ދަރި ބައިގެންދާ މީހުންނަށް މުސާރަ ލިބޭގޮތަށް ޗުއްޓީ ދޭން ނިއުޒިލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި މި ގާނޫނާއެކު މިފަދަ ދެމަފިރިންނަށް ތިން ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. މީގެ ތެރޭގައި ދަރި ފައިބައިގެންދާ މީހުންނާއި ދަރި މަރުވާ މީހުންވެސް ހިމެނެއެވެ.

Ad
rt

މި ގާނޫނަކީ ނިއުޒިލެންޑުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ގާނޫނެކެވެ. މި ޗުއްޓީގެ ސަބަބުން މި ހާލަތު ދިމާވާ ދެމަފިރިންނަށް ސިކުނޑި ހަމަޖައްސާލުމަށް ފުރުސަތު ލިބޭނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން 10 އިންސައްތައާއި 20 އިންސައްތަ މީހުންނަށް މި ހާލަތު ދިމާވެއެވެ.

ނިއުޒިލެންޑުގެ މި ގާނޫނަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނަވެ. އަދި މީީގެ ސަބަބުން ކުރިއަށް އޮތްތާނގައި އެހެން ގައުމުތަކުންވެސް މިފަދަ ގާނޫނުތައް ހެދުމަށްބާރު އެޅިގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރެއެވެ.

މިއީ ދަރިބައިގެންދާ ދެމަފިރިންނަށް ނަފްސާނީގޮތުން ދިމާވާ ކަންކަމުން ސަލާމަތް ކޮށްދޭނެ ގާނޫނެއް ކަމަށްވެސް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.