މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 22 ވަނަ ޞަފްޙާ

ދަރިއެއް ހޯދުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރަންޖެހޭތޯ؟

ދަރިއެއް ހޯދުމުގެ ކުރިން އިސްތިޚާރާ ނަމާދު ކުރަންޖެހޭތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد: ޚުލާޞާ ޖަވާބު: ދަރިން ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކައިވެނީގެ މަޤުސަދަކަށް ވެފައި، އާންމު ޙާލަތުން ދެމަފިރިން ކުރާކަމެއް ކަމުގައި ވާތީ، އެކަމަށްޓަކައި ކޮންމެހެން އިސްތިޚާރާ ނަމާދުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވަކި ޚާއްސަ ޙާލަތެއްގެ ސަބަބުން ދަރިއެއް ހޯދުމަށް މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރައި ގޮތް ނިންމަން އުނގަދޫވާނަމަ، އިސްތިޚާރާ ނަމާދު […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (11)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (11)

ކުރީގެ އަދަދާއި ގުޅޭ، ” އޭ! ވެދާނެ އާސިފް އަރޫއަށް އުނދަގުލެއް ކުރީކަމަށް ވެސް. މަ ބުނިން އާސިފްގެ އުނދަގުލެއް ވިއްޔާ ބުނައްޗޭ. ” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ދާއިން ބުންޏެވެ. ” އާސިފް ރޫމުން ތެޔޮ ފެނިގެން އޭނަ ގެންގޮއްސި. އޭނަ ކަނޑާލާނެ އެއްނު ދެން.  ހަމަ ދެންމެ މަ ކައިރީ މަންމަ ބުނީ. ތި ވާނީ އެ ވާހަކަ ބުނަން ކަމަށް އަރޫ އެ ގުޅަނީ. ” އާބިދު އަވަސް އަވަހަށް ބުނެލިއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ސިޙްރުވެރިންނާއި އެމީހުންގެ ދޮރުގައި ޓަކިޖަހާ މީހުން ތައުބާއަށް އެނބުރި ރުޖޫޢަވާށެވެ.

ސިޙްރުވެރިންނާއި އެމީހުންގެ ދޮރުގައި ޓަކިޖަހާ މީހުން ތައުބާއަށް އެނބުރި ރުޖޫޢަވާށެވެ.

ސިޙްރުވެރިންގެ ދޮރުގައި ޓަކިޖަހައި، ކާހިނުކަން ކުރުމުގައި އެމީހެއްގެ ނަފްސު އިސްރާފުކޮށް، އެހެންމީހުންނަށް އަނިޔާކުރުމަށް އޭނާގެ ނަފްސު ޒީނަތްތެރިކޮށްފައިވާމީހާ ފަހެ، ދީން ފަސާދަކުރާ އެފާފަތައް ކުރުން ހުއްޓާލާށެވެ. ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިއެއްގެ ގާތަށް ހިގައްޖެމީހާ ފަހެ، އޭނާގެ ދީން އޭނާގެ ދުނިޔެއަށްޓަކައި ވިއްކައިލައިފިއެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއަށް ހުށަހަޅައިފިއެވެ. އެއީ ދީނުން ބޭރުވާކަމެއް ކުރުމުގެ ސަބަބުންނެވެ. އަދި އެއީ ސިޙްރާމެދުގައި ރުހުމެވެ. ސިޙްރުވެރިން ކައިރިއަށްދާމީހާ ވ...

Thiladhun
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (10)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (10)

ކުރީގެ އަދަދާއި ގުޅޭ، އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނާއަށް އަރޫޝާ ދެކެ ލޯބި ވެވުނީތޯ ހިތާހިތާ ސުވާލު ކުރެވުނެވެ. ” މިހާރު އެނގިއްޖެޔޭ މަ ކައިރީ ނުބުނަންކަން ތި އުޅެނީ.” އާބިދު ބުންޏެވެ. އޭނާ ގޮނޑީގައި ލެނގިލުމަށްފަހު ދާއިންއަށް ބަލައިލިއެވެ. ” މި ފަހަކަށް އައިސް އަރޫއާ އަހަންނާ ވަރަށް ގިނައިން ވާހަކަ ދައްކަން.” ދާއިން ހެވިފައި ބުންޏެވެ. އާބިދުއަށް ދެ ބުމަ ހިއްލައިލެވުނީ ލާނެތް ހިނިތުންވުމަކާ އެކުއެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (9)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (9)

ކުރީގެ އަދަދާއި ގުޅޭ، އެ ވަގުތު ހަމަހިމޭންކަން ވެރިވެފައިވާ އެ ގޯތި ތެރެއިން އޭނާގެ ކަންފަތުގައި ޖެހުނީ އަރޫޝާއާ ދާއިންގެ އަޑެވެ. ލިބުނު ކުއްލި ސިހުމާއި ހައިރާންކަމުގެ ސަބަބުން ރިޒާއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ވިސްނާލަން ހުރުމަށްފަހު ރިޒާ އެނބުރި ދިޔައީ ކޮޓަރިއަށެވެ. ނަމަވެސް އޭނާގެ ހިތަކަށް އޭރު ވެސް ހަމަޖެހުމެއް ނުލިބެއެވެ. އަރާމުގައި ނިދާފައި އޮތް މަދީހާގެ މޫނަށް ބަލަހައްޓައިގެން ރިޒާ އިނީ ވިސްނާށެވެ. އަރޫޝާ އެ ގެއަށް އައިއްސުރެ މިއަދާ ޖެހެންދެން އެ ގޭގައި […]

