Skip to main content

Hussain Shahudhee

Editor
🌐 Network-Wide Bureau
704 Stories
1,293 Reads

Published on ތިލަދުން (Thiladhun) by Hussain Shahudhee

ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި!
Thiladhunmathi News

ޅައިމަގުގެ އެކްޓިވް ކޭސްތަކުގެ އަދަދު 34ގައި!

ށ. ޅައިމަގުގައި މިވަގުތު ތިބި އެކްޓިވްކޭސްތަކުގެ ޢަދަދު 34 އަށް އަރައިފިއެވެ. ޅައިމަގުގައި ހޯމްކަރަންޓީނުގައި ތިބި ދެ ގެއެއްގެ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން އޭގެ ތެރެއިން 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެކަކު ކަރަންޓީނުގައި ހުރީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފަހުން ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެރަށަށް ގޮސްހުރި އޭނާގެ ފިރިމީހާއާއިއެކު އެއްގެއެއްގައެވެ. އޭނާގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވުމުން، އޭނާގެ ފިރިމީހާ ވެސް […]

ކަރަންޓީނު އުސޫލާއި ހިލާފްވުމުން މިލަންދޫ މީހަކަށް ބޮޑު ޖޫރިމަނާއެއް
Thiladhunmathi News

ކަރަންޓީނު އުސޫލާއި ހިލާފްވުމުން މިލަންދޫ މީހަކަށް ބޮޑު ޖޫރިމަނާއެއް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލާއި ޚިލާފްވި ށ. މިލަންދޫ މީހަކު 10 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުކޮށްފައި ހުރި އެރަށު މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އަަމަލުކޮށްފައިވާތީ، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފަ ވާކަމަށެވެ. “މިރަށުގައި ކަރަންޓީނުގައި މީހުން ކަރަންޓީނު އުސޫލާއެއްގޮތަށް އަމަލުތައް ބަހައްޓާތޯ ފުލުހުން ބައްލަވަމުން ގެންދަވާ، މިގޮތަށް ރަށުތެރެ ޕެޓްރޯ...

އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!
Raajje

އިތުރު މީހަކު ނިޔާވެ ރާއްޖެ، ޖުމްލަ އަދަދު 110 އަށް!

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އެއީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 110 ވަނަ މީހާއެވެ. ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ރަނގަޅުވާން ފަށާފައި ނުވާއިރު އިއްޔެ ވެސް އިތުރު 1465 މީހަކަށް […]

ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ލާމުން 2 މީހަކު، މާލެއިން އެކަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި، އައިޖީއެމްއެޗް އެމެޖެންސީއަށް ގެނެވުނު މީހަކު ކޯވިޑް ބަލީގައި ނިޔާވެފަވާ ކަމަށެވެ. ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ނިޔާވި އެކަކު ނިޔާވީ ރޭ މެންދަމުން އަނބުރާ 1:54 ގައެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފެސިލިޓީގައި ނިޔާވި […]

މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން!
Thiladhunmathi News

މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން!

މާލެ ފިޔަވައި، ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ބަޔަކު ތަފާތު ގިނަ ޚިދުމަތްތަކެއް ހޯދާ ރަށަކީ ހދ. ކުޅުދުއްފުށީ ސިޓީއެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ކޯވިޑްގެ ނާންމާ ކަމުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިންނަށްލެވޭ ކޮންމެ ފަހަރަކު ސިފަކުރެވެނީ އުތުރުގެ “ހިތް” ހުއްޓުނީ ކަމުގައެވެ. އުތުރުގެ “ހިތް” ހުއްޓުނީ ކަމަށް ދަންނަވަންޖެހެނީ ތިލަދުންމަތީގެ ތިން އަތޮޅާއި، ކޯވިޑްގެ ހާލަތުގެ ސަބަބުން އެހެން ބައެއް އަތޮޅުތަކުން ވެސް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ހދ. ކުޅުދުއްފުށީ ސިޓީ ބަންދު […]

ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް
Thiladhunmathi News

ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް

ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހަވީރު 16:18 އިން ފެށިގެންނެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. “ބަލީގެ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކައި، ޓެސްޓް ކުރަން ސާމްޕަލް ނެގީ، މިއަދު ނ...

