ޕްރިމިއާލީގް ގައި ހޮނިހިރުދުވަހުގެ ރޭ ކުޅުނު މެޗުން ޗެމްޕިއަންސްލީގުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އަމިއްލަދަނޑުގައި، ރެލިގޭސަންއިން ސަލާމަތްވުމަށް މަސައްކަތްކުރާ ބުރެންޓްފޯޑް އަތުން 4-1 ގެ ނަތީޖާއިން ބަލިވެއްޖެއެވެ.

ޗެލްސީ އިން ލަޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރާ ބުރެންޓްފޯޑް މޮޅުވި މެޗުގައި ޗެލްސީ ލަނޑު ޖެހިތާ 12 މިނެޓް ތެރޭ ބުރެންޓްފޯޑް އިން 3 ގޯލް ޖަހާ ވަނީ ޗެލްސީ ހާސް ކޮށްލާފައެވެ.

Ad
rt

ކޮންމެ ޓީމަކުންވެސް ގޯލާ އަމާޒްކޮށް 6 ހަމަލާ ފޮނުވާލި މެޗުގައި ބްރެންޓްފޯޑް ގެ ގޯލްތަށް ޖަހާފައިވަނީ ވިޓާލީ ޖަނެލްޓް ، ކުރިސްޓިއަން އެރިކްސަން އަދި ޔޯން ވިންސަ އެވެ. މީގެތެރެއިން ވިޓާލީ ޖެނެލްޓް ވަނީ ދެގޯލް ޖަހާފައެވެ. ޗެލްސީ ގެ ގޯލް ޖަހާފައިވަނީ ރުޑިގާ އެވެ.

މި ނަތީޖާ އާއިކު 29 މެޗުން ލިބުނު 59 ޕޮއިންޓްއިން ޗެލްސީ 3 ވަނައިގައި އޮތްއިރު ބޮރޮންޓްފޯޑް ވަނީ 31 މެޗުން 33 ޕޮއިންޓް ހޯދައިގެން ތާވަލް ގެ 14 ވަނައަށް ޖެހިލައިފައެވެ.

ލީގުގައި ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ވޮޓްފޯޑް މައްޗަށް ލިވަޕޫލް ކުރި ހޯދީ 2-0 ގެ ނަތީޖާއިންނެވެ. ގޯމޭޒް ނަގައިދިން ހުރަހެއް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން މެޗުގެ 22 ވަނަ މިނެޓްގައި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޑިއެގޯ ޖޮޓާ އެވެ. 88 މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ފަބީނިއޯއެވެ. 30 މެޗުން 72 ޕޮއިންޓް ހޯދައިގެން ލިވަޕޫލް ތާވަލްގެ 2 ވަނައިގައި އޮތްއިރު، ވަޓްފޯޑް އޮތީ 30 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

ބާންލޭ ދަނޑުގައި މެންޗަސްޓާ ސިޓީ މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. ސިޓީން ޖެހި 2 ލަޑުވެސް ޖަހަން އެހީތެރިވީ ސްޓާލިންގ އެވެ. ފުރަތަމަ ގޯލް މެޗުގެ 5 ވަނަ މިނެޓްގައި ޑިބުރައިނާ ކާމިޔާބު ކޮށްދިން އިރު ، 2 ވަނަ ގޯލް 25 މިނެޓްގައި ކާމިޔާބު ކޮށްދިނީ ގުންޑޮގަން އެވެ. 30 މެޗުން 73 ޕޮއިންޓް ހޯދައިގެން ތާވަލްގެ 1 ވަނައިގައި ސިޓީ އޮތްއިރު 28 މެޗުން ލިބުނު 21 ޕޮއިންޓާއެކު ބާންލޭ އޮތީ ތާވަލްގެ 19 ވަނައިގައެވެ.

ޗެމްޕިއަސްލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މެންޗަސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ ވަނީ އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.
ޔުނައިޓެޑް ދަނޑުގައި ރޭގަ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖެހީ ލެސްޓާ ސިޓީއިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ 63 ވަނަ މިނެޓްގައި ކްލެޗީ އިހިނަޗޯ އެވެ. އޭގެ 3 މިނެޓް ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ ފުރެޑް އެވެ. ކުޅުނު 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލްގެ 6 ވަނައިގައެވެ. ލެސްޓާސިޓީ 28 މެޗުން 37 ޕޮއިންޓް ހޯދާ ވަނީ ތާވަލްގެ 9 ވަނައަށް ޖެހިލާފައެވެ.

ބްރައިޓަން ނޯވިޗް ސިޓީ މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. 34 ޕޮއިންޓާއެކު ބްރައިޓަން 13 ވަނައިގައި އޮތްއިރު ނޯވިޗްސިޓީ އަށް 18 ޕޮައިންޓާއެކު ލިބެނީ ތާވަލުގެ އެންމެ ފުލުން 20 ވަނައެވެ. ލީގުގައި މިހާތަނަށް މި ދެޓީމުވެސް ވަނީ 30 މެޗް ކުޅެފައެވެ.

ލީޑްސް ޔުނައިޓެޑް އަދި ސައުތެމްޕްޓަން މެޗު ނިމުނީ 1-1 ގެ ނަތީޖާއިން 2 ޓީމް އެއްވަރު ވެގެންނެވެ. ލީޑްސް ފުރަތަމަ ގޯލް ޖެކް ހަރެސަން މެޗުގެ 29 ވަނަ މިނެޓްގައި ޖަހައިފައިވަނިކޮށް ސައުތެމްޕްޓަން އަށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިނީ 49 ވަނަ މިނެޓްގައި ޖޭމްސް ވޯޑް ބޮރައޮސް އެވެ.
މި ނަތީޖޯއާއި އެކު 30 މެޗުން 36 ޕޮއިންޓާއެކު ސައުތެމްޕްޓަން އޮތީ ތާވަލްގެ 11 ވަނައިގައެވެ. 31 މެޗުން 30 ޕޮއިންޓް ހޯދައިގެން ލީޑްސް އޮތީ ތާވަލްގެ 16 ވަނައިގައެވެ.

ވޯލްސް އަދި އެސްޓަން ވިލާ ބައްދަލު ކުރި މެޗު ވަނި ވޯލްސް ކާމިޔާބު ކޮށްފައެވެ. ވޯލްސް ދަނޑުގައި ކުޅުނު މެޗު ވޯލްސް ކާމިޔާބިކުރީ 2-1 ގެ ނަތީޖާއިންނެވެ. ވޯލްސް ގެ ފުރަތަމަ ގޯލް 7 ވަނަ މިނެޓުގައި ޖޮނީ ކަސްޓްރޯ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި އެސްލީޔަންގް އަތުން ބައިކޮޅަށް ވައިންގޯލާއެކު 2 ގޯލުގެ ލީޑެއް ވޯލްސް އަށް ލިބުނެވެ. މެޗު ނިމެން 3 މިނެޓް އަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އޮލީ ވަޓްކިންގ ވަނީ މެޗުގެ ނަތީޖާ 2-1 އަށް ބަދަލު ކޮށްލާފައެވެ. ލީގު ތާވަލްގެ 7 ވަނަ ވޯލްސް އަށް ލިބެނީ 31 މެޗުން ހޯދި 49 ޕޮއިންޓާއެކުގައެވެ. އެސްޓަންވިލާ 10 ވަނައިގައި އޮތީ 30 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.