ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ.
މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ.
ދިއްދޫއިން މިހާތަނަށް ވަނީ 657 ސާމްޕަލެއް ނަގާފައެވެ. މިރެއާއި ހަމައަށް ނަތީޖާ ނުލިބޭ ސާމްޕަލެއް ނެތެވެ.
އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މިހާރު ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 79 އެވެ.
އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު މެއި 4 ވަނަ ދުވަހު ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ބަދަލުކޮށްފަ އެވެ.
ދިއްދޫއިން ރެންޑަމް ސާމްޕަލް ނެގި މީހުންތެރެއިން ތިން މީހެއް ޕޮޒިޓިވްވުމަކީ އެރަށަށް ލިބުނު އިތުރު ހާސްކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!