ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރަށް ދަންމާލައިފިއެވެ.

ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން، ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ދިއްދޫގައި ކާފިއު އިއުލާންކުރީ 8 މެއި 2021 ދުވަހުގެ ހަވީރު 4:00 އިން މިއަދުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

Ad
rt

ދިއްދޫ ކައުންސިލުން މިއަދު ވަނީ އެރަށުގައ އެޅިި ރަށްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އެރަށުގަ ހިންގި ކާފިއުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 18:00އާއި ހަމައަށް ދަންމާލާފަ އެވެެ.

ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް

  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 6:00 އަށް ކާފިއު ހިންގުން، އެހެންކަމުން އެވަގުތުތަކުގައި އެއްވެސް މީހެއް ގެއިން ބޭރަށް ނުނުކުތުން.
  • ޟަރޫރީ ބޭނުމަކު ގެއިން ބޭރަށް ނުކުންނަށް ޖެހިއްޖެނަމަ ދިއްދޫ ޕޮލިސްގެ ހޮޓްލައިނަށް ގުޅައި ހުއްދަ ހޯދުމަށްފަހު ގެއިން ބޭރަށް ދިއުން.
  • އެއްގެއިން އަނެއްގެއަށް ޒިޔާރަތްނުކުރުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ، މިސްކިތަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުން.
  • ފިހާރަ/ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެތަންނަތުގެ ބޭރުގައާއި އެތެރޭގައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްތަމަރުންނަށް ތިބެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
  • މިސްކިތްތަކަށް، އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިން އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުން ނުދިއުމަށާއި މިސްކިތަށް ދުރުވާ ބޭފުޅުންވެސް މުސައްލަ ގެންދިއުމަށާއި ގެއިން ވުޟޫކޮށް މާސްކުއަޅައިގެން ދިޔުން.
  • ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަން ވެސް ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުވައިފާ ބެހެއްޓުމާއި އެހެން ގަޑިތަކުގައި ބަންދުކުރުން. އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީ ހިދުމަތް ދިނުން.
  • ފިހާރަތަކުން ކައުންސިލުން ކަނޑައަޅާ އަދަދަށް ކަސްޓަމަރުން ވައްދައިގެން ހިދުމަތްދިނުމާއި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް އަދި އަތްގަނޑުތަކާއި ސިޑީގެ ރެއިލްތައް ގިނަގިނައިން ޑިސްއިންފެކްޓްކުރުން.
  • ހޮޓާ/ރެސްޓޯރެންޓްތައް ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ހިދުމަތްދިނުމާއި އަދި އެގަޑިތަކުގައި އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުން.
  • ހޮޓާ/ރެސްޓޯރެންޓްތަކުން ޙިދުމަތްދޭއިރު އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް މީހުނަށް ތިބެވޭނެ އިންތިޒާމް ހަމަޖެެއްސުން އަދި ޚިދުމަތްދީ ނިމުމުން ޑިސްއިންފެކްޓްކުރުން.
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކައި ހޮޅުއަށިތަކާއި ޖޯލިފަތިތަކުައި މީހުން އެއްވެ ތިބުން މަނާކުރުން.
  • ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެހިދުމަތް ދިނުން.
  • ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅުއްވާ ގައިދުރުކކަން ބެހެއްޓުން.

ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އަދި ރެންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުންނާއި، އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ މިފަހުން ޕޮޒިޓިވްވި މީހުންނާއެކު ދިއްދޫގެ އެކްޓިވް ކޭސްތަކުގެ ޖުމްލައަކީ 106 އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާއާއި، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 88 މީހަކާއި، ރެންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 12 މީހަކާއި އަދި ހޯމްކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 5 މީހެކެވެ.

ދިއްދޫގެ 270 ގެއެއް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.