ސަލާމާ ޢަބްދުލް ޢަލީމް
މިސް ޔުނިވާސް 2024 ގައި ދިވެއްސެއް ބައިވެރިވުމަކީ އެވަރު ކަމެއްތަ؟

މިސް ޔުނިވާސް 2024 ގައި ދިވެއްސެއް ބައިވެރިވުމަކީ އެވަރު ކަމެއްތަ؟

މިސް ޔުނިވާސް ޕަޖެންޓަކީ، ތައިލެންޑަށް އުފަން ޓްރާންސްޖެންޑާ އަންހެނެއް (އަންހެނަކަށް ހެދިގެން އުޅޭ ފިރިހެނެއް) ގެ ކުންފުންޏެއްކަމަށްވާ ޖޭ.ކޭ.އެން ގްލޯބަލް ގްރޫޕުގެ ބެލެނިވެރިކަމުގެ ދަށުގައި އިންތިޒާމުކުރެވިގެން ބާއްވާ “މުޅި ކައުނުގައިވާ އެންމެ ރީތި އަންހެނާ” ހޮވުމުގެ މުބާރާތެކެވެ. ދާދި އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އިވުނު ޚަބަރަކީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން މި މުބާރާތުގައި ބައިވެރިވިކަމަށް ބުނާ ޚަބަރެވެ. އެތައް ބައިވަރު ޚަބަރު ފަތުރާ ވަސީލަތްތަކެއްގައި ދިވެހި ރާއްޖެއިން މިކަމުގައި ފ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (8)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (8)

ކުރީގެ އަދަދާއި ގުޅޭ، ހާސް ހިތަކައިގެން ހުރެ، މަޑުމަޑުން ގެއިން ނިކުމެ ޖޯލިފައްޗާ ދިމާލަށް އޭނާ ބަލައިލީ ދާއިން އިންތޯއެވެ. ލިބުނު ހައިރާންކަމާއެކު އެ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އޭނާ ގާތު ނިކުންނަށް ބުނެ، ދާއިން ނައީ ކީއްވެބާއޭ އަރޫޝާގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ އެނބުރިގަތީ ގެއަށް ވަންނާށެވެ. ” އަޅެ ސިއްސައިގެންނޭ ދިޔައީ.” އަރޫޝާއަށް ބުނެވުނެވެ. އޭނާގެ ފަހަތުގައި ހުރި ދާއިން ފެނި އަރޫޝާ ހަގީގަތުގައި ވެސް ބިރުގަތެވެ. ދެ ޖީބަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)

ސިލްސިލާ ވާހަކަ: ލޯބިިވިޔަސް (7)

ކުރީގެ އަދަދާއި ގުޅޭ، ” ކީކޭ؟” ވައި އަޑުން ނަދީމްއަށް ބުނެވުނެވެ. ” ޒައި އަހަންނަށް ދޮގެއް ނަހަދަން ދޯ؟ އަހަރެން ތަޅުވަނީތަ؟” ނަދީމް ސުވާލު ކުރީ ޖެހިލުންވެ ހުރެއެވެ. ޒައިނާ އިސްޖަހާލަމުން ދެ ފަރާތަށް ބޯ ހޫރާލިއެވެ. ” ދެން… ޒައި ބޭނުންވަނީ ކޮން ގޮތެއް؟” އަނެއްކާ ވެސް ނަދީމް ކުރީ ސުވާލެކެވެ. އެ ސުވާލު އޭނާ ކުރާނެކަން ޒައިނާއަށް މާ ކުރިން ވެސް އެނގެއެވެ. އެހެންވެ، ޒައިނާ ބޭނުންވީ އޭނާގެ ނިންމުން ލަސްނުކޮށް ކިޔައިދޭށެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (6)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (6)

ކުރީގެ އަދަދާއި ގުޅޭ، ” ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!” ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ. ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އޭނާއާ މެދު އެ ފަދަ ހިތްދަތި ގޮތަކަށް ބައްޕަ ކަންތައް ކޮށްފާނެ ކަމަކަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (5)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (5)

ކުރީގެ އަދަދާއި ގުޅޭ، ” މިހާރު އާސިފްއަށް ބަލައިލާފަ ހީވޭ  މީހުން އެ ކިޔަނީ ހަމަ ތެދެކޭ. ވަރަށް ނައިސް ހެން ހީވަނީ.” އާބިދު ބުންޏެވެ. ދާއިންއަށް އިނދެވުނީ ރައްދެއް ދޭން ވެސް ނޭނގިފައެވެ. އޭރު ވެސް އޭނާގެ ކުރިމަތިން އަރޫޝާގެ ހިނިތުންވެފައިވާ މޫނު ފެންނަމުން ދާ ކަހަލައެވެ. އާސިފްއާއެކު އޭނާ އެހާ އުފަލުން ހުންނަންޖެހޭ ސަބަބެއް ދާއިންއަކަށް ނުވިސްނުނެވެ. އަދި އެކަމާ ދާއިންއަށް އުނދަގޫ ވާން ޖެހުނު ސަބަބެއް ވެސް އޭނާއަކަށް ނޭނގުނެވެ. “ރަނގަޅިއްޔާ ރަނގަޅުތާ.” […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (4)

