތުން ހުއްޓާލައި އެ ރަށްތަށް މޮރިޝަސްއާ ހަވާލު ކުރުމަށް […]

އަޙްމަދު ވަހީދު
ޗައިނާއިގެ ކޯވިޑް ވެކްސިން ޕާކިސްތާނަށް ހަދިޔާކޮށްފި

ޗައިނާއިގެ ކޯވިޑް ވެކްސިން ޕާކިސްތާނަށް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން، ޕާކިސްތާނަށް ހަދިޔާކުރި ކޯވިޑް19 ވެކްސިން އެ ގައުމަށް ފޮނުވައިފި އެވެ. ޕާކިސްތާނުގެ އަސްކަރީ މަތިންދާ ބޯޓެއްގައި، ޗައިނާއިން އެ ގައުމަށް ހަދިޔާކުރި ވެކްސިންގެ ޝިޕްމަންޓް ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ބައިނަލްއަގްވާމީ ނޫސް އޭޖެންސީ ”ރޮއިޓާސް”ގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ޕާކިސްތާނަށް ހަދިޔާކޮށްފައި ވަނީ އެ ގަމުމުގެ ސަރުކާރުގެ ސިނޮފާރމްއިން ތަރައްގީކޮށް އުފެއްދި ކޯވިޑް ވެކްސިންގެ 500،000 ޑޯޒެވެ. މި ޝިޕްމަންޓް ލިބުމާއި ގުޅިގެން ޕާ...

ހުސައިން ހަބީބް
އެންމެ ކޭސްއަކާއި އެކު އޮސްޓްރޭލިޔާގެ ޕާރތް ފުރަބަންދަކަށް!

އެންމެ ކޭސްއަކާއި އެކު އޮސްޓްރޭލިޔާގެ ޕާރތް ފުރަބަންދަކަށް!

އޮސްޓްރޭލިޔާގެ ސިޓީއެއް ކަމަށްވާ ޕާރތްއިން ކޯވިޑް-19ގެ އެންމެ ކޭސްއެއް ފެނުމާއި އެކު، އެ ސިޓީއެއްކޮށް 5 ދުވަހުގެ ފުރަބަންދަކަށް ގޮސްފިއެވެ. ކަރަންޓީނު ހޮޓެލެއްގެ ސެކިޔުރިޓީ ގާޑު މި ބައްޔަށް ޕޮޒިޓިވްވުމާއި އެކު، އެ ސިޓީ އެއްކޮށް 5 ދުވަހަށް ބަންދު ކުރުމަށް ވަނީ ކަމާބެހޭ ފަރާތްތަކުން ނިންމާފައެވެ. 2 މިލިޔަން މީހުން އުޅެމުންއަންނަ ޕާރތް އަކީ ގިނަ ޢަދަދެއްގެ ބޭރު މީހުންވެސް ދިރިއުޅެމުން އަންނަ ސިޓީއެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ސިޓީގެ އިތުރުން އިންވެގެން އޮންނަ ޕީލް […]

މުޙައްމަދު މާއިލް ހަސަން
އިންޑިޔާގެ ހިލޭ އެހީގެ ދަށުން ލަންކާއަށް ކޯވިޑް ވެކްސިން ހަދިޔާކޮށްފި

އިންޑިޔާގެ ހިލޭ އެހީގެ ދަށުން ލަންކާއަށް ކޯވިޑް ވެކްސިން ހަދިޔާކޮށްފި

އިންޑިޔާ ސަރުކާރުން ސްރީލަންކާއަށް ހިލޭ އެހީގެ ގޮތުގައި ކޯވިޑް-19ގެ5 ލައްކަ ޑޯސޭޖް ހަދިޔާކޮށްފިއެވެ. އިއްޔެގެ ވަގުތެއްގައި ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ކޮވީޝީލްޑްގެ 5 ލައްކަ ވެކްސިން ލަންކާއަށް ލިބިއްޖެކަމަށް އިޢުލާންކޮށްފައެވެ. އަދި މިއީ އިންޑިޔާ ސަރުކާރުން “އަވައްޓެރިން ފުރަތަމަ” ޝިއާރުގެ ދަށުން ކައިރި ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމްގެ ދަށުން ލަންކާއަށް ދިން ފުރަތަމަ ހިލޭ އެހީއެވެ. އިންޑިޔާއިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސާކުގެ ޤައުމުތައް ކ...

