ބަންގްލަދޭޝްގައި ހުރި ރޮހިންޖާ ރެފިއުޖީ ކޭމްޕުގަައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި މިހާތަނަށް 15 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު 400 އެއްހާ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

Ad
rt

އދ ގެ ޔޫއެންއެޗްސީއާރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި 560 މީހުން ވަނީ ޒަހަމްވެފައެވެ.

ބަންގްލަދޭޝުގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ބޭރުގެ މީީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ކައިރީގައި ހުންނަ ބަލުޚާލީ ކޭމްޕުގަ އެވެ.

އެއަށްފަހު އިތުރު ކޭމްޕުތަކަށް އަލިފާން ފެތުރި ހާހެއްހާ ކޭމްޕުތައް ވަނީ އަދާ ހުލިވެފައެވެ. އަލިފާންގަނޑު ނުނިވި 10 ގަޑިއިރުވަންދެން ހުރިކަމަށް އެ ކޭމްޕުތަކުގައި ދިރިއުޅޭ މީހުން ބުނެއެެވެ.

ރޮހިންޖާ ރެފިއުޖީ ކޭމްޕަކީ މިޔަންމާއިން 2017ގައި ފިލައިގެން އައި މުސްލިމުން ދިރިއުޅޭ ކޭމްޕެކެވެ. މި މީހުން މިޔަންމާއިން ފިލީ އެ ގައުމުގެ ކުރީގެ ވެރިޔާ މުސްލިމުންނަށް ދެމުން އައި އަނިޔާތަކުން ސަލާމަތްވުމަށެވެ.