އިންޑޮނޭޝިއާއަށް ކުރާ ވިއްސާރައިގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މި ކާރިސާގައި ގިނަ އަދަދެއްގެ މީހުން މިހާރުވެސް ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ. އެ ގައުމުގެ ރެސްކިއު ސާވިސްތަކުން ދަނީ މި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މަރުވި މީޙުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް 2000އެއްހާ މީހުން ވަނީ އިންޑޮނޭޝިއާގެ އިރުމަތީ ޓިމޯރ ރަށްތަކަކުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.
މި ކާރިސާގައި ގިނަ ބަޔަކު މަރުވީ ޓިމޯރ ރަށްތަކާއި ކައިރީގައި ހުރި ފަރުބަދައެއްގެ ބިންގަނޑު ކަނދައިގެން އެ ރަށްތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި ވެސް ގިނަބަޔަކު ވަނީ ގެއްލިފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުމުގެ ސަބަބުން އެ ގައުމުގެ ބްރިޖުތަކާއި މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އެހެންކަމުން އެ ސަރަހައްދަށް ރެސްކިއު ޓީމުތަކުން ދާން ޖެހެނީ ޑިންގީތަކުގެ އެހީގައެވެ. މީގެ ސަބަބުން ދަތިތަކާ ދިމާވާކަމަށް އެ ގައުމުގެ ރެސްކިއުސާވިސް އިން ބުނެއެވެ.
އެ ގައުމުން ބުނެފައިވާގޮތުގައި ބައެއް ސަރަހައްދުތަކަށް ވަނީ އަލުން އާބާދު ނުކުރެވޭނެ ވަރުގެ ގެއްލުން ލިބިފައެވެ.
މިކާރިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް މި ވިއްސާރަ ހުއްޓާ ނުލާނެއެވެ. މި ތޫފާން ދެން މިސްރާބު ޖަހާނެ ކަމަށް ލަފާ ކޮށްފައިވަނީ އޮސްޓްރޭލިއާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!