ޔުއެފާ ޗެމްޕިއަސް ލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން ބެންފިކާ ބަލިކޮށް ލިވަޕޫލްއިން ސެމީއާއި ގާތަށް ޖެހިލައިފިއެވެ.
ބެންފިކާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި އިބުރާހިމާ ކޮނެޓޭއެވެ.
ދެވަނަ ގޯލް މެޗުގެ 34 ވަނަ މިނެޓްގައި މާނޭ ކާމިޔާބު ކޮށްދިނީ ފަހުލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިން ލުއިސް ޑިއާޒްގެ އެހީތެރިކަމާއކުގައެވެ. ޑިއާޒް ގެ ގޯލް ކެއިޓާގެ އެހީތެރިކަމާކު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓުގައެވެ.
ބެންފިކާގެ ގޯލް މެޗުގެ 49 ވަނަ މިނެޓުގައި ޑާވިން ނުނޭޒް ކާމިޔާބު ކޮށްދިނީ ސިލްވާގެ އެހީތެރިކަމާއެކުގައެވެ.
މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮށްނާނީ މިމަހު 14 ގައި ލިވަޕޫލް ދަނޑުގައި ރާއްޖެ ގަޑިން 00:00 ގައެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުން އެތުލެޓިކޯ މައްޗަށް ސިޓީ ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
މުޅި މެޗުގައިވެސް އެތުލެޓިކޯ ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ފަހަތައް ފައިބައިގެން ޑިފެންސިވް ގޭމެކެވެ.
5 ރީދޫ ކާޑް ފެނިގެން ދިޔަ މި މެޗުގައި ޖެހި ހަމަ އެކަނި ގޯލް ޖަހާފައިވަނީ ބެންޗުން ކުޅެންއެރި ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 70 ވަނަ މިނެޓުގައި ޑި ބުރައިނާ އެވެ. މިއީ ޗެމްޕިއަންސްލީގުގައި އެންމެފަހުން ކުޅުނު 7 މެޗުގައި ޑިބްރައިނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މި ނަތީޖާ އާއިއެކު 0-1 ލަނޑުގެ ލީޑެއްގައި އޮވެ ސިޓީން މިބުރުގެ ދެވަނަ ލެގުގައި އެތްލެޓިކޯ އާއި ދެކޮޅަށް ނުކުންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ދެވަނަ ލެގު ކުޅޭނީ އެތްލެޓިކޯގެ ދަނޑުގަ ރާއްޖެ ގަޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!