Skip to main content

އަޙްމަދު އަރުޝަމް

Viewer
🇲🇻 ތިލަދުން Desk
328 Stories
19 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު އަރުޝަމް

ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އެމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޭއާރްއެޗް އިން ހާމަކުރިގޮތުގައި ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ އީއާރަށް ގެނެވުނީ މިއަދު ހަވީރު 16:05 ގާ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ. އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވުމުން ކަމަށްވެސް ކޭއާރްއެޗް އިން މައުލޫމާތުދެއެވެ. އަދި އެ މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި...

ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް
Thiladhunmathi News

ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް

ށ. ފޯކައިދޫއިން އިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށު ކައުންސިލުން މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުން ތަކަށް ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރަށުން ފުރައިގެން ކޮންމެހެންތާކަށް ދާންޖެހިއްޖަނަމަ، އެ ކައުންސިލުގެ ހުއްދަ ލިބިގެންނޫނީ އެއްވެސް ތާކަށް ނުދިއުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މީގެ […]

ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި
News

ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސް އެ ކައުންސިލާއި ބައްދަލުކުރެއްވީ، މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރާއީސް ޞާލިޙަށް އިންކުއަރީ ރިޕޯޓު އެރުވުމާއި ގުޅިގެން އެ ރިޕޯޓާއި ގުޅޭ މަޝްވަރާކުރެއްވުމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެ...

ކުޅުދުއްފުށީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވާއިފިއެވެ. މި ސެޝަން ކުރިއަށް ގެންދެވުނީ ކުޅުދެއްފުށި ކޮމިއުނިޓީ ސެންޓަރާއި ހދ ރެޑް ކްރެސެންޓް ބްރާންޗް ގުޅިގެންނެވެ. ނިމިދިޔަ ހަފްތާގައި ކުރިއަށް ގެންދެވުނު މި އިވެންޓުގައި، ދިރިއުޅުމުގައި ދިމާވާ ސިއްޙީ ކުއްލި ހާލަތްތަކުގައި ކަންކުރަންވީ ގޮތް ދަސްކޮށްދެވިފާވެއެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކެޓިވް އަދި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރާއި ހަވާލުވެ ހުންނެވި، ޝައުފާ އިބްރާހިމް ވިދާޅުވީ...

މަސްތުވާތަކެއްޗާއެކު އުތުރުގެ 2 ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު އުތުރުގެ 2 ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަންތަކެއްގައި 2 މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކައި މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަަށް ލިބުނު މައުލުމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގުނުކަމަށެވެ. އެގޮތުން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 29...

ޗުއްޓީ ހޭދަކުރުމާއި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

ޗުއްޓީ ހޭދަކުރުމާއި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

ކޯވިޑް-19 ބަލީގެ މިހާލަތުގައި ޗުއްޓީ ހޭދަކުރާއިރު އަދި އީދު ފާހަގަ ކުރުމުގައި އުޅޭއިރު ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އިލްތިމާސްކޮށްފިއެވެ އެޗްޕީއޭއިން މިރޭ އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރުމަށާއި، ތަންތަނަށް ދަތުރުކުރެއްވުމުގައި އަދި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. މީގެ...

ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި
Thiladhunmathi News

ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި

ޒުވާން ދުވަސްވަރު ވިޔަފާރިއެއް ފެށުމަކީ ވަރަށް ކުޅަދާނަވެގެން ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އާންމު ކޮށް މީހުން އުމުރު ދެބައިވުމުން އެއްކުރެވިފައި ހުރި ލާރިން ވިޔަފާރިތައް ފަށާ ހަދައެވެ. އެހެނެންމަވެސް، ޅަ އުމުރުގައި ބޮޑެތި ވިޔަފާރިތައް ގެންގުޅޭ ޒުވާނުން ވަކި މަދެއް ނޫނެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ ޒުވާން އުމުރުގައި ވިޔަފާރި ހިންގަން ފައިނަގާފައި ތިބި 2 އެކުވެރިންނަށެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަށް އުފަން އަހުސަމް އަބްދުލް ފައްތާޙު އާއި މާލެއަށް އުފަން މުހައްމަދު […]

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި
News

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި

މާލޭގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ. މިކަމާއި ގުޅިގެން ފުލުހުން މިރޭ ވިދާޅުވީ މި މާރާމާރީގައި މީހަކު ޒަހަމް ވި މައްސަ އެެއް ހުށައެޅިފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ ގަލޮޅު، ފާށަނާކިލެގެ މަގު، ގޯޅި ގަނޑެއްގެ ތެރޭގައި ކަމަށެވެ. “ 2 މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގައި މީހަކު ޒަހަމް ވެފައިވާ މައްސަލަ މިރޭ 21:50 އެހައިކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވޭ.” މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ މި […]

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި
Thiladhunmathi News

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ. އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ “ތިލަދުން” އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ […]

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އެއްގަމު އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނައްތާލުމަށް އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ނައްތާލަން ނިންމާފައިވަނީ މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް މީގެ ކުރިން އެންގުމުންވެސް ނުނަގާ ހުރިތަކެއްޗެވެ. އެގޮތުން، މި ތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށ...

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމާއި އޮފީސް އިމާރާތެއް އަޅަނީ
Thiladhunmathi News

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމާއި އޮފީސް އިމާރާތެއް އަޅަނީ

ހއ. ދިއްދޫގައި ހުންނަ، ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކުލާސްރޫމާއި އޮފީސް އިމާރާތެއް އަޅަން ނިންމައިފިއެވެ. މި މަޝްރޫޢޫގެ އަމަލީ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓްގައި އިއްޔެ ވަނީ ސޮއިކުރެވިފައެވެ. މި މަޝްރޫޢޫއަކީ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުގެ ގޮތުގައި ދިއްދޫގައި 2021 ވަނަ އަހަރު ހިންގެވުމަށް ކަނޑައެޅިފައިވާ 15 ޕްރޮޖެކްޓްގެ ތެރެއިން މި އަހަރު ސޮއިކޮށް އަމަލީ މަސައްކަތް ހިންގުމަށް ހަވާލުކުރެވުނު 7 ވަނަ ޕްރޮޖެކްޓްގެ ގޮތުގައި ކަނޑައެޅިފާވާ ޕްރޮޖެކްޓުކަމަށް ޕްލޭނިންގް މިނި...

ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓުގައި މިއަދު ވަނީ ސޮއި ކުރެވިފާކަމަށް ޕްލޭނިންގެ މިނިސްޓްރީން ހާމަކުރެއްވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ 2021 ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާއެވެ. އެފަރާތުން ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,206,209.56 (ނުވަ މިލިއަން ދުއިސ...

ދިއްދޫ ދަންޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ ދަންޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ހއ. ދިއްދޫގައި ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ފަރާތުން ކާބޯތަކެތި އުފައްދާ، އެތަކެތި ވިއްކުމާއި، މާކެޓް ދެމުންގެންދާ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތެއް ފެށިގެންދިއަކަަމަށެވެ. މިގޮތުން މި މަސައްކަތުގައި...

ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ
Raajje

ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމުގައި ކުރިއަށް ގެންދާ “ކުނިވަށި” ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް ނަގާނެ ފަރާތެއް ހޯދަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ރަށުގައި ބެހެއްޓިފައިވާ ކުނިވަށިތައް 6 މަސްދުވަހުގެ މުއްދަތަށް ނަގާ އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ ރަށު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމް އެ އިދާރާއަށް ހުށަހެޅުމަ...