އިންޑިއާގައި ކޮވިޑް ކޭސްތައް މައްޗަށް، އެންމެ ބާރަށް ފެތުރެނީ ކެރެލާގައި
އަވަށްޓެރި އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ދެ މަރު ރިޕޯޓްކޮށްފިއެވެ. އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި އެ ޤައުމުގައި އެކްޓިވް ކޭސްތަކުގެ ޢަދަދު 3،700 އަށްވުރެ ވަނީ މަތިވެފައެވެ. މިއީ މަސްތަކެއް ފަހުން ފެނުނު ފުރަތަމަ ފާހަގަކުރެވޭ އިތުރުވުމެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ (އެމްއޯއެޗްއެފްޑަބްލިއު) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 360 އަށްވުރެ ގިނަ އައު އިންފެކްޝަންތައް ރިޕޯޓު ކޮށްފައިވެއެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް،...