ރާއްޖޭގައި ކޯވިޑް ބަށްޔަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ތިން މީހަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވީ ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި، އައިޖީއެމްއެޗް އެމެޖެންސީއަށް ގެނެވުނު މީހަކު ކޯވިޑް ބަލީގައި ނިޔާވެފަވާ ކަމަށެވެ.

Ad
rt

ލ. ކޯވިޑް މެނޭޖެމަންޓް ފެސިލިޓީގައި ނިޔާވި އެކަކު ނިޔާވީ ރޭ މެންދަމުން އަނބުރާ 1:54 ގައެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފެސިލިޓީގައި ނިޔާވި ދެވަނަ މީހާ ނިޔާވީ މެންދަމުން އަނބުރާ 3:01 ގައެވެ. އެއީ 69 އަހަރުގެ ދިވެހި އަންހެނެކެވެ.

މާލޭ ސިޓީގެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 7:25 ގައެވެ.

މިއާއިއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 108 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން މިހާތަނަށް 47،421 މީހަކު މިބަށް ވަނީ ޕޮޒިޓިވްވެފަ އެވެ.