ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުގައި ބެންޗުގައި އިނދެފައި ކުޅެން އަރާ ފަހުވަގުތު ލޫކް ޑި ޖޮން ކާމިޔާބު ކޮށްދިން ގޯލްއިން 3-2 ގެ ނަތީޖާއިން ލެވަންޓޭބަލިކޮށް ބާސެލޯނާ ލީގް ތާވަލްގެ 2 ވަނައަށް ޖެހިލައިފިއެވެ.

ލޫކް ޑި ޖޮން މި ގޯލް ކާމިޔާބުކުރީ ޖޯޑިއަލްބާ ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ވަށްދާލައިގެންނެވެ.

Ad
rt

މެޗުގައި ލެވަންޓޭގެ 2 ގޯލްވެސް ކާމިޔާބުކުރީ ޕެނަލްޓީއިންނެވެ. 3 ޕެނަލްޓީ ލެވަންޓޭއަށް ލިބުނު މިމެޗުގައި 52 ވަނަ މިނެޓްގައި ހޯޒޭ ލުއިސް މޮރަލޭސް ޕެނަލްޓީ ކާމިޔާބު ކުރިއިރު 83 ވަނަ މިނެޓްގައި ގޮންޒާލޯ މެލަރޯ ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. 55 މިނެޓްގައި ރޮޖާ މާޓީ ފޮނުވާލި ޕެނަލްޓީ ކީޕަރ ޓާސްޓެގަން ވަނީ މަތަކޮށްފައެވެ.

ބާސާގެ ފުރަތަމަ ގޯލް އޮބަމަޔަންގް ކާމިޔާބު ކޮށްދިނީ ޑެމްބަލޭގެ އެހީތެރިކަމާއެކު މެޗުގެ 59 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް ޕެޑްރީ ކާމިޔާބުކުރީ 63 ވަނަ މިނެޓްގައި ގަވީ ގެ އެހީތެރިކަމާއެކުގައެވެ.

ބާސެލޯނާ އިން މި މެޗުގައި 14 ހަމަލާ ފޮނުވާލިއިރު ގޯލާ އަމާޒަށް ވަނީ 7 ހަމަލާ ފޮނުވާލާފައެވެ. ލެވަންޓޭ ގެ 11 ސޮޓުން ގޯލާ އަމާޒަށް ދިޔައީ 5 ހަމަލާއެވެ.

މި މެޗުން މޮޅުވެ 60 ޕޮއިންޓާއެކު ބާސާ ވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ލެވަންޓޭ އޮތީ ރެލިގޭސަން ޒޯންގައި ތާވަލްގެ ފުލުން ދެވަނައިގައި 22 ޕޮއިންޓާއެކުގައެވެ.