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (4)

ކުރީގެ އަދަދާއި ގުޅޭ، “އަރޫ އުޅެނީ އަހަރެމެންގޭގައި ކަން އެނގުނަސް،  ވެސް އޭނަ ބަލާނެ މަ ރުޅި އެރުވޭތޯ.” ދުރަށް ބަލައިލަމުން ދާއިން ބުންޏެވެ. “ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟” އާބިދު ސުވާލު ކުރީ ނުހަނު އަވަހަށެވެ. އޭރު ދާއިންގެ މޫނުމަތީގައި ހުރީ ރުޅިވެރިކަމުގެ އަސަރެވެ. އޭނާ ވަރަށް ފުންކޮށް ވިސްނަމުން ދާ ކަން އާބިދަށް ވެސް ފާހަގަ ކުރެވުނެވެ. އާބިދު އިންތިޒާރު ކުރަމުން ދިޔައީ ދާއިން ދޭން ޖަވާބަކަށެވެ. “ދެން.. އަހަންނަށް ކުރެވޭނެ ކަމެއް […]

ސަލާމާ ޢަބްދުލް ޢަލީމް
ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (3)

ސިލްސިލާ ވާހަކަ: ލޯބި ވިޔަސް (3)

ކުރީގެ އަދަދާއި ގުޅޭ، ދާއިންގެ ނަޒަރު އަމާޒު ވެފައި ހުރީ ސީދާ އަރޫޝާގެ މޫނަށެވެ. އެހިނދު އަރޫޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. އޭނާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރުވެސް ދާއިން ހުރީ އަރޫޝާއަށް ބަލަހައްޓައިގެންނެވެ. ދާއިން އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު، ފަހަތަށް ޖެހެމުން ގޮސް ފަސްދިނެވެ. “ދައްތާ. އަނެއްކާ ދާއިން އަހަރެން ދެކެ ރުޅިއެއް ނާންނާނެތަ؟ އެކަމާ އަހަރެން ވަރަށް ބިރުގަނޭ.” އަރޫޝާ ސުވާލު ކުރިއެވެ. “އަޅައިނުލާ ބަހައްޓާ. ރުޅި އައިސްގެން އެއްޗެއް ބުންޏަސް ދައްތަ […]

ސަލާމާ ޢަބްދުލް ޢަލީމް
ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު!

ސިޙްރުވެރިޔާއާއި ކާހިނުކަލޭގެއާއި ޢައްރާފާއި މުޝަޢްވިޛުގެ ތަފާތު!

އަލްޢައްރާފު: އެއީ ލޮލަށް ނުފެންނަ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރާ މީހާއެވެ. ފަހެ، މިޘާލަކަށް ފަރުދާގެ އަނެއްފަރާތުގައިވާ ކަންތައްތައް އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިޘާލަކަށް މިވަގުތުގައި މީހަކު ކުރާކަންތަކުގެ ވާހަކަ އޭނާ އެހެންރަށެއްގައިވާ ޙާލު އެނގޭކަމަށް ދަޢްވާކުރުމެވެ. އަދި މިފަދަ އެންމެހާ ކަމެކެވެ. ޢައްރާފުންގެ ގާތަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންގެ ގާތަށް ދާމީހާ ކާފަރުވާނޭކަމުގެ ވަރުގަދަ ވަޢީދުގެ ބަސްފުޅު ވާރިދުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައް...

Thiladhun
ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

ޖުވާ ކުޅޭ މީހުންނަށް، ހުކުރު ޚުޠުބާގައި ވަރުގަދަ މެސެޖެއް!

“ޖުވާކުޅުމަކީ ޙަރާމް ކަމެއް” މިމަޢުލޫއަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދިން ހުކުރު ޚުޠުބާގައި ޖުވާ ކުޅޭ މީހުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ. އޮންލައިންކޮށް ޖުވާ ކުޅުމަކީ މިއަދު ދިވެހިންގެ މެދުގައި ވަރަށް އާންމު ވެފައިވާ ނުބައި އާދައެކެވެ. ޒުވާނުންނާއި ހަރު އުމުރު ފުރައިގެ މީހުން އާންމު ކެފޭތަކުގައި އެއްވެސް ޖެހިލުމެއްނެތި އޮންލައިންކޮށް ޖުވާ ކުޅެން ބައި ހަދާފައި ތިބޭ މަންޒަރު ފެނެއެވެ. ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ މައިގަނޑު ނުކުތާތަކަށެވެ. اللهُ [...

Thiladhun
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)

ކުރީގެ އަދަދާއި ގުޅޭ، ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން […]

ސަލާމާ ޢަބްދުލް ޢަލީމް