މުޙައްމަދު މާއިލް ހަސަން
ސްޕޭސް އެކްސްގެ ރޮކެޓު "ފެލްކަން 9" 143 ސެޓެލައިޓާއިއެކު ޖައްވަށް

ސްޕޭސް އެކްސްގެ ރޮކެޓު "ފެލްކަން 9" 143 ސެޓެލައިޓާއިއެކު ޖައްވަށް

ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގެ ކުރީގައި އުޅޭ އީލޯން މަސްކްގެ ސްޕޭސް އެކްސްގެ ‘ފެލްކަން9’ ރޮކެޓު 143 ސެޓެލައިޓާއިއެކު ޖައްވަށް އުދުއްސާލައިފިއެވެ. ފެލްކަން9 ރޮކެޓު ދުނިޔޭގެ ޖައްވީ އިދާރާއާއި ދިމާލަށް ދަތުރު ފަށާފައިވަނީ ފްލޮރިޑާގައި ޤާއިމުކޮށްފައިވާ ޖައްވީ ސްޓޭޝަނުން ފްލޮރިޑާ ގަޑިން 10:00 ގައެވެ. މީގެ ކުރިން މި ރޮކެޓް ފޮނުވާލަން ހަމަޖެހިފައިވަނީ އޭގެ އެއްދުވަސް ކުރިން ނެވެ. އެއްދުވަސް ލަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ސްޕޭސް އެކްސްގެ ފަރާތުން އެންޑީ ޓްރޭން ދީފައިވާ ބަސްދީގަ...

މުޙައްމަދު މާއިލް ހަސަން
ޗައިނާގެ 22 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

ޗައިނާގެ 22 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާއިން އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފިއެވެ. ޗައިނާގެ ހެލްތު ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލް އަގްވާމީ ނޫސް އެޖެންސީ ”ރޮއިޓާސް”އިން ބުނީ ކުރިއަށް އޮތް ފެބްރުއަރީ މަހު ފެށޭ އެގައުމުގެ އާ އަހަރުގެ ބަންދާއި ދިމާކޮށް، ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް އެގައުމުގެ ސަރުކާރުންވަނީ ފަށާފަވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް އެ ނޫހުގައި […]

ހުސައިން ހަބީބް
ޗައިނާގެ މައިނުގައި ތާށިވެފައި ތިބި 2 މީހުން ސަލާމަތްކޮށްފި

ޗައިނާގެ މައިނުގައި ތާށިވެފައި ތިބި 2 މީހުން ސަލާމަތްކޮށްފި

ޗައިނާގެ މައިނެއްގައި މަސައްކަތް ކުރަނިކޮށް ތާށިވެފައިވާ 2 މީހުން 2 ހަފްތާއަށްފަހު އެ ޤައުމުގެ ސަލާމަތީބާރުތަކުން ސަލާމަތްކޮށްފިއެވެ. ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގައި ހުރި މި މައިނުގައި ގޮވި ގޮވުމެއްގައި، 22 މީހުން ވަނީ ތާށިވެފަ އެވެ.އެމީހުން ވަނީ ވަގުތުން ސަލާމަތްކޮށްފައެވެ. ދެމީހުން ތާށިވެފައިވަނީ ބިމުން ފެށިގެން އެތައްސަތޭކަ މީޓަރު އަޑީގައެވެ. ސަލާމަތްކުރެވުނު 2 މީހުންގެ ތެރެއިން އެކަކު ގާތު ކުރެވޭ އިހުސާސްތައް ނޫސްވެރިން އެހުމުން ބުނެފައިވަނީ “އަލުން ދުނިޔެއަށް އާދެވުނު” ފަދަ އިހުސާސްތަކެއ...

މުޙައްމަދު މާއިލް ހަސަން
ޑުބާއީގެ ރެސްޓޯރެންޓްތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް ޚާއްސަ ޑިސްކައުންޓްއެއް ދެނީ

ޑުބާއީގެ ރެސްޓޯރެންޓްތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް ޚާއްސަ ޑިސްކައުންޓްއެއް ދެނީ

ގިނަ ޤައުމުތަކުގައި ކޯވިޑް-19ގެ ވެކްސިން ދެމުންއަންނަ އިރު، ޑުބާއީގެ ރެސްޓޯރެންޓް ތަކުން، ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްއެއް ދިނުމަށް ނިންމައިފިއެވެ. ޑުބާއީ އިން ކޯވިޑް-19 އާއި ދެކޮޅަށް ފުރަބަނދަކަށް ނުގޮސް މަސައްކަތްކުރަމުން އަންނަ އިރު، އެ ޤައުމުގައި ވެކްސިން ޖެހުމަށް ގިނަ ޢަދަދެއްގެ ކެމްޕޭން ތަކެއް އަންނަނީ ހިންގަމުންނެވެ. ޔޫއޭއީގައި މިހާތަނަށް 2.5 މިލިޔަން މީހުންނަށްވަނީ ވެކްސިން ދީފައެވެ. 10 މިލިޔަން މީހުންގެ ޢާބާދީއެއް އޮންނަ ޔޫއޭއީގައި ވެކްސިން ދެވިފައިވާ ރޭޓް އަކީ މ...

