މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 64 ވަނަ ޞަފްޙާ

ވަގުންނާއި ފޭރޭ މީހުންނެވެ. ޙަރާމްގޮތުގައި ތިކެވެނީ އަލިފާނެވެ. ބިރުވެތިވޭ!

ވަގުންނާއި ފޭރޭ މީހުންނެވެ. ޙަރާމްގޮތުގައި ތިކެވެނީ އަލިފާނެވެ. ބިރުވެތިވޭ!

މުދަލާއި، ފައިސާއަށް އިންސާނާގެ ހިތް ލެނބުމަކީ ޠަބީޢީ ކަމެކެވެ. އެތަކެއްޗަކީ، އިންސާނާ ނުހަނު ބޮޑަށް ލޯބިކުރާ ތަކެއްޗެވެ. އިންސާނާ މުދަލަށް ލޯބި ކުރިނަމަ ވެސް، ޙަރާމެއް ޙަލާލެއް ނުބަލައި މުދާ ހޯދުމާއި، ފައިސާވެރިވުމަކީ، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެކެވެ. އެއީ އެމީހަކު ކުރާ އަޅުކަމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ. ހޯދާ ފައިސާ އާއި ތަނަވަސް ކަމަކީ ﷲ ޙަލާލު ކުރެއްވި ގޮތުގައި ހޯދި އެއްޗެއްތޯ ކަށަވަރު ކުރަން ޖެހެއެވެ. އަނބިދަރިންނަށް ކާންދެވެނީ ޙަލާލު […]

ތިލަދުން
ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ

ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ

ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ. އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި […]

ތިލަދުން
”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

”ބީރައްޓެއްސެއް ފަދައިން، ނުވަތަ މަގު ހުރަސްކޮށްލާ މީހެއް ފަދައިން، ތިބާ ދުނިޔޭގައި ވާށެވެ!“

ޙަޔާތުގެ ދަތުރުގައި މަޑުކޮށްލުމަށް ލިބިފައިމިވާ ވަގުތީ ދުނިޔޭގެ ދުވަސްތައް، އެ ދުނިޔޭގެ ތަޢުމީރީ މަސައްކަތަށް އެކަނި ހުސްކޮށްނުލާށެވެ. މި ވަގުތީ ފާލަމަކީ އޭގެ އަނެއްކޮޅުން ތިމާ ފައިބަން ޖެހޭ އެއްޗެކެވެ. އެ ފާލަމަށް އެރީ ހުސްއަތާއެވެ. ފައިބައިގެންދާއިރު ގެންދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ދާންޖެހޭނީ ވެސް ހުސްއަތާއެވެ. އެހެންކަމުން މި ދުނިޔޭގެ މަދު ދުވަސްތަކުގައި ދަތުރުގެ ކޮށްތު ލިބިގަންނާށެވެ. އެނޫން ތަކެތި ޖަމާ ނުކުރާށެވެ. ކިތަންމެ ގިނަ ކޮށްތެއް ޖަމާކުރި ކަމަކު، އޭގެ ބޭނުން ހިފޭނީ ހަމައެކަނ...

އައްޝައިޚް މުޙައްމަދު އަފްޟަލް
ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!

ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!

ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމެއް ނުވަތަ ތަމްރީނެއް ޙާސިލްނުކުރާ އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށް 40،157 ޒުވާނުން އެބަތިބި ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ކަންބޮޑުވާވަރުގެ މައްސަލަ އެކެވެ. ސްޓެޓިސްޓިކްސް ބިއުރޯ އިން “ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019” ނަމުގައި ކުރިއަށް ގެންދެވުނު ސާރވޭ އިން އަންދާޒާކުރެވުނުގޮތުގައި، ރާއްޖޭގެ އިދާރީ ރަށްރަށުގެ ޢާންމު ގޭބިސީތަކުގައި...

އަޙްމަދު އަރުޝަމް
ސުނާމީގެ އިންޒާރު ލިބިއްޖެނަމަ؟

ސުނާމީގެ އިންޒާރު ލިބިއްޖެނަމަ؟

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ސުނާމީ އާއި މެދު ހޭލުންތެރިކަން އިތުރުކުރާ ދުވަހެވެ. 2021 ވަނަ އަހަރުގެ ސުނާމީ އަށް ހޭލުންތެރި ކުރުވާ ދުވަހުގެ އެންމެ ބޮޑު ޝިޢާރެއްގެ ގޮތުގައި ޔޫއެންއިން ކަނޑައަޅާފައިވަނީ ޤައުމީ، އިޖްތިމާޢީ އަދި ޢާންމު ފަރުދުންގެ މެދުގައި މިފަދަ ބޮޑެތި ކާރިސާ ތަކުން ސަލާމަތްވެވޭނޭ ގޮތްތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ. ޔޫއެންއިން ލަފާ ކުރާ ގޮތުގައި، 2030 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދާނީ […]

