16 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ބައްޕައޭ؟” ފިރާޝާއަށް ސުވާލު ކުރެވުނެވެ. ” ދެން އަވަސްކޮއްބަލަ.” މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެެވެ. ގެއަށް ނުގޮސް މާޒިން ކުޑައިރުކޮޅަކު މަޑުކޮއްލީ ފިރާޝާގެ ފޯނުކޯލް ލިބެންދެނެވެ. އޭރު ވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ސަބަބުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުން މިހާރު ގެއްލިއްޖެއެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރި އިރު، އޭނާއަށް އިވެނީ އޭނާގެ […]
ސަލާމާ ޢަބްދުލް ޢަލީމް
13 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: ” ދެ މީހުންގެ ލާރިން ނުވަންޏާ، މާޔާގެ އާއިލާގެ މީހުން އެހީތެރި ނުވާނެތަ؟ މި ޒަމާނުގައި ކައިވެންޏެއް ކުރަންޏާ ދެ ފަރާތުން ވެސް އެއްވަރަކަށް ހިއްސާ އޮވެގެން ބޮޑެތި ޙަފްލާތައް ބާއްވަނީ.” ޖަމީލާ ބުނެލިއެވެ. އެ ވަގުތު އާއިޒަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ. މާޔާގެ ހިތް ވެސް ނުތަނަަވަސްކަމާއެކު ބާރުބާރަށް ތެޅެމުންދެއެވެ. ޖަމީލާގެ ވާހަކަތަކަށް ޖަވާބުދޭކަށް މާޔާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ، އިރުއިރުކޮޅުން އޭނާއަށް ބަލައިލެވެނީ އާއިޒަށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށ...
ސަލާމާ ޢަބްދުލް ޢަލީމް
9 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ: އޭނާ ލަދުގަންނަފަދަ ކަމެއް މަންމަ ކޮއްފާނެތީ އާއިޒް ކަންބޮޑުވެއެވެ. މާޔާއާއި މަންމަ ބައްދަލުވާ ފުރަތަމަ ދުވަހު ވެސް، މަންމަދެކެ މާޔާ ހިތްހަމަނުޖެހިދާނެތީ ވެސް އާއިޒް ޖެހިލުންވެއެވެ. ނަމަވެސް، އެ ދެ މީހުން ބައްދަލު ނުކޮށް ވެސް ވާކަށް ނެތޭ އާއިޒްގެ ހިތަށް އެރިއެވެ. މަންމައާއި ވާންއުޅޭ އަނބިމީހާގެ ފުރަތަމަ ބައްދަލުވުމުގައި ވެސް، ހައިޖާނުގަނޑެއް ހިނގާފާނެކަމަށް އާއިޒަށް މާ ކުރިން ވިސްނެން ފެށިއެވެ. އޮފީހުން އައިސް އާއިޒް ގެއަށް ވަތް އިރު ސިޓިންރޫމްގައި […]
ސަލާމާ ޢަބްދުލް ޢަލީމް
ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ދެން ނޭނގެ އަހަންނަކަށް. އެ ވާހަކަ ބުނަން މި ގުޅީ. ފަހުން ވާހަކަ ދައްކާނަން. ބޭއްވީމި.” މާޔާ އެހެން ބުނުމަށްފަހު އާއޒަށް އެއްޗެއް ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލިއެވެ. މާޔާ އުއްމީދު ކުރީ އާއިޒް އޭނާއަށް ގުޅާނެކަމަށެވެ. މާޔާ، ހާސްވެފައި ހުރިކަން އާއިޒަށް ހަމަ ރަނގަޅަށް އެނގޭނެކަން ވެސް މާޔާއަށް އެނގެއެވެ. ދެ ތިން މިނެޓް މަޑުކުރުމަށްފަހު އަނެއްކާ ވެސް މާޔާ އާއިޒަށް ގުޅިއެވެ. “ކީއްވެ އަހަންނަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ރޭގަނޑު މާ މަދުން ނުވަތަ މާ ގިނައިން ނިދުމަކީ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ބަޔޮލޮޖިކަލް އުމުރު އަވަހަށް ދުވަސްވުމަށް ނުވަތަ މުސްކުޅިވުމަށް މަގުފަހިކުރުވާ ކަމެއްކަން ދިރާސާއަކުން ދައްކައިފިއެވެ. ގާތްގަނޑަކަށް 500،000 މީހުންގެ މަޢުލޫމާތު ދިރާސާކޮށްގެން ހޯދާފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި، ހަށިގަނޑުގެ ގުނަވަންތައް އެންމެ އާދައިގެ ނުވަތަ ދުޅަހެޔޮ މިނެއްގައި ހިފެހެއްޓެނީ ރޭގަނޑު 6.4 ގަޑިއިރާއި 7.8 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ނިދުމުންނެވެ. “މަލްޓީ” ކޮންސޯޓިއަމްއިން ކުރިއަށްގެންދިޔަ މި ދިރ...