މުޙައްމަދު މާއިލް ހަސަން
އިޒްރާއީލުގެ އެންބަސީއެއް އެކުވެރި ޢަރަބި ޢިމާރާތުގައި ހުޅުވައިފި

އިޒްރާއީލުގެ އެންބަސީއެއް އެކުވެރި ޢަރަބި ޢިމާރާތުގައި ހުޅުވައިފި

އިޒްރާއީލުގެ އެންބަސީއެއް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގައި ހުޅުވައިފިއެވެ. އިޒްރާއީލުގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ މިހާރު އެ ޤައުމުގެ އެންބަސީއެއް ޔޫއޭއީގައި ހުޅުވައިފިކަމަށް އިޢުލާންކޮށްފަ އެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ދެމެހެއްޓިތާ 4 މަސް ފަހުން ދެ ޤައުމުގެ ފަރާތުން ގުޅުން ބަދަހި ކުރުމަށް މި ފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. “މިއަދު އިޒްރާއީލުގެ އެންބަސީއެއް ޔޫއޭއީގައި އެ ވަނީ ހުޅުވިގެން ގޮސްފައި. މި އެންބަސީގެ ވެރިއަކަށް ހުންނާނީ އެއިތެން […]

މުޙައްމަދު މާއިލް ހަސަން
ކޯވިޑް-19ގެ ވެކްސިން ސްޕްރޭ ކުރެވޭ ގޮތަށް ތައްޔާރުކުރަނީ

ކޯވިޑް-19ގެ ވެކްސިން ސްޕްރޭ ކުރެވޭ ގޮތަށް ތައްޔާރުކުރަނީ

އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ލޭންކެސްޓަރ ޔުނިވަރސިޓީގެ ފަރާތުން ނޭފަތަށް ފޮނުވާލެވޭ ސްޕްރޭއެއްގެ ސިފައިގައި ކޯވިޑް-19ގެ ވެކްސިން ހެދުމަށް ތައްޔާރުވެއްޖެއެވެ. ލޭންކެސްޓަރ ޔުނިވަރސިޓީގެ އިންޖިނިއަރުން މިހާރުވަނީ މި ‘ނޭސަލް ސްޕްރޭ’ ޖަނަވާރުންނަށް ދީގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ވެކްސިންއެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާވެސް މެއެވެ. މިހާތަނަށް މި ޑޯސޭޖްއިން ލިބުނު މަޢުލޫމާތަށް ބަލާއިރު، މި ވެކްސިން އަންނަނީ ޓީ ސެލް ތަކަށް ގުޑަމުން، އަދި ކޯވިޑް-19ގެ ވައިރަސް...

މުޙައްމަދު މާއިލް ހަސަން
އެމެރިކާގެ އޯވަލް އޮފީހަށް 'ޑައެޓް ކޯކް' ގެންނަ ރަތް ބަޓަން ނަގައިފި

އެމެރިކާގެ އޯވަލް އޮފީހަށް 'ޑައެޓް ކޯކް' ގެންނަ ރަތް ބަޓަން ނަގައިފި

ބައިޑެން ވެރިކަމާއި ހަވާލު ވުމާއި އެކު، އޯވަލް އޮފީހުގެ ކަންކަމަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ތަފާތު ބަދަލެއްގެ ގޮތުގައި ފެނިފައިވަނީ، ކުރީގެ ރައީސް ޓްރަމްޕް ބެހެއްޓެވި ‘ޑައެޓް ކޯކް ބަޓަން’ ނެންގެވުމެވެ. ގިނަ ޚަބަރުތައް ބުނާ ގޮތުގައި، ޓްރަމްޕްގެ ވެރިކަމުގައި އޭނާ ފަރިއްކުޅުއްވުމަށް ޑައެޓް ކޯކް ގެނައުމަށް ބަޓަންއެއް ވަނީ ޚާއްސަކުރެވިފައެވެ. ބުރާސްފަތި ދުވަހު، ބައިޑެން ހުވާ ކުރެއްވުމަށްފަހު، އޯވަލް އޮފީހުގައި ނެންގެވި ފޮޓޯތަކުގައި، އޭނާގެ މޭޒުމަތީގައި މި ބަޓަންއެއް ނެތެވެ. “ރައީސް ބައިޑެނ...

