ބޮޑުވަޒީރުގެ މަގާމަށް އަލުން ހޮވިއްޖެ ނަމަ އިސްރާއީލުގެ ތެލްއަވީވުން މައްކާއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ބޮޑުވަޒީރުގެ މަގާމުގައި މިހާރުވެސް ހުންނެވި ނަތަންޔާހޫ މިން ބުނެފައިވަނީ، އިއްޔެ އެ ގަައުމުގެ އާއްމު އިންތިޚާބު ފަށާފައި ވަނިކޮށް އިސްރާއިލްގެ ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަތަންޔާހޫ ބުނެފައިވަނީ ސައުދީއާ އެ ގައުމާ ދެމެދު އޮތް ގުޅުން މިހާރު ރަނގަޅު ކަމަށެވެ.
ނަތަންޔާހޫ ވަނީ ޔޫއޭއީގެ ގައުމުތަކާއި އޮތް ގުޅުން ބަދަހި ކުރުމަށް ނިންމައިފައެވެ. ނަމަވެސް ޑިޕްލޮމެޓިކް މައްސަލަތަކެއްގެ ސަބަބުން އޭނާ އަބުދާބީގެ ޕްރިންސްޒައިދު އަލް ނަހުޔާންއާ ބައްދަލު ކުރައްވަން އޮތް ރަސްމިއްޔާތު ވަނީ ކެންސަލްވެފައެވެ.
ޔޫެއޭއީން ވަނީ މި ދަތުރު ފަސް ކުރުމުގެ ފުރުސަތު ވެސް ނުދޭން ނިންމައިފައެވެ. އެއީ ނަތަންޔާހޫގެ ކެމްޕޭނުގައި ބައިވެރިވާން ބޭނުން ނުވާތީ ކަމަށް ޔޫއޭއީން ވަނީބުނެފައެވެ. މި ދަތުރުގައި ނަތަންޔާހޫ ވަނީ ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާނާވެސް ބައްދަލު ކުރައްވަން ނިންމަވާފައެވެ.
ނަތަންޔާހޫ ބުނެފައިވަނީ ޔޫއޭއީން ވަނީ އިސްރާއީލަށް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން އެއްބަސްވެފަކަމަށެވެ. އަދި އޭނާ އާއި އެމެރިކާގެ ރައީސް ޖޯބައިޑެން އަދި ރަޝިއާގެ ރައީސް ޕޫޓިންއާ ގާތް ގުޅުމުގެ ވާހަކަވެސް ދެއްކެވިއެވެ.
ނަތަންޔާހޫއާ ދެކޮޅަށް އެ ގައުމުގައި ފާއިތުވި މަސްތަކުގައި ވަނީ މުޒާހަރާތައް ކޮށްފައެވެ. މި މުޒާހަރާތަކުގައި ނަތަންޔާހޫ މަގާމުން އިސްތިއުފާ ދިނުމަށް ރައްޔިތުން ވަނީގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!