އަޙްމަދު ވަހީދު
ކައިވެނީގެ ރީތި ހެދުމުގައި އޭނާ އިނީ، އުއްމީދުން ފުރިފައެވެ. ހޯލުތެރޭގައި ތިބި ދެ ފަރާތުގެ އާއިލާއާއި ރަޙްމަތްތެރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް “އަނބި ޤަބޫލު ކޮއްފީމޭ” ބުނި ހިސާބުން އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ، ހިތަށް ވެސް ނާރާ ފަދަ ހިތްދަތި، ގޮތަކަށެވެ. އެއްވެސް އިޝާރާތެއް އަދި އެއްވެސް ބުނުމަކާ ނުލައި، އަލަތު ފިރިމީހާ ކައިވެނީގެ މާލަމް ދޫކޮށް ނިކުމެގެން ދިޔައީ، އެތައް ސުވާލެއްގެ ތެރެއަށް އޭނާ ދޫކޮއްލައިފައެވެ. ” އެންމެންގެ ލޯތައް އަހަންނަށް ހުއްޓުނު […]
ސަލާމާ ޢަބްދުލް ޢަލީމް
ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އަހަރެން ބޭނުމީ ހަމައެކަނި އާއިޒް.” ނުހާ ބުންޏެވެ. ” ތި ހިޔާލު ދޫކޮއްލާ. އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ވެސް އެންމެ ފަހުން ގެއްލޭނީ. މާޔާއަށް ނުވެސް އެނގެއެއްނު ތިކަމެއް.” ލީނާ ބުންޏެވެ. ” މާޔާއަށްވުރެ ކުރިން އަހަރެން އާއިޒްދެކެ ލޯބިވީމޭ.” ނުހާ ބުނެލީ ދެރަވެލާފައެވެ. ނުހާގެ ވާހަކަ އަޑުއަހަން ހުރެ ލީނާ، ނުހާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. “ޖާނޫ. ތިކަން އަހަންނަށް އެނގެޔޭ. އެކަމަކު މާޔާ، އާއިޒާއެކު […]
ސަލާމާ ޢަބްދުލް ޢަލީމް
އެކުވެނިވި ދައުލަތްތައް (އދ.) އިން ދުނިޔޭގެ ޗާޓު ކުރަހާފައިވާ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް “ކޮރެކްޓް ދަ މެޕް” ގެ ނަމުގައި ހުށަހެޅި ގަރާރު އާންމު މަޖިލީހުން ހުކުރު ދުވަހު ނެގި ވޯޓުގައި 164 ގައުމަކުން މި ގަރާރަށް ތާއީދުކޮށްފައިވެއެވެ. ދެކޮޅަށް ވޯޓުދިނީ އެންމެ ގައުމަކުންނެވެ. މި ގަރާރާއެކު، ބިންތަކުގެ ހަގީގީ ބޮޑުމިން އިންސާފުވެރިކޮށް ދައްކައިދޭ “އީކުއަލް އާތު” ފަދަ ޕްރޮޖެކްޝަންތަކަށް އދ. އިން ވަނީ ރަސްމީ ކޮށް ތާއީދު ކޮށްފަ އެވެ. މި ޗާޓުގައި، އަފްޣާނިސްތާނުން […]
އިބްރާހިމް އަސްވާޤް
މި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ. ހުތުބާގައި ބުނެފައިވަނީ ކުޑަކުދިންނަކީ މާތްﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހާ ހާލަތެއްގައިވެސް އެ މަތިވެރި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ލިބުނު ހިތްދަތި ހަބަރުތަކުގެ ތެރޭގައި، ނ...
