ޕިކާސޯގެ މި ކުރެހުން 55 މިލިއަން ޑޮލަރަށް ވިއްކާލަނީ
މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް 55 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މި ކުރެހުމަކީ ޕިކާސޯގެ ޒުވާން އިރުގެ ލޯބިވެރިޔާ، މެރީ ޓެރެސާ ހާއްސަކޮށްގެން ކުރެހި ކުރެހުމެކެވެ. މި ކުރެހުމުގައި ފެންނަނީ އޭނާގެ ލޯބިވެރިޔާ ކުޑަދޮރެއްގެ ކައިރީގައި އިށީންދެލައިގެން އިންނަ މަންޒަރެވެ. ޕިކާސޯ މި ކުރެހުން ތައްޔާރުކޮށްފައިވަނީ 1932 ވަނަ އަހަރުގައެވެ. އެއީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭރު އޭނާއަށް 50 އަހަރެވެ. މި ކުރެހުން ވިއްކާލަން ބާއްވާ ނީލަން […]