ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނު މެޗްތަކުން އެގްރިގޭޓުން ކުރި ހޯދާ ސްޕެއިންގެ ދެޓީމް ރެއާލް މެޑްރިޑް އަދި ވިލަރެއާލް ސެމީފައިނަލްއިން ޖާގަ ހޯދައިފިއެވެ.
ރެއާލް ސެމީޖާގަ ކަށަވަރުކުރީއެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި ވާދަކޮށް ދެލެގުގެ އެގްރިގޭޓުން ( 5-4) އިން ކުރި ހޯދައިގެންނެވެ.
އަންގާރަދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ޗެލްސީ މޮޅުވީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގުގައި ރެއާލް މޮޅުވެފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަންގާރަދުވަހުގެ ރޭ ކުޅުނު މެޗުގައި ޗެލްސީ 3 ގޯލް ޖަހައިފައި ވަނިމޮށް 80 ވަނަ މިނެޓުގައި މޮޑްރިޗް ނަގައިދިން ރީތި ހުރަހަކުން ރޮޑްރިގޯ ލަނޑެއްޖަހައި 3-1 އަށް ނަތީޖާ ބަދަލު ކޮށްލިއެވެ. މިނަތީޖާގައި ނިމުމުން އެގްރިގޭޓުން ދެޓީމް އެއްވަރުވުމުން ވަނީ 15 މިނެޓްގެ ދެހާފް ކުޅެފައެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފް ފަށައިގެން 6 ވަނަ މިނެޓްގައި ބެންޒަމާ ވަނީ ގޯލެއްޖަހާ އުއްމީދުގައި ކުޅެމުން ދިޔަ ޗެލްސީ ސިއްސުވާލާފައެވެ. މިގޯލް ބެންޒެމާ ޖެހީ ވިނިސެސް ޖޫނިއާ ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ވަށްދާލައިގެންނެވެ. 9 ރީދޫކާޑް ފެނުނު މި މެޗުގައި ޗެލްސީގެ ގޯލްތަށް ޖެހީ ވާނާ، ރުޑިގާ އަދި މައުންޓް އެވެ. 15 ވަނަ މިނެޓް ގައި މައުންޓް ގޯލްޖެހީ ވާނާ ގެ އެހީތެރިކަމާއެކުގައެވެ. މައުންޓް ގެ އެހީތެރި ކަމާއެކު 51 ވަނަ މިނެޓުގައި ޗެލްސީގެ ދެވަނަ ގޯލް ރުޑިގާ ޖެހިއިރު ، ތިންވަން ގޯލް ވާނާ ޖެހީ 75 ވަނަ މިނެޓްގައެވެ.
ސެމީގައި ރެއާލް ބައްދަލު ކުރަން ޖެހޭނީ ސިޓީ އތުލެޓިކޯ މެޗުން ކުރި ހޯދާ ޓީމަކާއެވެ. ވިލަ ރެއާލް 15 އަހަރު ފަހުން ސެމީގެ ޖާގަ ކަށަވަރު ކުރީ ފަހުވަގުތު ނައިޖީރިއާގެ 22 އަހަރުގެ ޒުވާން މިޑްފީލްޑަރ ޗަކްވޫޒް ޖަހއިދިން ގޯލް އިން 1-1 ގެ ނަތީޖާއިން މެޗް އެއްވަރުކޮށް އެގްރިގޭޓުން 2-1 ގެ ނަތީޖާއިން ބަޔާންމިއުނިކް މައްޗަށް ކުރި ހޯދައިގެންނެވެ. މިގޯލް ޗަކްވޫޒް ޖެހީ ކުޅެން އެރިތާ 4 ވަނަ މިނެޓުގައި މެޗްގެ 88 ވަނަ މިނެޓްގައި މޮރެނޯގެ އެހީތެރިކަމާއެކުގައެވެ. މެޗްގައި ބަޔާންގެ ގޯލް ޖަހައިފައިވަނީ މުލާގެ އެހީތެރިކަމާއެކު މެޗުގެ 52 ވަނަ މިނެޓްގައި ލެވަންޑޮސްކީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!