ތިލަދުން
ގޭސްފުޅި ގޮވުމާއި އޭގެ ހައްލު

ގޭސްފުޅި ގޮވުމާއި އޭގެ ހައްލު

ގޭސްފުޅި ގޮވާ ވާހަކައާއި ގޭސްފުޅި ގޮވައިގެން މީހުންނަށާއި ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައްވާ ވާހަކަ އަޑުއިވެއެވެ. އެކަމަކު ގޭގޭގައި އާންމުކޮށް ދިމާވާ މިފަދަ ގިނަ ހާދިސާތަކުގައި ގޭސްފުޅިއެއް ނުގޮވައެވެ. އެއީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުން ނުވަތަ އަލިފާން ކެނޑޭ ސުވިޗެއް ކަހަލަ އެއްޗެއް ޖެއްސުމުން ހިނގާ ބިރުވެރި އަދި އެހާމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. ގޭތެރެއަށް ގޭސް ލީކުވެފައި ހުއްޓައި އަލިފާން ކަންޏެއް އެޅުމުން (ސްޕާކެއް ވުމުން) ގޭހުގައި އަލިފާން ހިފައެވެ. އެވަގުތުގެ ނުރައް...

ޢަބްދުﷲ ސަޢީދު
ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ.

ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ.

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ޚާއްޞަ ހަކީމަކު (ޑޮކްޓަރަކު) ހުރެއެވެ. އާލާސްކަންފުޅެއް ޖެހިއްޖެނަމަ މުޅީން ވެސް ބޭސްފަރުވާ ކުރައްވަނީ މި ދެންނެވި ހަކީމެވެ. އެކަމަށް ވަރަށް ބޮޑު އުޖޫރައެއް ދެއްވައެވެ. ރަސްގެފާނުގެ އިސްތަށިފުޅުގައި ރިއްސާތީ މި ދެންނެވި ހަކީމު ބޭސްފަރުވާ ކުރާތާ އެތައް ދުވަހެކެވެ. މުޅީން ފަސޭހަފުޅެއް ނުވެއެވެ. މިހެން މިކަން ދަނިކޮށް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގެ އާލާސްކަންފުޅު މާބޮޑުވެގެން އަނެއްކާ ވެސް ހަކީމު ބަލައި ފޮނުއްވިއެވެ. އެ ދުވަހު ހަކީމ...

ޢަބްދުﷲ ސަޢީދު
ސަމާލުވޭ! އެހީ ޕޯސްޓަރުތަކުގެ އެކައުންޓް ނަންބަރު ބަދަލުކޮށްގެން ފައިސާ ފޭރެނީ

ސަމާލުވޭ! އެހީ ޕޯސްޓަރުތަކުގެ އެކައުންޓް ނަންބަރު ބަދަލުކޮށްގެން ފައިސާ ފޭރެނީ

ވައްކަމާއި ފޭރުމަކީ މުޖުތަމަޢުގެ އެއިރެއްގެ ހާލަތާއި އެއްގޮތަށް، އެކަމުގައި ހަރަކާތްތެރިވާ މީހުން ބަދަލު ކުރަމުން އަންނަ ނުބައިކަން ބޮޑު ޢަމަލެކެވެ. ޒަމާނެއްގައި ވަކި ސިފަތަކަކަށް ތިބޭބަޔަކަށް ވައްކަމާއި ފޭރުމުގެ އިނގިލި ދިމާކޮށްލަން ފަސޭހަ ނަމަވެސް މިހާރު އެއީ އެމަގުން ހިނގާކަމެއް ނޫނެވެ. މިހާރު މީހުންގެ މުދާ ނުހައްގުން ވަގަށް އަތުލަނީ ނުވަތަ ފޭރެނީ ނުކިޔަވާ ތިބޭ ޖާހިލުންނެސް ވެސް ނޫނެނެވެ. ވައްކަމާއި ފޭރުމުގެ ޒަމާނީ އުކުޅުތައް ބޭނުންކޮށް އެކަންކުރަނީ އުނގެނި ދަސްކޮށްގެންނެވެ. ޒަމާނީ ވަސީލަތްތަ...

