މުސްލިމް އާބާދީ 10 އަހަރުގެ ތެރޭގައި 347 މިލިއަން އިތުރުވި: ދިރާސާ
ޕިއު ރިސާރޗް ސެންޓަރުން އާންމުކުރި އައު ދިރާސާއެއްގައި ދައްކާގޮތުން، މުޅި ދުނިޔޭގައި އެންމެ ބާރު ސްޕީޑެއްގައި ފެތުރެމުންދަނީ އިސްލާމްދީނެވެ. މި ދިރާސާއަކީ 2010 އިން 2020 އަށް ދުނިޔޭގެ އެކި ދީންތަކުގެ އާބާދީއަށް އައި ބަދަލުތައް ދައްކުވައިދޭ ދެވަނަ ރިޕޯޓެވެ. ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، މުސްލިމުންގެ އާބާދީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 347 މިލިއަނުން އިތުރުވެފައިވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ޕިއު ރިސާރޗް ސެންޓަރުގެ ސީނިއަރ ޑިމޮގްރާފަރ ކޮންރަޑް ހެކެޓް ފާހަގަކުރައްވަނީ...