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ
Thiladhunmathi News

ކަރަންޓީނުގަ ހުރި މާބަނޑު އަންހެނެއް ޕޮޒިޓިވް، ފުނަދޫގައި ސިޒޭރިއަން ހަދަނީ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހެއް ކޯވިޑް ނަވާރައަށް ޕޮޒިޓިވްވެއްޖެއެވެ. އެ އަންހެން މީހާއަކީ ށ. ޅައިމަގު ހޯމް ކަރަންޓީނުގަ ހުރުމަށްފަހު ވިހަން ފުނަދޫއަށް ދިޔަ މީހެކެވެ. އެމީހާ ޖެހެނީ ސިޒޭރިއަންއެއް ހަދާށެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެ އަންހެން މީހާ ޕޮޒިޓިވްކަން އެނގުނީ މިއަދު ސިޒޭރިއަންއަށް ވެއްދުމުގެ ކުރިން ކޯވިޑަށް ޓެސްޓް ކުރުމުން ކަމަށެވެ. “އޭނާ ޅައިމަގުގަ ހޯމް ކަރަންޓީނުގައި ހުރެފަ […]

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ފުނަދޫ މޮނިޓަރިން ހާލަތުން ނަގައިފި

ށ. ފުނަދޫގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވުމުން އެރަށް މޮނިޓަރިން ހާލަތުން މިރޭ ވީއްލައިފިއެވެ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައީ، އެރަށު ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން އެރޭ 23:04 ގައެވެ. ޕޮޒިޓިވްވި ބިދޭސީންނަކީ ކަރަންޓީނު މުއަދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި ބައެއް ނަމަވެސް، އެރަށް މޮނިޓަރިންނަށްލީ ޕޮޒިޓިވްވި މީހުން ކަރަންޓީނު އުސޫލާ […]

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ
Thiladhunmathi News

ފުނަދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެ

ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވުމާއެކު އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަން ކުރުމަށް ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. ފުނަދޫފައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެރަށް މޮނިޓަރިންގައި އޮތުމާއެކު ކޯވިޑް ބަލިއުޅޭ މިންވަރު ދެނެގަތުމަށް […]

ތޫފާން "ޓައުޓޭ" ތުރާކުނުގެ އުތުރުން 400 މޭލު ބޭރުން ދަތުރުކުރަނީ ރާއްޖެއާ ދުރަށް!
Raajje

ތޫފާން "ޓައުޓޭ" ތުރާކުނުގެ އުތުރުން 400 މޭލު ބޭރުން ދަތުރުކުރަނީ ރާއްޖެއާ ދުރަށް!

އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ އެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޓައުޓޭ” އެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވީ، މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. މިއަދު ފަތިހު 5:00 ގައި ތޫފާން ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވަ އެވެ. ތޫފާނާ ގުޅިގެން […]

ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި
Thiladhunmathi News

ދިއްދޫގެ ކޯވިޑް ނަންބަރު 106 ގައި، ކާފިއު ދަންމާލައިފި

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރަށް ދަންމާލައިފިއެވެ. ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ދިއްދޫގައި ކާފިއު އިއުލާންކުރީ 8 މެއި 2021 ދުވަހުގެ ހަވީރު 4:00 އިން މިއަދުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ދިއްދޫ ކައުންސިލުން މިއަދު ވަނީ އެރަށ...

ދިއްދޫ ކްލަސްޓަރ: އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 95 އަށް!
Thiladhunmathi News

ދިއްދޫ ކްލަސްޓަރ: އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 95 އަށް!

ހއ. ދިއްދޫއިން އިތުރު 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 95 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 11 މީހެކެވެ. އެރަށުން […]

ދިއްދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ދިއްދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި ތިން މީހެއް ހިމެނެއެވެ. މިއާއިއެކު އެރަށުން ރެންޑަމް ސާމްޕަލް ނެގި 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަލާމަތްތައް ހުރެގެން ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 84 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން […]

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް
Thiladhunmathi News

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!
Thiladhunmathi News

ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ. ދިއްދޫއިން […]