އިބްރާހިމް ޚަލީލް
ޚަލީލްގެ ކޮލަމް: ކުޑައިރު ކުޅުނު ކުޅިވަރުތަކުގެ ހަނދާން

ޚަލީލްގެ ކޮލަމް: ކުޑައިރު ކުޅުނު ކުޅިވަރުތަކުގެ ހަނދާން

ކުޑައިރު ކުޅެން އުޅުނު މަޖާ ދުވަސްތަކަކީ ހަނދާނުން ފިލައިދާނެ ދުވަސްތަކެއް ނޫނެވެ. ވެލިގަނޑާއި، ރުއްގަނޑާއި މޫދާއި ދަނޑުމައްޗާއި މަގުމަތީގައެވެ. އެއީ ހަޔާތުގައި ކޮންމެ މީހަކަށް ވެސް އަންނާނެ އެންމެ މަޖާ އަދި އެންމެ ހިތްހަމަޖެހޭ ދުވަސްތަކެވެ. އެ ދުވަސްވަރު އުޅެމުންދިޔަ ކޮންމެ މާހައުލެއް އޮތީ އަމިއްލަ ވަންތަ ކުޅިވަރުތަކުން ފުރިފައެވެ. އެ މާހައުލަކާއި ގުޅޭގޮތަށް ބައްޓަންވެ ކުޅެމުން އަންނަ ކުޅިވަރުތައް އެހާމެ ގިނައެވެ. މި ކުޅިވަރުތަކުގެ ތެރޭގައި އެއްގޮތަކަށް ކުޅެއުޅުނު ނަމަވެސް ރާއްޖޭގެ އެކި ހިސާބުތ...

އިބްރާހިމް ޚަލީލް
މާކަނޑަށް ވެއްޓި "ކަނޑުވެއްޖެ ނަމަ"؟

މާކަނޑަށް ވެއްޓި "ކަނޑުވެއްޖެ ނަމަ"؟

މޫސުން ގޯސްވެ ފުލުފުލުގައި ސަމާލުގެ މެސެޖުތައް ނެރެމުން އަންނަ މިދުވަސްވަރުގައި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކޮންމެވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާ އެއް ހިނގައިގެން އުޅޭތަނެވެ. ތުއްތު ކުއްޖެއް އޭނާގެ މައިންބަފައިންނާ ވަކިވެ މާ ކަނޑުގެ ތެރެއަށް ގެއްލި ދިޔަ ހާދިސާއެވެ. އަދި އެ ކުއްޖާގެ ލޮބުވެތި މަންމަ، ކުއްޖާ ސަލާމާތްކުރަން އުޅުމުގެ ތެރޭގައި މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔަންޖެހުނު ހާދިސާއެވެ. ޒުވާނެއް މާ ކަނޑުގައި ފުރާނަ އަތްމައްޗަށް ލައިގެން އެކަނިމާއެކަނި، ބޯ ބިޔަ ރާޅުތަކާއި...

އަޙްމަދު އަރުޝަމް
ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ މިވާހަކަ ކިޔާލާށެވެ. މިންޖުވާން އެދި ދުޢާ ކުރާށެވެ.

ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ މިވާހަކަ ކިޔާލާށެވެ. މިންޖުވާން އެދި ދުޢާ ކުރާށެވެ.

ބޮލުގައި “ބޮޑު ދަރަންޏެއް” އަޅައިގެން އުޅޭނަމަ ފަރާތްތަކާއި ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ވަނުމަށް ވިސްނަމުން ދާނަމަ އަހަރެނަގެ ހަޔާތުން ސަފްހާއެއް ކިޔާލާށެވެ. މިއީ އިބުރަތަކައް އަދި ނަސޭހަތަކަށް ޓަކައި ހިއްސާ ކޮށްލާވާހަކަ އެކެވެ. އަހަރެންނަށް ދިމާވި ހާލަތެއްގެ ސަބަބުން ބޮޑު ދަރަންޏެއް ބޮލުގައި އަޅަން ޖެހުނެވެ. އަހަރެންނަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު އެއީ ދެތިން ހަތަރު އަހަރަކުން ނޫނީ ދައްކާ ނިންމާލެވޭ ވަރުގެ ދަރަންޏެއް ނޫނެވެ. އެހެންކަމުން އެވަރުގެ ދަރަންޏެއް ބޮލުއަޅައިގެން އުޅެންޖެހުން...

ޙުސައިން ޝުޖާޢު
ބޯގަންވިލާ ކުރި ރޯކުރުމަށް މުޖައްރިބު ގޮތެއް!

ބޯގަންވިލާ ކުރި ރޯކުރުމަށް މުޖައްރިބު ގޮތެއް!