މުޙައްމަދު މާއިލް ހަސަން
ލަންކާ ފަތުރުވެރިންނަށް ހުޅުވާލައިފި

ލަންކާ ފަތުރުވެރިންނަށް ހުޅުވާލައިފި

މުޅިދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ވަބާގެ ސަބަބުން ބަންދުކުރަން ޖެހުނު އަވަށްޓެރި ސްރީލަންކާގެ ބޯޑަރުތައް، މިއަދު ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ. ފަތުރުވެރިން މެދުގައި ދެކުނު އޭޝިޔާ ސަރަހައްދުން މަގުބޫލުކަން ހޯދާފައިވާ އެއް މަންޒިލް ގޮތުގައި ހިމެނޭ، ސްރީލަންކާގެ ބޯޑަރުތައް މިއަދު ފަތުރުވެރިންނަށް މި ހުޅުވައިލީ، ކޯވިޑާއި ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 10 މަސް ފަހުން ނެވެ. ލަންކާގެ ޓުއަރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) އިން ބުނެފައި ވަނީ އެގައުމު ފަތުރުވެރިނަށ...

ހުސައިން ހަބީބް
އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް ހުވާ ކުރައްވައިފި

އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް ހުވާ ކުރައްވައިފި

ވޮޝިންޓަން (ޖެނުއަރީ 20) – އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރައްވައިފި އެވެ. ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއޮތް އެ ރަސްމިއްޔާތުގައި ހެރިސްއަށް ހުވާ ލާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސޯނިއާ ސޮޓޮމަޔާ އެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ. ހެރިސްއަކީ އެމެރިކާގެ ފުރަތަމަ އަންހެން، ފުރަތަމަ ކަޅު ނަސްލުގެ އަދި ފުރަތަމަ ދެކުނު އޭޝިއާ ދަރިކޮޅުގެ ނައިބު ރައީސެވެ. […]

ހުސައިން ހަބީބް
ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި

ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި

ވޮޝިންޓަން (ޖެނުއަރީ 20) – އެމެރިކާގެ 46 ވަނަ ރައީސްގެގޮތުގައި ޖޯ ބައިޑެން، ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ. އެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ގަޑިން މެންދުރު 12:00 ގައެވެ. އެއީ، ރާއްޖޭ ގަޑިން މިރޭ 10:00 އެހާއިރުއެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެމެރިކާގެ ކޮންގްރެސް އިމާރާތުގެ ވެސްޓް ފްރަންޓް މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ބައިޑަން، 78، އަށް ހުވާ ލައިދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް އެވެ. ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ […]

ހުސައިން ހަބީބް
ބާލީގައި މާސްކު ނާޅާ އުޅޭ ފަތުރުވެރިންނަށް ތަފާތު އަދަބެއް!

ބާލީގައި މާސްކު ނާޅާ އުޅޭ ފަތުރުވެރިންނަށް ތަފާތު އަދަބެއް!

އިންޑޮނޭޝިޔާގެ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ބާލީގައި މަސްކު ނާޅާ ފަތުރުވެރިންނަށް އެ ރަށުގެ ފުލުހުން މިހާރު ދެނީ ތަފާތު އަދަބެކެވެ. އެއީ 50 ޕުޝްއަޕް ހެދުމެވެ. ހަށިގަނޑުގެ އަތުގެ އިތުރުން ބަނޑުގެ މަސްތަކުގެ އެހީގައި އުއްޑުން އޮވެ ގައި ނުޖައްސާ ތިރިވުމަށްފަހު އަލުން މައްޗަށް އެރުމުން ގުނާ ޕުޝްއަޕްއަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަސްތަރެކެވެ. މީސްމީޑިޔާގައި މި ވަގުތު ދައުރުވަމުންދާ ވީޑިޔޯ އަދި ފޮޓޯތަކަށް ބަލާއިރު، ގިނަ ޢަދަދެއްގެ ފަތުރުވެރިން ސޯޓު އަދި ޓީޝާޓު ލައިގެން […]

މުޙައްމަދު މާއިލް ހަސަން