ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފިނޭންސް މިނިސްޓަރ އަދި ދުބާއީގެ ޑެޕިއުޓީ ލީޑަރު ޝައިޚް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް، 75 އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިކަން އޭނާގެ ކޮއްކޯފުޅު ދުބާއީގެ ލީޑަރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވަނީ ސޯޯޝަލް މީޑިއާ މެދުވެރިކޮށްކަށަވަރުކޮށްފައެވެ.

Ad
rt

ޝައިޚް މުހައްމަދު، ޝައިހް ހަމްދާން އަވަހާރަވިކަން ހާމަ ކުރެއްވި ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާ އާލާސްކަންފުޅާ އުޅުއްވިކަމަށް ޝައިޚް މުހައްމަދު ވިދާޅުވިއެވެ.

ޝައިހް ހަމްދާން ޔޫއޭއީގެ ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ 1971ގައި އެގައުމު ފުރަތަމަ އުފެދުނު އިރު އެކުލަވާލި ކެބިނެޓާ އެކުގައެވެ. އަދި ދުނިޔޭގެވިޔަފާރީގެ މަރުކަޒަކަށް ދުބާއީ ހެދުމުގައި އޭނާ އިސް ދައުރެއް އަދާ ކުރައްވާ، ބައިނަލްއަގުވާމީ ގޮތުން ޔޫއޭއީ ކުރިއެރުވުމަށް އެގައުމުން އިންޓަނޭޝަނަލް މަނިޓަރީފަންޑާއި އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީންސްއަށް ފޮނުވި ޑެލިގޭޝަންތަކުގައި ހިމެނިވަޑައިގެންނެވިއެވެ.

ޝައިހް ހަމްދާންގެ އަނބިކަނބަލަކާއި ދެ ދަރިކަލުން ތިއްބަވައެވެ.