ބޯގަންވިލާ ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ދިގުމިނުގެ، މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު، އެންމެ ކުރީގެ 2 ފަތް ފިޔަވައި، ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ނުވަތަ ޕްރޫނިންގ ޝިއާރއަކުން ދެން ހުރި ފަތްތައް ވަކިކޮށްލާށެވެ. ގެންގުޅުމަށް ފަސޭހަކުރުމަށް ކަށިތަކުގެ އެންމެ ތޫނު ކޮޅުތައް ކަނޑައިލެވިދާނެ އެވެ. ކުރިކޮޅުގެ ބުޑު 45 ޑިގްރީއަށް ރީތިކޮށް އެއް ކެނޑުމަކަށް ކަނޑާލާށެވެ. ނުވަތަ ބުރިކޮށްލާށެވެ. އެއަށްފަހު، ވިޓަމިން ބީ 1 ކަހަލަ މޫލެއްވުމަށް […]

ހުބާ ޕްލާންޓްސް
ޚަލީލްގެ ކޮލަމް: ފިރިހެނުންގެ ނަން ލިސްޓުން މިންވަރެއް

ޚަލީލްގެ ކޮލަމް: ފިރިހެނުންގެ ނަން ލިސްޓުން މިންވަރެއް

ޖިންސުގެ ހަމަހަމަކަމަށް ދައުވާކުރާ ދުވަސްވަރެއްގައި ކަނބަލުންގެ ނަން ލިސްޓުން މިންވަރެއް ބަޔާކޮށްފައި މަޢުޟޫ ބަންދުކޮށްފިނަމަ އޮންނާނީ ފިރިހެނުންގެ ހައްގު ގެއްލި ހަމަހަމަކަން ވެސް ގެއްލިފައެވެ. ވުމާއިއެކު ހަމަހަމަ ވެވޭތޯ ބެލުމުގެ ގޮތުން ފިރިހެނުންގެ ނަން ލިސްޓުން ވެސް މިންވަރެއް ހިއްސާކޮށްލެވޭތޯ އަޅުގަނޑު މަސައަކަތް ފެށީމެވެ. ބައެއް ނަންނަން ފެނުނީމާ ހިނިއަންނަ ގޮތްވެސް ވެއެވެ. ސަބަބަކީ އެ ނަންތައް މިހާރަށް ބީރައްޓެހިވުމެވެ. ނުގުޅުމެވެ. މައްސަލައެއްނެތެވެ. ދިވެހިންގެ ތާރީޚު ހޯދައި ބަލައިލުމުން އ...

އިބްރާހިމް ޚަލީލް
ޤައުމިއްޔަތު ދެމެހެއްޓޭނީ ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރެވިގެންނެވެ.

ޤައުމިއްޔަތު ދެމެހެއްޓޭނީ ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރެވިގެންނެވެ.

ދުވަހަކީ އާދެ! ޤައުމީ ދުވަހަކީ ޤައުމީ ބަޠަލު ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކުރެއްވެވި އަގުނުކުރެވޭ ޖިހާދުގެ ޛިކުރާ އާ ކުރެވެމުންދާ ދުވަހެކެވެ. ދުވަހާ ގުޅޭހެން ކުލަގަދަ ޙަފުލާތައް ބާވަމުންދާ ޚާއްޞަ ދުވަހެކެވެ. ޤައުމިއްޔަތަކީ ކޮބައިކަން އަންގައިދޭ ޝިޢާރުތަކުން ޤައުމީ ރޫޙު އާލާކުރުވާ ދުވަހެކެވެ. އާދެ! ދިވެހިންގެ ޤައުމީ ދުވަހެވެ. ދިވެހިން އަމިއްލަވަންތަ ބައެއްގެ ގޮތުގައި މިނިވަން ކަމާއި އެކު އުޅެމުންދާތާ ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. އަމިއްލަ ބަހަކާއި އަމިއްލަ ޘަޤާފަތެއްގެވެރި ދިވެހިން ދިވެހި...

އަޙްމަދު މުނައްވަރު
ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ

ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ 1946 ފެބުރުވަރީ 3 ވަނަ ދުވަހުއެވެ. އެއީ 1 ރަބީޢުލްއައްވަލް 1365 ގައި ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އިހުޒަމާނުގައި ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ކަންތައްތަކުގައި ބޭނުންކުރާ “ސަލާމަތީ”އޭ ކިޔާ ލަވައެއް އޮތެވެ. އެކަމަކު ފުރަތަމަ ފާހަގަކުރި ޤައުމީ ދުވަހުގެ ކުރިން ޤައުމީ ސަލާމެއްގެ ގޮތުގައި ކިޔާ ވަކި ޚާއްޞަ ޅެމެއް ނުވަތަ ނަޝީދެއް ނެތެވެ. ދިވެހީންގެ ކީރިތިކަމާއި މޫރިތިކަން ހާމަކޮށްދޭ ތަރާނާއެއް ނެތެވެ. ޤައުމީ...

ޢަބްދުﷲ ސަޢީދު