ލިވަޕޫލްގެ ދެ ފޯވާޑުންގެ ކުރިމަތިލުން މާނޭ ކާމިޔާބުކޮށް ސަލާހުގެ މިސްރު ކަޓުވާލުމަށްފަހު ސެނަގޯލްއިން ވޯލްޑްކަޕް ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މިސްރުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން މިސްރު މޮޅުވެފައި އޮއްވައި އަންގާރަދުވަހުގެ ރޭ ސެނަގޯލް ގައި ކުޅުނު މެޗު 90 މިނެޓް ނިމުނު އިރު 1-0 ގެ ނަތީޖާއިން ސެނަގޯލް ކުރީގައި އޮތުމުން 15 މިނިޓް ގެ ދެހާފް ކުޅުމަށްފަހު އެގްރިގޭޓުން ދެޓީމް އެއްވަރު ވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ.
ޕެނަލްޓީގައި މިސްރުން ފޮނުވާލި 4 ޕެނަލްޓީއިން ކާމިޔާބު ކުރެވުނީ އެއްމެ ޕެނަލްޓީއެކެވެ. ސެނަގޯލް ވަނީ 5 ޕެނަލްޓީއިން 3 ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. މާނޭ ޕެނަލްޓީ ކާމިޔާބު ކުރިއިރު ސަލާހް ގެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
މިމެޗުގައި ސެނަގޯލްގެ ލަނޑު ކާމިޔާބު ކޮށްދިނީ 4 ވަނަ މިނެޓުގައި ބުލާޔޭ ޑިއާ އެވެ. މީ ސެނަގޯލް ވޯލްޑްކަޕަށް ކޮލިފައިވި 3 ވަނަ ފަހަރެވެ.
މިރޭ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގު މެޗު 1-1 އިން އެއްވަރު ކޮށްގެން، އަވޭ ގޯލުގެ އެހީގައި އެގްރިގޭޓުން ނައިޖީރިއާ ގެ މައްޗަށް ކުރި ހޯދައިގެން ގާނާ ވެސް ވަނީ ހަތަރުވަނަ ފަހަރަށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މެޗުގެ 10 ވަނަ މިނިޓުގައި ގާނާއިން ލީޑު ނެގީ އޭރިއާ ބޭރުން އާސެނަލްގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އޭގެ 12 މިނިޓް ފަހުން ނައިޖީރިއާ އަށް އެއްވަރު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ވިލިއަމް ޓްރޫސްޓް އިކޮންގް އެވެ.
އެންމެފަހުން ގާނާ ވޯލްޑްކަޕްގައި ވާދަ ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!