ޅެން: އެދުރުންނަކީ.... "އަކުރާއި ފިލި ބުނެދިން ބައެއް، ތަކުރާރުކޮށް ބުނެދޭ ބައެއް"
އެދުރުންނަކީ އަގުހުރި ބައެއް ޚިދުމަތްތަކެއް ގިނަ ކުޅަ ބައެއް ތެދުވެރިވެ އިޚުލާޞްތެރި ބައެއް ޢަޒުމެއްގެވެރި ކެތްތެރި ބައެއް ފަތިހާ ނިކަން ތެދުވާ ބައެއް އިތުބާރު ވެސް ކުރެވޭ ބައެއް ދަތި ޙާލަތަށް ރުހިތިބި ބައެއް ހިތުގައި ރަހުމުވެސްހުރި ބައެއް ތަރުބިއްޔަތަށް ފައްކާ ބައެއް ކަރުވާ ހިޔަށް ނުގުޑާ ބައެއް ތަރުތީބުކޮށް ކަންކުރި ބައެއް ވަރުބަލިވިޔަސް ނުބުނާ ބައެއް ޤައުމަށް ވަފާތެރިވާ ބައެއް ފައުނަށް ވިޔަސް ނުވިކޭ ބައެއް ދައުރަށް ވަރަށް ތެދުވެރި ބައެއް ނިއުޅުން ނުވާ އެއްއުޅި […]