ޔުއެފާ ޗެމްޕިއަންސްލީގް ގައި ބުދަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް އާއި ސިޓީ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން ސިޓީ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.

ސިޓީއަށް ކުރި ލިބެނީ ފުރަތަަމަ ލެގުގައި 1-0 ގެ ނަތީޖާއިން އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައި އޮތުމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

Ad
rt

މެޗުގެ ފަހު 15 މިނެޓްގައި ސިޓީގެ ޑިފެންސް ލައިން އަށް ބާރު ބޮޑުކުރަމުން ދިޔަ އެތުލެޓިކޯއަށް ވަނީ ހުސްފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ. މެޗްގެ ފަހުކޮޅު ހަމަނުޖެހުން ތަކެއް ހިނގި މި މެޗުގައި ވަނީ ޖުމްލަ 10 ރީދޫ ކާޑް އަދި 1 ރަތްކާޑް ދައްކާފައެވެ.

މީގެ ތެރެއިން 9 ރީދޫ ކާޑް އަދި ރަތްކާޑް ދައްކާފައިވަނީ މެޗްގެ ފަހު 10 މިނެޓް ތެރޭގައެވެ. އޭގެ ތެރޭގައި އެތުލެޓިކޯ ކޯޗް ސިމިއޯނީ އަށް ދެއްކި ރީދޫ ކާޑްވެސް ހިމެނެއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 9 މިނެޓް ދެއްކި އިރު 90 މިނެޓް ހަމަ ވިތަނުން ހިނގީ ހަަމަ ނުޖެހުމާ ގުޅިގެން އަލުން މެޗް ކުޅެން ފެށުނީ އިތުރު ވަގުތުގެ 3 މިނެޓް ދިޔަ ފަހުންނެވެ.

ސިޓީ ސެމީގައި ބައްދަލު ކުރާނީ ރެއާލް މެޑްރިޑް އާއިއެވެ. މި ދެޓީމް ބައްދަލު ކުރާ ސެމީގެ ފުރަތަމަ މެޗް ސިޓީ ދަނޑުގައި އޮންނާނީ މިމަހު 28 ގައެވެ. ދެވަނަ މެޗް ރެއާލް ދަނޑުގައި އޮންނާނީ އަންނަމަހު 4 ގައެވެ. މިރޭ ކުޅުނު ދެވަނަ މެޗް ގައި ބައްދަލުކުރީ ލިވަޕޫލް އަދި ބެންފިކާއެވެ. 3-3 ގެ ނަތީޖާއިން އެއްވަރު ވުމުން 6-4 އެގްރިގޭޓުން ކުރި ހޯދާ ލިވަޕޫލް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

މި މެޗްގައި ލިވަޕޫލް ގެ ގޯލްތަށް ޖަހައިދިނީ ކޮނަޓް އަދި ފިރިމީނިއޯއެވެ. މީގެ ތެރެއިން ފިރިމީނިއޯވަނީ ދެ ގޯލް ޖަހާފައެވެ. ބެންފިކާގެ ގޯލް ތައް ޖަހައިދިނީ ގޮންކަލޯ ރާމޮސް ، ރޯމަން ރަމެންޗޮކް އަދި ނުނޭޒް އެވެ. ލިވަޕޫލް އަދި ވިލަރެއާލް ބައްދަލު ކުރާ ސެމީގެ ފުރަތަމަ މެޗް މި މަހު 28 ހައި ކުޅޭނީ ލިވަޕޫލް ދަނޑުގައެވެ. ދެވަނަ މެޗް ވިލަރެއާލް ދަނޑުގައި އޮންނާނީ އަންނަމަހު 5 ގައެވެ.