ޝިއުނާ އާދަމް
30 އޯގަސްޓްގެ އަދަދާއި ގުޅޭ: ފަރާތްފަރާތަށް ބަލަމުން ދިޔަ މާޔާގެ ނަޒަރު ހުއްޓުނީ ފިހާރައެއްގެ ދޮރުމަތީ ހުއްޓި ހުރި އާއިޒްގެ މޫނަށެވެ. އޭނާ ހުރީ ސީދާ މާޔާއަށް ބަލަހައްޓައިގެންނެވެ. އާއިޒް ފެނުމާއެކު މާޔާގެ ހިތް ބިރުގަތެވެ. އޭނާގެ މޫނުގައިވާ ނުތަނަވަސްކަން މާޔާއަށް ދެނެގަނެވުނެވެ. އާއިޒާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓާ، ވާހަކައިގަ އިން ނަޖާހު ސައިކަލް ދުއްވާލައިފިއެވެ. އޭރު ވެސް ފަސް އެނބުރި މާޔާ އިނީ އާއިޒަށް ބަލާށެވެ. މާޔާ ދެއްކި މަގުން ގޮސް، ނަޖާހު ސައިކަލް މަޑުކޮއްލީ […]
ސަލާމާ ޢަބްދުލް ޢަލީމް
ޝިފާ އަކީ އާއިލާގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މަންމައާއި ބައްޕަގެ ” ޕްރިންސަސް”އެވެ. ބޭބެ މެންގެ ” ބޭބީ” އެވެ. އެންމެން ވެސް ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. ކޫރުމެއް ވެސް ނާޅުވައި، ބިއްލޫރިކޮޅެއް ފަދައިން އެ މީހުން ޝިފާ ބޮޑުކުރީ ރިވެތި ތަރުބިއްޔަތާއެކުއެވެ. އިސްލާމީ ޒީނަތުން، ރިވެތި ސިފަތައް ޝިފާގެ ކިބައިގައި ހަރުލެއްވުނީ ވެސް ދީނީ ކަންކަމަށް މަންމައާއި ބައްޕަ ދޭ ޚާއްސަ އަހަންމިއްޔަތަކުންނެވެ. އޭނާއަކީ ރީތި ކުއްޖެކެވެ. ރަށުގެ ފިރިހެންކުދިންގެ އުނދަގޫ ބޮޑު ކަމުން […]
ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖޭގައި އޮންލައިން ގޭމިން، ބެޓިންގ އެޕްތައް އާންމުވެ، ޒުވާނުންނާއި އާއިލާތަކުގެ މައިތަނބު (ފިރިން) މި ކަމުގެ މަޅީގައި ޖެހެމުންދާކަމީ، ދިވެހި މުޖުތަމަޢުއަށް ދިމާވަމުންދާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދިދާނެކަމަށް ދެކި، އަޖުމަބަލައިލުމުގެ ގޮތުން ނުވަތަ ތިމާގެ ނަސީބު ހުރިގޮތެއް ބަލައިލުމަށްޓަކައި ފަށާ، ފެށުން ދެވި ހިފުމަކަށް ބަދަލުވެގެން ދެއެވެ. ފަސޭހައިން، އަރާމުގައި އިނދެ، ފައިސާ ހޯދުމަށް ހިތް ދަހިވެތިވަނީއެވެ. ދާ އޮހޮރުވުމަކާނުލައި، އަތްފައި ހަ...
ޝިއުނާ އާދަމް
އޯގަސްޓް 26 ގެ އަދަދާއި ގުޅޭ: ” ގެންދާތަނުން މަންމަ އޯކޭ ނުވިއްޔާޔޯ. ” މާޔާ އެހިއެވެ. ” ދެން ނީންނާނީނު.” އާއިޒް ފަސޭހަކަމާއެކު ބުނެލިއެވެ. އެއާއެކު މާޔާ ނުހަނު ދެރަވެސް ވެއްޖެއެވެ. “އަސްލުތަ؟ މަންމަ ނޯ ބުނިއްޔާ ހަމަ ނީންނާނެ؟” މާޔާ އެހިއެވެ. ” ނޭނގެ ދެން. ކުރިއަށް ވާން ހުރި ކަންތައްތައް ނޭނގޭނެއެއްނު. އަދި އެހާ ވަރަށް ވިސްނާނެކަމެއް ނެތް. ވަރަށް ހައިވެއްޖެ. އުޅޭ ކާން ވަންނަން.” އާއިޒް ބުންޏެވެ. ގެއަށް ގޮސް ވެސް […]
ސަލާމާ ޢަބްދުލް ޢަލީމް
އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މު...
ޔުމްނާ ޢަލީ
އޯގަސްޓް 23 ގެ އަދަދާއި ގުޅޭ: ” ތިހެން ދުރަށް ނުދައްޗޭ! ” މާޔާގެ ކަންފަތްދޮށުގައި އާއިޒް ބުނެލީ ސިއްރުސިއްރުންނެވެ. އެ ވަގުތު ލަދުން ގޮސް މާޔާއަށް އާއިޒްގެ މޭގައި މޫނު ޖައްސާލެވުނެވެ. ” އާއިޒް!” މާޔާ އާއިޒަށް މަޑުމަޑުން ގޮވާލިއެވެ. މާޔާ މާ ބޮޑަށް އާއިޒާ ގާތްވާން ފެށުމުން، އާއިޒް އަވަސް އަވަހަށް މާޔާ ދުރުކޮއްލިއެވެ. މޫނު އުފުލައިލަމުން މާޔާ އާއިޒްގެ މޫނަށް ބަލައިލި އިރު، އޭނާ ހުރީ މަގުމައްޗާ ދިމާލަށް ބަލަހައްޓައިގެންނެވެ. ” މީހަކަށް […]
ސަލާމާ ޢަބްދުލް ޢަލީމް