ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
އެއީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 8:30 ގައެވެ.
މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 110 ވަނަ މީހާއެވެ.
ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ރަނގަޅުވާން ފަށާފައި ނުވާއިރު އިއްޔެ ވެސް އިތުރު 1465 މީހަކަށް މިބަލި ޖެހުނެވެ. އަދި ރާއްޖެއިން މިހާތަނަށް 47،421 މީހަކު މިބަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 18،221 މީހުންނެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 268 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!