އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ތައްޔާރީތައް ފަށާފައިވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމަށްފަހު ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުކަން ފާހަގަކޮށް އިންޑިއާގެ ''ވިއޮން'' ނޫހުގައި ބުނެފައިވާ ގޮތުގައި މިދަތުރުފުޅު ކުރިއަށްދާނީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެންނެވެ.

Ad
rt

އެ ނޫހުން ބުނެފައިވާގޮތުގައި މި ދަތުރުފުޅު އަމާޒުކުރަށްވާނެކަމަށް ބެލެވެނީ އިންޑިއާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުޅުވުމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް މި ދަތުރުފުޅާއެކު އައު ވެގެންދާނެކަމަށް އެ ނޫހުން ބުނެފަވެެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މި ދަތުރުފުޅު މި ކުރަށްވަނީ މޯދީއާއި ދެކޮޅަށް ކުރި ނޭދެވޭ ޓްވީޓްތަކަކާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް ފޯރި ނޭދެވޭ އަސަރުތަކަކަށްފަހުކަން ފާހަގަކޮށް މި ދަތުރުފުޅު ދިމާވަނީ ދެ ޤައުމުގެ ގުޅުން އަލުން ރަނގަޅުވަމުން އަންނަ ދަނޑިވަޅަކާކަން ''ވިއޮން''ގައި ފާހަގަކޮށްފަވެއެވެ.

''އިންޑިއާއަކީ ދިވެހިރާއްޖޭގެ މުހިންމު އިޤްތިޞާދީ އަދި އިންފްރާސްޓްރަކްޗަރ ޕާޓްނަރެކެވެ. އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢު ކަމުގައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމެވެ. މިކަން ކުރިއަށްގެންދާނީ ބްރިޖްތަކާއި، ކޯޒޯޒްވޭތަކާއި އަދި މަގުތަކެއް މެދުވެރިކޮށެވެ. މި މަޝްރޫޢަކީ ގުޅީފަޅު ޕޯޓަށް ވަރަށް މުހިންމު މަޝްރޫޢެކެވެ. އަދި މުސްތަޤުބަލުގައި ވަޒީފާތަކާއި އިޤްތިޞާދީ ޙަރަކާތްތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއްލިބޭނެއެވެ.'' ވިއޮންގައި ބުނެފަވެއެވެ.

މި ދަތުރުފުޅާގުޅޭ ގޮތުން ދެ ޤައުމުން އަދި ވާހަކަދައްކާފައެއްނުވެއެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވައިފައެވެ.